MENU

އިދިކޮޅު ކުދިން ރޯދަތަ؟

މިއަދު 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުލަ ރޯދަ ހިފައިފީމެވެ. އާދައިގެ މަތިން ހުރިހާ ކަމެއްވެސް ހަމަ " ބަރާބަރެވެ". ރޯދަ ވީއްލަން ހުރީ ތަފާތު ހެދިކާއެވެ. އަދި “ފިޔާތޮށި" ކިރު ޝަރުބަތެވެ. އަނެއްކޮޅުން ވެރިކަމުގައި ހުރީ ހަމަ ކާމިނީގޭ އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމެވެ.

މި ބަރަކާތްތެރި ރަމަޟާންމަހުގެ މުލަ ރޯދަ ދުވަހު އިދިކޮޅަށް ތާއީދުކުރާ ކުދިންކޮޅު ތިބީ ރޯދައަށްތޯ މިއީ ކޮއްލަންޖެހޭ ސުވާލެކެވެ. ފަހަރުގައި ހުޅަނގަށް ހަނދު ނުފެނުނީތީ އެއްބަޔަކު ރޯދަ ނުހިފަންވެސް ތިބެދާނެއެވެ. ރާއްޖެއަސް ގައިމުވެސް ހަނދު ފެނުނު ކަމަކަށް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. މިއޮތް ހުރިހާދުވަހު އިރު ހަނދާ ތަރިތަކާ ބެހެން އުޅުނު މަނިއްޕުޅު އަލް ފަލަކު ކުރެވުނު މޮޅުކަމެއްގެ ސަބަބުން އޮންނެވީ ހަނދުބަލަން ވީއިރު ތޭރިތަކު ތެރޭގައެވެ. އަނެއްކޮޅުން ވެރިކަމުގައި ޔާމީން ހުރީތީ ރޯދަ ނުހިފައިވެސް ތިބޭނެ ބަޔަކު އިދިކޮޅު އިއްތިހާދުގައި ތިބެދާނެއެވެ.

އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރޭ ހަނދުމަ އެބަ ހުރިތޯއެވެ. އިދިކޮޅު ފަރާތް ތަކުން ހއ. އިހައްވަންދޫ ގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ވަނީ 1439 ވަނަ  އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހިފާނީ ރޯދަ މަހުގެ ކުރިން ވެރިކަމުގައި ހުންނެވި ޔާމީން ބަދަލުކޮއްފައި ކަމުގައި ގަދަބަސް ބުނެފައެވެ.

މީގެ އިތުރުންވެސް އޭޕްރީލް މަހުގެ 24 ވަނަ ދުވަސް ހަނދުމަކޮއްލާށެވެ. އިދިކޮޅު ޕާޓީތަކުން އެމްޑީޕީ އޮފީސް ކުރިމަތީ، ސޯސަންމަގުގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ވަނީ މި ރޯދަ މަހު އިދިކޮޅު އިއްތިހާދުން ރޯދަ ހިފާނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްފައި ކަމުގައި ބުނެފައެވެ.

މިހިސާބުން ނިންމާ ލީކީ ނޫނެވެ. މި އެއްވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު ވެސް ވަނީ ރޯދަ މަހު ރޯދަ ހިފާނީ "މި ވެރިކަމާ ނުލައި" ކަމަށް ބުނެ ގޮންޖަހާލާފައެވެ. ދަންނަވަންތޯއެވެ. ހުޅަނގުން ސައިންސަށް ކިތަންމެ ކުރިއަރާ ދިޔައެއް ކަމަކު ސައިޒު އޮޅިވަޑައި ނުގަންނަވާށެވެ. ހުޅަނގުގެ މަތިގެޔާ ތިރިގެޔާ ބަދިގެޔާ ފުއްޑަނަށް ގުދުރަތުގެ ޤާނޫނަށް ހިންގޭނީ ކޮން ބާރެއްތޯއެވެ؟

އިދިކޮޅު ޓްވިތަރޭ މެން އެވެ. ކަނުލާ އަހާށެވެ. ހުޅަނގުގެ ދީންތަކަށް ތަބާވިއެއްކަމަކު ގަދަފަދަ ވަންތަ ﷲ ވޮޑިގެން ވާކަން ހަނދުމަ ނައްތާ ނުލައްވައްޗެވެ. އެކަލާންގެ އިރާދަފުޅާއިނުލާ ގަހެއްގެ ފަތެއްވެސް ހެލި ނުލާނެ ކަން ދަންނާށެވެ. އެހެންކަމުން ދެން ފަހަރަކުންވެސް ގަދަބަސް ބުނުމުގެ ކުރިން ﷲ ގެ އިރާދަފުޅާ ލައިގެން ކަންކަން ކުރުމަށް ނިޔަތް ގަންނާށެވެ.

އިދިކޮޅު އިއްތިހާދަށް މިހާތަނަށް ވެރިކަން ބަދަލު ކުރުމަށް ދިން އެއްވެސް ތާރީހެއްގައި ކާމިޔާބީ އަކާ ހަމަޔަށް ވާސިލް ވެވިފައެއް ނެތެވެ. ވާނީވެސް އެހެންތާއެވެ. މަތިވެރި މަގުސަދެއްގައި ކަމަށް ބުނި ނަމަވެސް ލިބާހުގެ ފަސްބައި އޮތީ އަމިއްލަ އެދުމުން ފޯވެ ތަތްތެޅިފައެވެ. އަބަދުމެ އިދިކޮޅުން ދައްކާ ވާހަކައަކީ އިރު އެރުމުގެ ކުރިން ވައްޓާލާނަން. އިރު ބޮންތިއަކަށް އެކުމުގެ ކުރިން ވައްޓާލާނަން. މެންދުރު ވުމުގެ ކުރިން ވައްޓާލާނަން. ހަވީރުވުމުގެ ކުރިން ވައްޓާލާނަމެވެ. މިހާހިސާބުން ހަނދާނަށް އަންނަނީ ސަނީ ޑިއޯލްގެ ޑައިލޮގް ކޮޅެކެވެ. އާދެ "ތާރީކް ޕޭ ތާރީކް، ތާރީކް ޕޭ ތާރީކް، ތާރީކް ޕޭ ތާރީކް، ތާރީކް ޕޭ ތާރީކް، " އެވެ. ހަރާމުން ހަތް ހަރާމެވެ. ވާކަމެއް އޮތީއެއް ނޫނެވެ.

COMMENTS: 1
  1. May 16, 2018 by ހުސޭނު Reply

    ރޯދަ ހިފާނެތަ ތިޔަތިބި ބަޅުން؟ ހުސް ޔަހޫދީން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.