MENU

އަބްދުލްﷲ ޔާމީން އަބްދުލް ޤައްޔޫމް އިންޓަރނޭޝަނަލް އެއާރ ޕޯޓް

ބޭރު ދުނިޔެއާއި ދިވެހިރާއްޖެ ގުޅުވައިދޭ މައި ދޮރާށްޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވީ.އައި.އޭ އެވެ. ދިވެހިންނަށް ހުވަފެންދައްކާ އަދި އެހުވަފެންތަކުގައި ކުލަ ޖައްސުވާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ދިވެހިރާއްޖޭގެ މައި ދޮރައައްޓަށް ގެނެސްދެއްވާ އިންގިލާބީ ތަރައްޤީ  ވެގެންދާނީ އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް  ލިބިގެންދާނޭ އިމެއް ނެތް ކުރިއެރުމަކަށެއެވެ. މިއީ ފަހުން އަންނާނޭ ޖީލުތަކުންވެސް އެކަމަކަށްޓަކައި ފަހުރުވެރިކާނެ ފަދަ ވަރަށް ބިޔަ މަޝްރޫޢެކެވެ.

ވީ.އައި.އޭ ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިމޭއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއި ޒަމާނީ ފަސޭހަތައް ލިބޭ އެންމެ ޒަމާނީ ވައިގެ ބަނދަރަކަށެވެ. އޭ 380 މަރުކާގެ މަތިންދާ ބޯޓު ޖެއްސޭނެ ފެންވަރު ހުރި ވައިގެ ބަނދަރަކަށެވެ. އޭ 380 އޭ ދެންނެވުމުން ދެނެލައްވަމުތޯއެވެ؟ އެއީ އައްސަތޭކަ ފަސްދޮޅަސް އަށް މީހުންގެ ޖާގާގެ ދެ ފަންގި ފިލާގެ އެއާރ ކްރާފްޓް ތައެކެވެ. މިއީ ދުނިޔޭގައިވެސް އޮތް މީހުން އުފުލާ މަރުކާގެ އެންމެ ބޮޑެ މަތިންދާ ބޯއްޓުފަހަރެވެ.

ރައީސް ޔާމީން ގެނެސްދެއްވަމުންގެންދަވާ ތަރައްޤީގެ މި ބިޔަ ބޮޑު މަސްރުއޫ ނިމިގެން ދާއިރު ވީ އައި އޭ ގައި މުޅިން އައު ރަންވޭއެއް އޮންނާނެއެވެ. އެގޮތުން އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ  3200 މީޓަރު ދިގު، 45 މީޓަރުގެ ފުޅާ ރަންވޭ ގެ ބަދަލުގައި މުޅިން އަލަށް 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭ އެއް އެޅިގެން ދާނެއެވެ. އަދި މިހާރު ބޭނުންކުރަމުން ގެންދާ ރަންވޭ ޓެކްސީ ވޭ އަކަށް ބަދަލުވެގެން ދާނެއެވެ. މި ބަދަލާއިއެކު ވީ އައި އޭ ގެ އެއާ ޓްރެފިކަށް ބޮޑު ލުޔެއް ލިބި އެއާރ ކްރާފްޓްތަށް ނުޖެއްސި " ހޯލްޑް " ގައި މަޑު ކުރާ ކުރުމަށް ނިމުމެއް އަންނާނެއެވެ.

ޖާގައިގެ ދަތިކަން އިންތިހާޔަށް ބޮޑުވެފައިވާ މިހާރުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ޓަރމިނަލް ރައީސް ޔާމީން ގެނެސްދެއްވަމުން ގެންދަވާ މި ބަދަލުތަކާއިއެކު ޒަމާނީ ގިނަ ޚިދުމަތްތަކެއް ދަތުރުވެރިންނަށް ފޯރުކޮށްދެވޭނެ ރީތި ގިމަތައެއް ގާއިމްކުރެވިގެން ދާނެއެވެ. ދަތުރުވެރިންނަށް ފަސޭހަވާނޭހެން ގިނަ ހިދުމަތްތަކެއް އަލަށް ގާއިމްކުރެވޭ ގިމަތައިން ލިބިގެން ދާނެއެވެ. މީގެ އިތުރުން މިހާރުގެ ޑިއުޓީ ފްރީ އިތުރަށް ބޮޑުކޮއް މުޅި އޭޝިއާ ސަރަހައްދުގައިވެސް އެންމެ " ސަޅި " އެއާރ ޕޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ވެގެންދާނެއެވެ.

ރައީސް ޔާމީން ގެންނަވާ މި ތަރަށްޤީ އަކީ ދުރު މުސްތަގުބަލަކަށް ވިސްނަވައިގެން ގެންނަވާ ބަދަލުތަކެއް ކަމުން މިހާރު ދިމާވެފައި ވާ އަދި ދިމާވެދާނޭ ކަމަށް ގަބޫލުކުރޭވޭ ކަންކަމަށްވެސް ދަނީ ދާއިމީ ހައްލުތަކެއް ހޯއްދަވައިދެމުން އެވެ. އެގޮތުން މަތިންދާ ބޯޓަށް އަޅާ ތެޔޮ ރައްކާކުރާނެ ބޮޑެތި ތާނގީތަކާއި މަތިންދާބޯޓަށް ބޭނުންވާ ތަފާތު އެތައް ޚިދުމަތެއް ދެވޭނެ އާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ގެންދަނީ ކުރަމުން އެވެ. އެއާއިއެކު ބޯއްޓުތަށް ޕާކް ކުރުމުގެ ކެޕޭސިޓީ އިތުރުވެގެން ދާނެއެވެ. އަދި ބޯއްޓުތަށް މަރާމާތުކުރުމުގެ ހިދުމަތުގެ އިތުރުން ބޯއްޓަށް ބޭނުންވާ އެހެނިހެން ހިދުމަތްތަށް ގާއިމް ކުރެވިގެން ދާނެއެވެ.

މި ގެންނަވާ ތަރަށްޤީ އާއި އެކު ދަތުރުވެރިންނާއި އެއްވަރަށް ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މުދަލާއި، ރާއްޖެއިން ބޭރަށް ފޮނުވާ މުދާ ބަހައްޓާނެ ބޮޑު ގިމަތައެއް ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވިގެން ދާނެއެވެ. އެންމެ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތަކާއިއެކު ސެކިއުރިޓީ މިހާރަށްވުރެ އިތުރަށް ފުޅާވެގެން ދާނެއެވެ. މިއާއިއެކު  މިހާރު ވީއައި އޭ ގެ މުވައްޒަފުންގެ އަދަދު ދެގުނަޔަށްވުރެ މަތިވެ ދިވެހި ޒުވާނުންނަށް ވަޒީފާގެ އެތަކެއް ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.

މި ހުރިހާ ކަމެއް ފުރިހަމަވުމުން މިހާރު އަހަރަކު 4.5  މިލިއަން މީހުންނަށް ޚިދުމަތްދެވޭ މި އެއަރޕޯޓުން އަހަރަކު 7.5  މިލިއަން މީހުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދެވޭނެއެވެ. އާޕެސެންޖާ ޓާމިނަލްގެ އަގު 300 މިލިއަން ޑޮލަރަށް އަރާއިރު އާރަންވޭގެ އަގު 400  މިލިއަން ޑޮލަރަށް އަރައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ޑޮމެސްޓިކް އެއަރޕޯޓްތަކާއި އެއަރޕޯޓްގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢެއް ވަނީ ފަށާފައެވެ. މިގޮތުން ބައެއް އެއަރޕޯޓްތައް އަޅައި، ބައެއް އެއަރޕޯޓްތައް އިތުރަށް ތަރައްޤީކޮށް މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައެވެ. އަދި ހދ. ކުޅުދުއްފުށީ އެއަރޕޯޓާއި ށ. ފުނަދޫ އެއަރޕޯޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ނިލަންދެ އަތޮޅު ދެކުނުބުރީގެ ރައްޔިތުންނަށާއި، އެއަތޮޅާއި، އެ އަތޮޅު ކައިރީގައިވާ އަތޮޅުތަކުގެ ރިޒޯޓްތަކަށް ދަތުރުފަތުރުކުރާ ޓޫރިސްޓުންނަށް ޚިދުމަތް ދިނުމަށްޓަކައި ތަރައްޤީކޮށްފައިވާ ކުޑަހުވަދޫ އެއަރޕޯޓަކީ، ކުޑަހުވަދޫގެ ފަޅުން 62 ހެކްޓަރުގެ ބިން ހިއްކައިގެން އަޅާފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓްގެ ދިގުމިނުގައި 1800  މީޓްރު ހުންނައިރު މި އެއާޕޯޓް ތަރައްޤީކޮށްފައި ވަނީ، ޑޭޝް 8 ،  އޭ.ޓީ.އާރް 72 މަރުކާގެ މަތިންދާބޯޓާއި، އަމިއްލަ ފަރާތްތަކުން ބޭނުންކުރާ ޖެޓުތައް ޖެއްސޭ ފެންވަރަށެވެ.

މާޅޮސްމަޑުލު އުތުރުބުރީގައި އެއަރޕޯޓެއް ނެތުމުން ދަތުރުފަތުރުކުރުމުގައި ރައްޔިތުންނަށާއި ޓޫރިސްޓުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި މާޅޮސްމަޑުލު އުތުރުބުރީ އިފުރުގައި ސަރުކާރުންވަނީ އެއަރޕޯޓެއް ތަރައްޤީކޮށްފައެވެ. ރ. އަތޮޅު އިފުރުގައި ތަރައްޤީކޮށްފައިވާ ސަރަޙައްދީ މި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވީ، 2015 މޭ 28 ގައެވެ. މިއީ މާޅުސްމަޑުލު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.

ހުވަދުއަތޮޅު އުތުރުބުރީގައި ހަލުވި ކަމާއެކު ޓޫރިޒަމް ތަރައްޤީ ވަމުންދިއުމާ ގުޅިގެން، ރައްޔިތުންގެ ބޭނުންތަކާ ފައިހަމަކޮށް، ރައްޔިތުން ބޭނުންވާ މިންވަރާއި ފެންވަރަށް ޚިދުމަތް ދިނުމަށްޓަކައި، ކޫއްޑޫ އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަރައްޤީކޮށް އަލުން  ހުޅުވާފައިވަނީ 2017 ސެޕްޓެންބަރު 25 ގައެވެ. މި އެއަރޕޯޓަށް ގެނެވުނު މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކުރިން އޮތް 1200  މީޓަރުގެ ރަންވޭ 1800 މީޓަރުގެ ދިގުމިން ހުންނަ ބޮޑު ރަންވޭއަކަށް ހެދުމާއި، ބޮޑެތި މަތިންދާބޯޓު ޖެއްސޭވަރަށް އެއަރޕޯޓްގެ ވަސީލަތްތައް ތަރައްޤީކުރުން ހިމެނެއެވެ. މި ގެނެވުނު ބަދަލުތަކާއެކު މިހާރު މި އެއަރޕޯޓުން  17  ސީޓުގެ ޖެޓުތަކަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުވައިދެވިގެން ދާނީ މަތީފެންވަރުގެ ވީއައިޕީ ލައުންޖެގެ ހިދުމަތާއިއެކުއެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.