MENU

 މަދަދުވެރިޔާގެ "ހުސްނުވާ އާސަންދަ"

އަހަރެންގެ ބައްޕައަކީ މުސްކުޅިވުމުގެ ސަބަބުން ވަރަށް ބަލި މީހެކެވެ. އުތުރުގެ ރަށަކަށް ނިސްބަތްވާ އަހަރެމެންގެ އާއިލާއާކީ ވަރަށް ފަގީރު އާއިލާއެކެވެ. ބައްޕަގެ ބަލި ބޮޑުވެ އިތުރު ފަރުވާޔަށް ހދ. ކުޅުދުއްފުއްޓަށް ގެންދަން ޖެހުނީ ކުއްލިޔަކަށެވެ. އާއިލާގެ ފެންވަރުން މިފަދަ ކޮންމެ ހާލަތެއްގައި ބޮޑެތި ހަރަދުތަކެއް ކުރަންޖެހެއެވެ.

މާޔޫސް ކަމާއިއެކު ރަށު ހަސްފަތާލުން ނުކުމެ އާއިލާގެ ފޯރުންތެރި މީހުން ކައިރިޔަށް "ސަލާން ޖަހަން" ނުކުތީ ކަރު އެލުވާލައިގެންނެވެ. ބައްޕަކައިރީ އަންހެނުންނާއި ކުޑަ ދަރިފުޅު ބައިންދާފައެވެ. ވަކި ހިސާބަކުން ކުއްލިޔަކަށް އަހަރެންގެ "އައިފޯން" ރިންގުވާން ފެށުމާއިއެކު ނަގާ ބަލާލީމެވެ. ގުޅަނީ ހޮސްޕިޓަލުންއެވެ.

ސީ އެންބިއުލާސް ހަމަޖެހުން

ހާސްވެ ކަންބޮޑުވުމާއިއެކު އަހަރެން ކޯލް އަށް ޖަވާބު ދިނީމެވެ. ދަތުރަށް ފުރަން ލޯންޗް އޮތީ ރެޑީގައި. ފުރަންދާން ތައްޔާރުވެގެން ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ޖަވާބުގައި އަހަރެން ލޯންޗަށާއި ޓިކެޓަށް ދައްކަންޖެހޭ ފައިސާ އަދި ހަމަ ނުޖެހޭ ކަމަށް ބުނީމެވެ. ހޮސްޕިޓަލުން ވާހަކަ ދެއްކި ކުއްޖާ ވަރަށް އޯގާތެރިކަމާއިއެކު އެކަންތައްތައް ވަނީ ހަމަޖެހިފައިކަމަށް ބުންޏެވެ. ކޮންމެސް "އާސަންދަ" ކިޔާ މީހެއްގެ ވާހަކަވެސް ބުންޏެވެ. ގައިމުވެސް ރަށު މީހެއް ނޫންކަން ކަށަވަރެވެ. މަދަދުވެރިއެއްގެ ދީލަތި އެހިއެއް ހަމަޖެހުނީކަމަށް ޝުކުރުކުރާ ހާލު ދަބަސްގަނޑަށް ދެ މުންޑާއި ގަމީހެއްލައިގެން ކުޑަސޮރު ހިތާނަކުރަން ވާއިރަށް އެއްކުރި ލާރިކޮޅު މުންޑަށް ޖަހާގެން އަޅާ "އިތިކޮށް" ހޮސްޕިޓަލަށް ދިޔައީމެވެ.

އެއާއިއެކު ހަސްފަތާލުގެ އެމްބިއުލާންސްގައި އަހަރެމެން ބަނދަރުގައި އޮތް ލޯންޗަށް ގެންގޮސްފިއެވެ. އަހަރެން އަކީ މާމޮޅަކަށް ކިޔަވާގެން ހުރި މީހެއް ނޫންކަމުން ލޯންޗުގައި ހަނިމާދޫއަށް ދާންވާއިރު ބައްޕަޔަށް ކަމެއް ވެދާނެތީ ހުރީ ވަރަށް ދެރަވެ ކަންބޮޑުވެފައެވެ. ނަމަވެސް އަހަރެންގެ މާޔޫސްކަމަށް ލުޔެއް ލިބިދިނީ ހޮސްޕިޓަލުން "ސޮރެއް" އަހަރެމެންނާއިއެކު ދާކަން އެނގުމުން އެވެ. ވަދާއުގެ ސަލާމަށްފަހު އަހަރެމެންގެ ދަތުރު ހަނިމާދޫއަށް ފަށައިފިއެވެ.

މޯލްޑިވިއަންގެ އިޖްތިމާއީ ހިދުމަތް

ބާރުދުވެލީގައި އަހަރެމެން ގޮސް ހަނިމާދޫއަށް ބަނދަރު ކުރުމާއިއެކު އެންބިއުލާންސްގައި އެއާރޕޯޓަށް ގެންދިޔައެވެ. އޭރު މަތިންދާބޯޓު އޮތީ ރެޑީގައެވެ. މިއީ އަހަރެން ވައިގެމަގުން ކުރާ ފުރަތަމަ ދަތުރަށް ވެފައި ހާލަތުގެ ނާޒުކުކަމުން ހިތް ހުރީ އަމަށަކު ބިރެއްގަނެފައެއް ނޫނެވެ. ނަމަވެސް އެބުނާ " އާސަންދަ " އަކަށް ކޮޅުނެތް ކޮޅަށް ޝުކުރު ހައްގެވެ. އަހަރެމެންނާއި ދެންތިބި ދަތުރުވެރިން ބޯޓަށް އެރުވުމާއިއެކު މާލެއަށް ދަތުރު ފަށައިފިއެވެ. ބޯޓުމަތީގައި ހޮސްޕިޓަލުން އައި "ސޮރު" ވަރަށް ހިތް ހެވެއެވެ. އިރުއިރުކޮޅުން "ވިލު ނޫ" ހެދުމުގައި ތިބި ކުދިންތަށް ވެސް ބައްޕަގެ ހާލު ބަލާލައެވެ. އެއީއަކަށް ބޭނުންތޯ އަހާލަ އެވެ. އަހަރެންނާއި ބައްޕަ އަށް ހިތް ހެޔޮ ބަސްތަށް ރައްދުކުރެއެވެ.

އައި.ޖީ.އެމް.އެޗް

ސާޅީހަކަށް މިނެޓުގެ ދަތުރަކަށް ފަހު ހުޅުލެޔަށް ޖައްސައިފިއެވެ. އެއާއިއެކު "މާލޭ އެއާރޕޯޓް" އިން ބައްޕަ އަށިގަނޑުގައި ގެންގޮސް އެރުވީ އައި.ޖީ.އެމް.އެޗް ގެ ސީ އެންބިއުލާސް އަށެވެ. ބާރު ދުވެލީގައި ދުއްވާފައި ގޮސް މަޑު ކޮށްލީ 6 ނަންބަރު ފާލަން ކުރިމަށްޗަށެވެ. އޭރު އެންބިއުލާންސް އޮތީ އިންތިޒާރުގައެވެ. އަހަރެމެން ފަހި ދުވެއްޔެއްގައި ގެން ދިޔައީ އައި.ޖީ.އެމް.އެޗް އަށެވެ.

މިއީ އޭގެ މަހެއް ފަހެވެ. ބައްޕަގެ ހާލަތު އިހުނަށްވުރެ ވަރަށް ބޮޑުތަން ރަނގަޅެވެ. ވާހަކަ ދައްކާލާ ހަދައެވެ. ގޮތަކަސް ބުނާނަމަ ހާލަތު "ނޯމަލް" ވެއްޖެއެވެ. އެއްކަލަ މަދަދުވެރިޔާ ވަރަށް ހޯދައިފީމެވެ. ޝުކުރު އަދާކޮއްލުމަށެވެ. ނަމަވެސް އެއްވެސް ތާކުން އެމީހެއް ނުފެނުނެވެ. ރަށައް އައިސް އަހަރެންގެ މަސައްކަތާގެން އަހަރެންވެސް މައްސޫލު ވެއްޖައީމެވެ. އެންމެ ފަހުން އަހަރެން މަހަށްދާ އޮޑީގެ ޔޮޅުކައިރީ މިވާހަކަ ތަށް ކިޔާއިދިނުމުން  ތިޔަބުނާ "އާސަންދަ" އަކީ ކާކުކަން ކިޔައިދީފިއެވެ. އެއީ ރައީސް ޔާމީންގެ ދީލަތިކަމުގެ މުށެވެ. ދިވެހި ރައްޔިތުންނަށްޓަކައި ހުޅުވާލެވިފައިވާ އޯގާތެރިކަމުގެ މުށެވެ. ބޭސްފަރުވާޔަށް ދިވެހިން ސަލާން ޖެހުން ހުއްޓުވުމަކަށް ގެނުވި "ހުސްނުވާ އާސަންދަ" އެވެ. އެއާއިއެކު ދިވެހި ސިފައިން އާއި މޯލްޑިވިއަންގެ މަދަދުވެރި އިޖްތިމާއީ ހިދުމަތެވެ.

އޭ މަދަދުވެރި އާއެވެ. ތިބާޔަށް މިފަދަ ކޮންމެ އާއިލާއެއްގެ ލޯތްބާއި އިހްތިރާމެވެ. މަނިކުފާނު ތިޔަ ކޮށްދެއްވާ ހިދުމަތަށް ކިތަންމެ ޝުކުރެއް ބަރުތީލަ ކުރިޔަސް ނުފުދޭނެއެވެ. މީގެ ކުރިން ދިވެހިން ބޭސްފަރުވާޔަށް ތެޅުނު "ގަނަ" އިހްސާސް ކުރެއްވީތީ ޝުކުރިއްޔާއެވެ. ފެން ތަށްޓެއް ބޯލާހައި ފަސޭހައިން މި ހިދުމަތްތަށް ދިވެހިންނަށް ހޯއްދަވައި ދެއްވީތީ "ޒިންދާބާދް" އެވެ. މަނިކުފާނަށް މި އާއިލާގެ ޝުކުރު މިފަހަރު "ރަނގަޅު" ފާހަގަޔަކުން ދޭނަންކަން ކަށަވަރެވެ.

 

COMMENTS: 1
  1. June 06, 2018 by އަލިފުޅު Reply

    . އެއީ ހަމަ ލާދީނީ އަންނި. ލޮލުގައި އަދުން ނާޅުވާ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.