MENU

ހީވެސް ނުވޭ

ރިޔާސީ ނިޒާމެއްގައި ރައްޔިތުންގެ ވޯޓުން ސަރުކާރެއް އެކުލަވާލަނީ އެ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސް ދިނުމަށެވެ. ތަރައްޤީގެ އިތުން އުފާވެރި ވެއްޓެއް ގާއިމް ކޮއްދިނުމަށެވެ. ތަފާތުކުރުމެއް ނެތި ހަމަހަމަކަން ރައްޔިތުންނަށް ގެނެސް ދިނުމަށެވެ. މިގޮތުން ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ މީހުންނަށް ލިބޭ ހުސް ވަގުތުތަކުގައި އުފާވެރި ބައްދަލުވުންތައް ބާއްވާނެ ތަންތަން މަދުކަމުން މިފަދަ ތަންތަން މާލޭގައި ހަދައި ރައްޔިތުންނަށް އުފާވެރިކަން ހޯދައިދިނުމަކީ ރައީސް ޔާމީންގެ މި ސަރުކާރުގެ އަމާޒެކެވެ.

އަތޮޅުތެރޭގެ ރަށެއްގެ އަތިރިމަތިން ލިބިދޭނެ ހިތްގައިމުކަން އިހްސާސްވާނޭހެން މާލޭގެ ހުޅަނގުފަރާތުގައި، މާފަންނުގައި ހަދާފައިވާ [ރަސްފަންނު] އަކީ، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ތަފާތު ބޭނުންތަކުގައި ބޭނުންކުރެވޭ ގޮތަށް ތަރައްޤީކޮށްފައިވާ ގޮނޑުދޮށެކެވެ. ބޮޑުތަކުރުފާނު މަގަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ރަށްރަށުގައި ޤުދުރަތީގޮތުން އުފެދިފައިވާ ގޮނޑުދޮށްތަކާ އެއްސިފައަކަށް، އެ ގޮތަށް ތަރައްޤީ ކޮއްފައިވާ  ގޮނޑުދޮށުގައި އޮތް މޫދަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށްވެސް ކަމުދާގޮތަށް ހަދާފައިވާ މޫދެކެވެ. މޫދަށް އެރޭ މީހުންނާއި ކުޑަކުދިންގެ ސަލާމަތަށްޓަކައި ލައިފް ގާޑުން އަބަދުވެސް ގޮނޑުދޮށުގައި ތިބެއެވެ. އަދި މޫދުން އެއްގަމަށް އެރުމަށްފަހު ސާފު ފެނުން ފެންވެރޭނެ ތަންތަންވެސް ވަނީ ޤާއިމް ކޮއްފައެވެ.

ރަށްރަށުގެ ގޮނޑުދޮށުގެ މާހައުލުގައި ހުންނަ ގޮތަށް ހޮޅުއަށިތަކާއި، ޖޯލިފަތިތަކާއި، ދިގު އަށިތަކާއި ގެއެއްވެސް ހުރެއެވެ. ކަސްރަތު ބޭނުންވާ މީހުންނަށް ކަސްރަތުކުރާނެ ސާމާނު ބަހައްޓާފައި ހުރެއެވެ. ހިނގާ މީހުންނަށް ޓްރެކެއް އޮވެއެވެ. ކުޑަކުދިން މަޖާކޮށް ވެއްޔާ ކުޅެ ހަދާނެ ސަރަޙައްދެއްވެސް އޮވެއެވެ. މަސްފިހެގެން ކައިބޮއި ހެދޭނެ ތަންތަންވެސް ހުރެއެވެ. މޫދުގައި  ހަދާފައިވާ ޕެވީލިއަންގައި ހުރި ރެސްޓޯރެންޓުން ބައިނަލްއަޤްވާމީ މަޝްހޫރު ބްރޭންޑްތަކުގެ ކެއިންބުއިން ލިބެއެވެ. މިއީ، ޢާއިލީ ބައްދަލުވުން ބޭއްވުމަށް ހިތްގައިމު އުފާވެރި ގޮނޑުދޮށެކެވެ. ލިބޭ ހުސްވަގުތުތަކުގައި ރަޙްމަތްތެރިނާއެކު އެއްތަންވެ ތިބެން ކަމުދާނެ، ހިތްތަކަށް ހާއުފާވެރިކަން ގެނެސްދޭނެ ޝައުޤުވެރި ގޮނޑުދޮށެކެވެ.

މި ގޮނޑުދޮށުގެ ސަރަޙައްދު ތަރައްޤީކޮށް މުޅިން ނިމޭއިރު،  25 ބުރީގެ 4 ޓަވަރު ހުންނާނެއެވެ. މި ހަތަރު ޓަވަރުގައި މަތީ ފެންވަރުގެ 350 ފްލެޓާއި، އެންމެ ޒަމާނީ ފެންވަރުގެ ކޮންވެންޝަން ހޯލެއް އޮންނާނެއެވެ. ރީޓެއިލް ވިޔަފާރިއާއި، އެނޫން ބާވަތްބާވަތުގެ ވިޔަފާރި ކުރާނެ ތަންތަންވެސް ހުންނާނެއެވެ. މި 4 ޓަވަރު އެޅުމުގެ މަސައްކަތްކުރުން ސިންގަޕޫރުގެ ކުންފުންޏަކާ ދިވެހިސަރުކާރުން މިހާރު ވަނީ ހަވާލުކޮށްފައެވެ.

ރަސްފަންނުގެ ހިތްގައިމުކަން ކޮންމެ ވަގުތަކު އެސަރަހައްދަށް ބަލާލި ނަމަވެސް ފެނިގެން ދާނެއެވެ. މި ފަންއަށް ޒިޔާރާތްކުރާ ހަމަ ކޮންމެ މީހެއްގެ މޫނުމަތިން ފެނިގެންދާ ހިނިތުންވުން މިކަމަށް ހެކިދެއެވެ. މާމަ ކާފައިން ފެށިގެން ދެ ލޯބިވެރިންގެ ވާހަތަތަށް ހިއްސާކޮއް ތަރިތަކާ އިރާ ހަނދު ލޯބިވެރިޔާއަށް ގެނެސް ދިނުމަށް ތިބޭ " ލަވް ބާޑް " ތަކުން ވެސް މިކަން ހާމަ ވެގެން ދާނެއެވެ.

ކޮންމެ އަކަށް ރައީސް ޔާމީން މޮޅީ " ކޮންކްރީޓް " ތަރައްޤީ ގެނެސްދެއް ވުމަކަށް އެކަނޏެއް ނޫނެވެ. އިޖްތިމާއީ ތޮތުންވެސް އެމަނިކުފާނަކީ ހަމަ މާހިރެކެވެ. ރައީސް ޔާމީން އިލްމީ ރޮގުން ދިވެހިން ބޮންތީގައި ހިފުވާފިއެވެ. 3 އަހަރުގެ ބިރުވެރި ނާމާން ރަންނަމާރީގެ ކިބައިން މި ގައުމު ސަލާމަތްވކޮއްދެއްވަވާފިއެވެ.  އަނެއްކޮޅުން މިހާރު " މާލެ " މާލެހެން ހީވެސް ނުވެއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.