MENU

ޔާމިނު މިރަށައް ކޮއްދިނީ ކޮންކަމެއް؟

މިއީ ވަރަށް ގިނަފަހަރަށް ހިތަށްއަރާނޭ ސުވާލެކެވެ. މަށާ މަގޭ ރަށައް މިހާރު ވެރިކަމުގައި ހުރި ކާމިނީގޭ ޔާމީން އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމް ކޮއްދިނީ ކޮންކަމެއްތޯއެވެ؟ ޝައުޤުވެރި ސުވާލެކެވެ. އެހެންކަމުން ޝައުޤުވެރި މި ޖަވާބުވެސް އަހާލާށެވެ.

ތިޔަ ދުއްވާލާ ހިތްގައިމު މަގު ތަކުގެ މަތިން ފުރަތަމަ ހިޔާލުކޮއްލައްވާށެވެ. އަތޮޅުތެރޭގެ 9  ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ވަނީ ހަދައި ނިންމައިފައެވެ. ހިތްގައިމު ތޯއެވެ؟ 13 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ރައީސް ޔާމީންގެ ވެރިކަމުގައި އެގެންދަވަނީ ކުރަށްވަމުންއެވެ. މިކަމަށް އެކަނިވެސް ސަރުކާރުން 760 މިލިޔަން ރުފިޔާ ޚަރަދުކުރައްވަމުން ގެންދަވާއިރު، މިއަހަރު އެކަނިވެސް 13 ރަށެއްގެ މަގުހެދުމުގެ މަސައްކަތް ނިންމާލެވޭނެއެވެ.

މިއީ މޫސުން ގޯސްދުވަސްވަރެކެވެ. އެހެނަސް އޮޑިދީނިފަހަރު " ވާ " ކަނޑާގެން ގޮސްދާނެތީ ހާސްވާކަށް ނުޖެހެއެވެ. 2017 ވަނަ އަހަރު އެކަނިވެސް 50 ރަށެއްގެ ބަނދަރު ހަދައި ދެއްވާފައިވާއިރު، މިހިނގާ 2018 ވަނަ އަހަރު އެކަނިވެސް އިތުރު 30 ބަނދަރެއް ނިމިގެން ދާނެއެވެ.

މީގެ އިތުރުން 88 ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެވާފައި ވާއިރު މިއަހަރު 118 ރަށެއްގެ ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެވިގެން ދާނެއެވެ. އަދި 8 ރަށެއްގެ ޖެޓީގެ މަސައްކަތް ކުރެވެމުން ދާއިރު 1 ރަށުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މިކަމައް އެކަނިވެސް 64 މިލިޔަން ރުފިޔާ ހަރަދުވެގެން ދާނެއެވެ.

ރަށުގައި ބިންނެތިގެން ގެވަޅު ނުލިބިފައިތިބި މީހުން އަވަހަށް އިންނަން ފޯމުލާށެވެ.  މިހާރު މީހުންނާ ނީދެވެގެން މަޑުކުރަން އެއްވެސް އުޒުރެއް ނެތެވެ. ސަރުކާރުން މިވަނީ 14 ރަށެއްގެ ބިންހިއްކުމަށް 103 ބިލިޔަން ރުފިޔާ ހަރަދުކުރަށްވާފައެވެ.

އަދި 11 ރަށެއްގެ ހިއްކި ސަރަހައްދުގައި ބޮޑުހިލަ ޖެހުމަށް 422 މިލިޔަން ރުފިޔާ ވަނީ ޚަރަދުކުރަށްވާފައެވެ. އެހެންވީއިރު ކަންބޮޑުވާނެ ކަމެއް ނެތްތާއެވެ.

ނަރުދަމާ އަކީ ޒަމާނުންސުރެ އެކަމުގެ ޝަކުވާ ބޮޑު އެއް މައްސަލައެވެ. ރައީސް ޔާމީންގެ ސަރުކާރުން މިކަމަށްވެސް ގެންދަވަނީ ފުރިހަމަ ހައްލެއް ހޯއްދަވާ ދެއްވަމުން އެވެ. އެގޮތުން 21 ރަށެއްގައި ނަރުދަމާ ޤާއިމުކޮއްދިނުމުގެ މަސައްކަތް ސަރުކާރުންވަނީ ނިންމާލާފައެވެ. އަދި މި އަހަރު އެކަނިވެސް 42 ރަށެއްގެ ނަރުދަމާ ޤާއިމްކޮއް ދެވިގެން ދާނެއެވެ. މިއާއިއެކު ރާއްޖޭގެ 75 އިންސައްތަ ރައްތަކުގައި ނަރުދަމާ ޤާއިމުކޮއް ނިމުނީއެވެ.

ރާއްޖޭގެ އެކިއެކި ރަށްރަށުގައި އޮފީސްތައް ހިންގުމަށް ދަތިވެފައިވާތީވެ، ރައީސް ޔާމީންގެ ސަރުކާރުން ވަނީ ކައުންސިލާއި ކޯޓު ހިންގުން ފަދަ ކަންކަމަށް 25 އިމާރާތެއް އަޅައިދެވާފައެވެ. މިހިސާބުން ނިއްމާލީ އެއް ނޫނެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި، ސީއެމްބިއުލާންސްގެ ޚިދުމަތް ވަނީ ތަޢާރުފު ކުރެވިފައެވެ.

މީގެ އިތުރުން 24 ސީއެމްބިއުލަންސް ޚިދުމަތަށް ނެރެފައިވާއިރު، މިކަމަށް 36,032,786.14 ރުފިޔާ ހަރަދު ކޮއްފައިވެއެވެ. އަދި ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓިއޯ ބޭސްފިހާރައެއްގެ ހިދުމަތްދޭން ވަނީ ފަށާފައެވެ. މިއީ ދިވެހިންނަށް ރައީސް ޔާމީން ހޯއްދަވައިދިން އަގުނުކުރެވޭފަދަ ފަސޭހަކަމެކެވެ.

މީގެ ކުރިން ވާލަ ގޮރު ބޮއިގެން އުޅުނު ދިވެހިންނަށް ސާފު ބޯފެނުގެ މީރުކަން ހޯއްދަވައިދިނީ ރައީސް ޔާމީން އޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ވޭތުވެދިޔަ 4 އަހަރުދުވަހު ސަރުކާރުންވަނީ 22 ރަށެއްގައި ޒަމާނީ ފެންވަރުގެ ފެނުގެ ނިޒާމެއް ގާއިމުކޮއްދެއްވާފައެވެ.

އަދި މިހިނގާ 2018 ވަނަ އަހަރު އިތުރު 24 ރަށެއްގެ ފެނުގެ ނިޒާމު ޤާއިމްކުރެވިގެން ދާނެއެވެ.

ސަރުކާރުން ފެނުގެ ނިޒާމަށް ގެންނެވި އެންމެ ބޮޑު އެއް އިންގިލާބު ގެނެސްދެއްވާފައިވަނީ 2018 ވަނަ އަހަރެވެ. އެއީ2018  ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މާލެ އާއި އަތޮޅު ތެރޭގައި ފެނުގެ އަގު އެއްހަމަ ކޮއްދެއްވުމެވެ.

އިރުވައި މޫސުމަކީ އާމުގޮތެއްގައި ރާއްޖޭގެ ބައެއް ރައްތަށް ފެނަށް ޖެހޭ ދުވަސްވަރެކެވެ. އެކަމަށްވެސް ސަރުކާރުން ގެންދަވަނީ ވިސްނަވަމުންއެވެ. އެގޮތުން ފާއިތުވި 4 އަހަރު ދުވަހު 29 ރަށެއްގައި ފެން ރައްކާކުރެވޭނެ ވަސީލަތް ޤާއިމްކޮއްދެއްވާފައި ވާއިރު މިއަހަރު 86 ރަށެއްގައި މި ނިޒާމު ގާއިމު ކުރެވިގެން ދާނެއެވެ.

ދިވެހި ޒުވާނުންނަކީ މިސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ބައެވެ. ޒުވާން ކުޅުންތެރިން ބައިނަލްއަޤްވާމީ ފެންވަރަށް ތަމްރީނު ކުރުމަކީ މި ސަރުކާރުން ނުހަނު އިސްކަމެއްދޭ ކަމެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ފެންވަރުގެ 10 ރަންމެޑައްޔާއި 5 ސިލްވާރ މެޑައްޔާއި 16 ލޯ މެޑަލް ޒުވާން ކުޅުންތެރިން ވަނީ ރާއްޖެއަށް ހޯދައިދީފައެވެ. ޒުވާނުންނަށް ޤާއިމްކޮއްދެއްވާ ސްޕޯޓްސް އެރީނާތަކުގެ ތެރެއިން 380 އެރީނާއެއްގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

އަދި ބައިނަލްއަޤުވާމީ ފުޓްބޯޅަ އެކަޑަމީއެއް މިއަހަރު ރާއްޖޭގައި ހުޅުވިގެން ދާނެއެވެ. އެހެންކަމުން ދިވެހި " މެސީ " އާއި " ރޮނާލްޑޯ " ފެނުން ދެންއޮތީ ދުރަކު ނޫނެވެ.

ރާއްޖޭގެ ތަރައްޤީގެ ކުރިމަގަށް މާލެ އަތޮޅުގެ 27 ފަޅެއް ތަރައްޤި ކުރުމަށް ދޫކުރެވިފައިވާއިރު، މި އަހަރު 5 ފަޅެއް ފަތުރުވެރިކަމުގެ ދާއިރާއިން ތަރައްޤީ ކުރެވިގެން ދާނެއެވެ. އަދި ކުރިޔަށްއޮތް 5 އަހަރު 1.6 ބިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓް ފަތުރުވެރިކަމުގެ ދާއިރާގައި ކުރާގޮތަށް 50 އިންވެސްޓްމެންޓް އެއް ވަނީ ރަޖިސްޓްރީ ކޮއްދެވިފައިވެއެވެ.

ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވެވަޑައިގަތް އެންމެ ބޮޑު ވައުދު ކަމުގައިވާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވުމުގެ ވައުދުގެ ދަށުން މިހާތަނަށް 76000 ވަޒީފާ އުފައްދަވައިފައިވާއިރު، މިއަހަރު އެކަނިވެސް 47000 ވަޒީފާ ގެ ފުރުސަތު އުފެދިގެން ދާނެއެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އަލަށް ހުޅުވޭ ދެ ހޮޓަލާއެކު އެނދުގެ އަދަދު 5300 އަށް އިތުރުވެގެން ދާއިރު މިއަހަރު އެކަނިވެސް މުޅިން އަލަށް 24 ރިސޯޓެއް ރާއްޖޭގައި ހުޅުވިގެން ދާނެއެވެ.

އަދި 2017 ވަނަ އަހަރު ފަތުރުވެރިން އައި އަދަދު ވަނީ 8 އިންސައްތަޔަށް އިތުރުވެފައިވާއިރު، މި އަދަދާއެކު އިގްތިޞޯދީ ދުވެލި ވަނީ 6.2 އިން 6.9 އަށް ކުރިޔަށް ޖެހިފައެވެ.

COMMENTS: 3
  1. May 24, 2018 by ޕަޕަޓޭ Reply

    ޔަގީންީ ތިޔަ ހުރިހާ ކަމެއް ތިޔަ ކޮށްދިން މީހަކު ކޮށްދިނީ ހަމަހިލޭ ސާބަހަށް އެމީހާގެ އަމިއްލަ ލާރީގަ އަމިއްލަ ޚަރަދުގަ އަމިއްލަ މީހުންލައްވަ މަސައްކަތް ކުރުވައިގެން. އަދި ނުވިތާކަށް އެކަންކަމަށް ކުރި ޚަރަދުގެ ދެގުނަ އެރަށެއްގެ ނަމުގަ ޖަހައިގެން ނަގާ އެމީހާގެ އަމިއްލަ ޖީބަސް ކަޅާ ކޮށްގެން. އެހެންވީމާ ކުރިޔަށް އޮތް އިތުރު ފަސް އަހަރަށް ހަމަޖެހޭނީ ބަހައްޓާން އެމީހާ ހަމަ ބަހައްޓާނަން.

  2. May 25, 2018 by ާަިރަސްތަ Reply

    މިމަންޒަރު ފެނުނުމުން ހިތައް ތަދުވާަތި ވެރިކަމާަ ހޭެބަލިވަނީި 2018 ޔާަމީިނު ވެކަމަާަ ހަވާަލު ވާަނެ 100 ﷲ ގެ މިންވަރުފުޅުން

  3. May 25, 2018 by ާދަނޑަހިލު Reply

    ތީހަމަހަގީގަޔް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.