MENU

ދަރުމަވަންތަ ވެރިއެއްގެ ސިއްހީ އިންގިލާބު

657
0

ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ބޭނުންވާނެ އެންމެ މުހިންމު އަސާސީ އެއް ޚިދުމަތަކީ ޞިއްޙީ ޚިދުމަތެވެ. ދިވެހި ރާއްޖޭގެ މުޅި ތާރީހުގައިވެސް ދިވެހިން އެކަމަކަށް އެންމެ ބޮޑަށް ޖެހިފައިވާ ކަމަކީ ރަނގަޅު ސިއްހީ ފަރުވާއެއް ނެތުމުގެ މައްސަލައެވެ. ވޭތުވެ ދިޔަ 99 ވެރިން ރާއްޖޭގައި ވެރިކަންކޮށް ދިޔައިރުވެސް ސިއްހީ ނިޒާމް އޮތީ ހަމަ ހަސްފަސް ނެތިއެވެ.

ނަމަވެސް ރާއްޖޭގެ ތަހުތުގައި އުންމީދީ ވެރިއެއް ވެރިކަން ކުރަންވަން ފެށީ 100 ވަނަ އަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްމުގެ މާތް މަގުސަދުގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރުމުގެ ބިޔަ މަޝްރޫޢު ސަރުކާރުން ފަށާފައިވަނީ، މި އަސާސީ ޚިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދިނުމަށެވެ.މި އިންގިލާބުގެ ބޭނުމަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ކުރަންޖެހުނު ދަތުރުތަށް ނިމުމަކަށްގެނެސް ދުނިޔޭގެ އެންމެ ތަހުޒީބު ސިޓީތަކުންވެސް ދޭ އެންމެ ޒަމާނީ ޞިއްޙީ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުވައިދިނުމެވެ. މީގެ ކުރިން ރާއްޖޭގައި ބިނާއެއް ބިނާކޮށްފައި ނުވާ މިންވަރަށް އުސްކޮށް ބިނާކުރާ ދަރުމަވަންތައް ހޮސްޕިޓަލުން ޞިއްޙީ ޚިދުމަތް ފަސޭހަކަމާއި އަވަސްކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެއެވެ. މި ހޮސްޕިޓަލް ނިމޭއިރު އެންމެ ޒަމާނީ އާލާތްތަކާއެކު ޒަމާނީ ޞިއްޙީ ޚިދުމަތް ދެވޭނެ ނިޒާމެއް މިތަނުގައި ޤާއިމުވެފައި އޮންނާނެއެވެ. މިއީ ދިވެހި ތާރީހުގައިވެސް ސިއްހީ ނިޒާމަށް އަންނާނޭ އެންމެ ބޮޑު އިންގިލާބެވެ.

25 ފަންގިފިލާގެ ދަރުމަވަންތަ ހޮސްޕިޓަލުގެ 6  ފަންގިފިލާ ޚާއްޞަކުރެވޭނީ،  ނޭޝަނަލް ޑައިގްނޯސްޓިކްގެ  ޚިދުމަތް ދިނުމަށެވެ. އަދި 5 ވަނަ ފަންގިފިލާ ޚާއްޞަވެފައި ހުންނާނީ، ބަލި މީހުންނަށް ބޭނުންވާ ޕްރައިވެޓް އެކޮމަޑޭޝަންގެ ޚިދުމަތް ދިނުމަށެވެ. މި ހޮސްޕިޓަލުގެ 1  ވަނަ ފަންގިފިލާ ޚާއްޞަ ކުރެވޭނީ ރޭޑިއޮލޮޖީގެ ޚިދުމަތްތަކަށެވެ. އަދި 4  ވަނަ ފަންގިފިލާ ޚާއްޞަ ކުރެވޭނީ ފިޒިއޮތެރަޕީ އާއި ރީހެބިލިޓޭޝަންގެ ފަރުވާ ދިނުމަށެވެ. މިގޮތުން، ކުޑަކުދިންނަށް ޚާއްޞަ ސްޕޯޓްސް ތެރަޕީ އާއި، ހައިޑްރޯތެރަޕީ ފަދަ ފަރުވާދޭ ނިޒާމު، އަލަށް ޤާއިމުކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ 4  ވަނަ ފަންގިފިލާގައި ހުންނާނެއެވެ.  މީގެ އިތުރުންވެސް ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖެއިން މީގެ ކުރިން ލިބެން ނެތް އެތަކެއް ފަރުވާ ލިބިގެން ދާނެއެވެ.

އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ޚިދުމަތަކީ، ރާއްޖޭގައި އަލަށް ފަށާ މެޑިކަލް ކޮލެޖްގެ ޚިދުމަތެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 8 ވަނަ ފަންގިފިލާއާއި، 14 ވަނަ ފަންގިފިލާ ޚާއްޞަ ކުރެވޭނީ މެޑިކަލް ކޮލެޖްގެ ވަޞީލަތްތަކަށެވެ. މީގެ އިތުރުން، ޖިމަކާއި، ޗައިލްޑް ކެއަރ ސެ ންޓަރެއްވެސް މި ހޮސްޕިޓަލުގައި ހުންނާނެއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޤާއިމު ކުރުމުގެ މަޝްރޫޢަށް ގާތްގަނޑަކަށް  2.1  ބިލިއަން ރުފިޔާ ހަރަދުވެގެން ދާއިރު މިއީ ސިއްހީ ފަރުވާއަށް އަވައްޓެރި ކަރަކަރަޔަށް ސަލާންޖަހަން ދިއުމަށް ނިމުމަކަށް އައުންކަމުގައި ވެގެން ދާނެއެވެ.

 

COMMENTS: 1
  1. May 10, 2018 by Anonymous Reply

    ސަޅި.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.