MENU

ނަސްރީނާއަށް ނަސޭހަތެއް!

ކަމަނާއެވެ. ދަންނާށެވެ. އަހަން އަމާ ބުނާ ވަރަށްބޮޑު ތެދެއް އޮވެއެވެ. ދުނިޔެމަތީ ކުޅަ ނުބައި ކަމެއްގެ ރަހަ ނުދައްކަވާ މަރުނުގައްނަވާނޭ ވާހަކައެވެ. އެދުވަހު ކަމަނާ ބޮޑުގަނޑުވަރުގެ ބޮޑު ކޮޓަރިކޮޅުގައި އިންނެވިއިރު މި ނިކަމެތި ރައްޔިތުން ރުއި ރުއިމުގެ އަޑު ނީވުނީތީ ހިތާމަ ކުރަމެވެ. އާރާ ބާރަކީ ކޮންމެވެސް ދުވަހަކުން ނެތިފިލާ ދާނޭ އެއްޗެއްކަމާ އިންސާފު ހަމަ ކޮންމެ މީހެއްގެ މައްޗަށް  ގާއިމުވާނޭކަން ނުވިސްނުނީ ދެރަވަމެވެ.

ކަމަނާ ދަންނަންވީ ކަމެއް އެބައޮތެވެ. ފިރިކަލުން ހައްޔަރުކުރީ ގާނޫނުގެ ދިގު އަތް ކަމެވެ. އެކަމަށް މެދުވެރިވީ އެ ގާނޫނޫ ތަންފީޒުކުރަންތިބި ފަރާތްތަކެވެ. އެހެންކަމުން އެފަރާތްތަކަށް ކިތަންމެ ސިޓީއެއް ފޮނުވިޔެއްކަމަކު ގާނޫނުން އެކަމަށް ޖާގައެއް ނެތްނަމަ ތިޔަ ފޮނުވާ ކޮންމެ ސިޓީއަކަށް ޖާގަ ލިބިގެންދާނީ ކުނިވަށިން ކަމެވެ. ކަމަނާއެވެ. ގަބޫލުކުރައްވާށެވެ. މީ ފިރިކަލުންގެ ވެރިކަމެއް ނޫނެވެ. މިއަދު މިދެކޭ ގާނޫނީ ވެރިކަން ހިނގާނީ ގާނޫނުގެ ތަރަހާގެ ތެރެއިން އެވެ.

30 އަހަރު ވެރިކަން ކުރެއްވީތީ ގާނޫނަށްވުރެ މަތީގައި ނުހުރެވޭނެއެވެ. މިއީ އިގިރޭސިވިލާތެއް ނޫނެވެ.  ކަމަނާގެ ފިރިކަލުންނަށް ޖަލުގައި ގަނޑުވަރެއް ދެންތިބި ގައިދީންނަށް ކުޑަގޮޅިން ޖާގަ ދެވިއްޖެނަމަ އިންސާފެއް ކޮބައިތޯއެވެ؟ ކަމަނާއަށް މައުމޫނާއެކު ޖަލުގައި އުޅެވެން ވެއްޖެނަމަ ދެންތިބި ކޮންމެ މީހަކަށްވެސް އެމީހެއްގެ އާއިލާއާއިއެކު އުޅެވެން ވާނޭ ނޫންތޯއެވެ؟ ކަމަނާއަށް މައުމޫނާއިއެކު ޖަލުގައި ރޭކުރެވޭނަމަ ޖަލުގައިދެންތިބި ކޮންމެ މީހަކަށްވެސް އެފުރުސަތު ދޭންޖެހޭނެ ނޫންތޯއެވެ؟ ގަބޫލުކުރަންވަންޖެހޭ ހަޤީގަތަކީ މައުމޫނު އެހުރީ ހައްޔަރުގައި ކަމެވެ. ކުރެވުނު މޮޅުކަމަކުން ޕިކުނިކު ފޮނުވާފައި ނޫންކަމެވެ.

 

COMMENTS: 2
  1. May 08, 2018 by ެިއިސްކުރުބެ Reply

    ތީހަމަ އިންތިހާ އަށް ކަމުދާ ވާހަކަ ފުޅެއް،!

  2. May 10, 2018 by ކުޑަކުއްޖާ Reply

    ވަރަށް ރަނގަޅު ވާހަކައެއް ތިބުނީ.....ހަމަ ސާބަސް.....

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.