MENU

ހައްދުންމަތީ ފަޚުރު

ދިވެހިރާއްޖެއަކީ، ހިންދު ކަނޑު ގެ ތެރޭ ގައި، އޮޅުދޫ ކަރައިގެ ހުޅަނގު ފަރާތުން ހައްތުސްތަވާ މަތީގައި އުތުރުން ދެކުނަށް ފެތުރިފައި އޮތް ޤައުމެކެވެ. ދިވެހިރާއްޖޭ ގައި އޮތީ ޤުދުރަތީ ގޮތުން 26 އަތޮޅު ކަމުގައި ވިޔަސް ދައުލަތް ހިންގުމަށް ފަސޭހަ ކުރުމުގެ ގޮތުން އިދާރީ ގޮތުން 20 އަތޮޅަށް ސަރުކާރުން މިއަތޮޅުތައް ބައްސަވާލައްވާފައިވެއެވެ. އަދި އޭގެތެރެއިން 3 ދާއިރާއަކަށް ވަނީ ސިޓީއެއްގެ ދަރަޖަ ދީފައެވެ. ދިވެހިރާއްޖޭގެ ރަށްރަށުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިފައި އޮތް އެންމެ ބޮޑު ރަށަކީ ހައްދުންމަތީ ގަމެވެ.

މީހުން ދިރިއުޅޭ 11 ރަށުގެ މައްޗައް އެކުލެވޭ ހައްދުންމައްޗަކީ އާބާދީގައި 11841 މީހުން ދިރިއުޅެމުން އަންނަ އަތޮޅެކެވެ. ޒަމާނުންސުރެ މި އަތޮޅަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރައްތަށް ކައިރި ކައިރީ ހުރެމެ އެއްރަށުން އަނެއް ރަށައް ދަތުރުފަތުރުކުރުމުގައި އުފުލަންޖެހޭ ތަކުލީފުތަކެވެ. ފުރާދުއްވާ ދޯނިފަހަރުގައި ދަތުރުކުރާވަރަށްވުރެ އެއްރަށް އަނެއްރަށް ކައިރިއެވެ. އަދި ދެރަށް ދެމެދު އެހާމެ ތިލައެވެ. ތާރީހުން އެނގޭ ގޮތުގައި އިހުގެ ޒަމާންތަކުގައި މި ރައްތަކުގެ އަހުލުވެރިން ހިކިދިޔައިގައި އަރުވާޖަހާލާގެން އެއްރަށުން އަނެއް ރަށައް އެކި ބޭނުންތަކުގައި ގޮސްއުޅުނެވެ.

ހައްދުންމަތީ ރައްޔިތުން އެއްރަށުން އަނެއްރަށައް ފަސޭހަކަމާއެކު ދަތުރުކޮއްލާ އުޅުމުގެ ހުވަފެނަކީ މާދުރު ޒަމާންތަކެއް ކުރިން ދެކެމުން އައި ހުވަފެނެކެވެ. ކޮންމެ ރިޔާސީ ވެރިކަމެއްގައިވެސް ހައްދުންމަތި ވެގެން ގޮސްފައިވަނީ ސިޔާސީ " ފޮޑި " އެންމެ ބާރަށް ރިޔާސީ ކެނޑިޑޭޓުން ޖައްސަވާ އަތޮޅުގެ ގޮތުގައެވެ. އެފަދަ ވެރިން ގެންދިޔައީ ހައްދުންމަތީ ދަރިންގެ ޖަޒުބާތުތަކާ ކުޅެ ވޯޓު ހޯދަމުންނެވެ.

ނަމަވެސް ރައީސް ޔާމީން ހައްދުންމަތީ ދަރިންގެ އަޑު އައްސަވައިފިއެވެ. އެގޮތުން ގަމާ ގަމުގެ ކައިރީގައިވާ އެހެން ރަށްތަކާ ދެމެދު ކޯޒްވޭތައް ހަދައި ގުޅުވައިލައި، ފަސޭހައިގައި އަވަހަށް ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ހެދި ދިގު މަގުގެ މަޝްރޫޢަކީ ރައީސް ޔާމީންގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ހިންގާފައިވާ މަޝްރޫޢެކެވެ.

އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ހައްދުންމަތީ ގަމުގައި ހަދާފައިވާ ލިންކު ރޯޑަކީ 17.2 ކިލޯމީޓަރުގެ ދިގު މަގެކެވެ. މަގުގެ ފުޅާމިނަކީ  12 މީޓަރެވެ. އަދި މި ރަށާއި މާންދުއާއި ކައްދުއާއި ފޮނަދޫ ވަނީ ކޯޒްވޭއަކުން ގުޅުވައިލާފައެވެ. ޗައިނާގެ ސަރުކާރުގެ ހިލޭ އެހީގައި ހެދި މި މަގަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ދިގު މަގަކީ ވެސް މިއީ އެވެ.

މިއީ ހައްދުންމަތީ ތަރައްޤީގެ ފެށުމެވެ. ލެއްޕިފައިވާ ދޮރުތަށް ހުޅުވި އިގްތިޞޯދީގޮތުން ހައްދުންމަތި ކުރިއަރާގެން ދާނޭ ކަމެކެވެ. ދަނޑުވެރިންނާއި މަސްވެރިންގެ އިތުރުން އުފެއްދުންތެރިންގެ އުފެއްދުންތަށް ފަސޭހަކަމާއެކު މާކެޓު ކުރުމަށް ލިބުނު ފަހި ކަމެކެވެ. އެއާއިއެކު ކަސްތޮޅު އެޅުވިފައިވީ ހައްދުންމަތި ކަސްތޮޅުން ވީއްލި މިނިވަންކަމާއިއެކު ހަމަ އިސްކޮޅަށް ދެމިލަން ތައްޔާރުވާން މިވަނީ ފަށާފައެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.