MENU

ހުޅަގަށް ނަށާ ކުއްޖާ

އެއީ މީގެ 10 އަހަރު ކުރިއެވެ. މާދުރު ހަނދާނެއް ނޫނެވެ. އޭރުގެ ވެރިކަމުގެ ނިޒާމު ރައްޔިތުންނަށް ބަލައިގަންނަން ދަތިވެ އޭރުހުންނެވި ރައީސް މައުމޫނާމެދު ރައްޔިތުން ހިތްހަމަ ނުޖެހުނު ދުވަސްވަރެވެ. ރާއްޔިތުން އައު ބަދަލަކަށް އެދި ހޯބޯލަވައިގަތް އަދި ރާއްޖެ ހުޅަނގުގެ ދިމާކުރާތީ އޭ މިކިޔާ ވަބާގައި ޖެހުނު ދުވަސްވަރެވެ. ރާއްޖެ އިސްލާހުކޮއް މުޅިން އައު ރާއްޖެއަކަށް ރާއްޖެ ހެދުމަށް މުގުލުގައި ހުންނެވީ ގ. ކެނެރީގޭ މުހަންމަދު ނަޝީދެވެ.

2008 ވަނަ އަހަރު ބޭއްވުނު ވާތަވެރި އިންތިހާބަށްފަރު ރައްޔިތުން ނަށީދަށް އާއެކޭ ބުނީ ފޮނި ހުވަފެންތަކެއް ދެކެމުންއެވެ. ރާއްޖޭގެ އިޤްތިޞޯދު ކުރިއަރުވާ ފުދުންތެރި ބަޔަކަށް ރާއްޖެ ހެދުމުގެ މާތް މަގުސަދުގައެވެ. އަނގަޔާއި އަތާ ދިމާނުވެ ބިކަވި ރައްޔިތުންނަށް އަޅާލާ އިޖްތިމާއީ ހަމަޖެހުން ގާއިމުކުރުމަށެވެ. ރައްޔިތުން ދިރިއުޅުމުގެ ފެންވަރު މަތިކޮއް އަމާން ވެއްޓެއް ޤާއިމްކުރުމުގެ މާތް މަގުސަދުގައެވެ.

2008 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މުހަންމަދު ނަޝީދު ހުވާ ކުރެއްވީ އިސްލާމްދީނަށް ހުރުމަޓްތެރިކޮން ހިތުމަށާއި، ދިވެރި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކޮއް ދިވެހި ފަސްގަނޑަށް އިހްލާސްތެރިވުމަށާއި ގާނޫނުގައި ވާގޮތުގެ މަތިން ވެރިކަން ކުރުމަށެވެ. ނަމަވެސް ވެރިކަމުގެ ތަހުތުގައި ވެޑުވުމާއެކު ތޮށިފަޅައި ބޭރަށް ނިކުތީއެވެ. ނަޝީދުގެ ހަޤީގަތް ދިވެހިންނަށް ފެންނަންފެށީއެވެ.

ހުޅަގުގެ ދެތިން މަހުޖަނެއްގެ ޕަޕެޓެއްގެ ގޮތުގައި އުޅުއްވާ ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމާއެކު ރައްޔިތުންގެ އާދޭސްތަކުގެ އަޑު ބަންދުވިއެވެ. އިވެންފެށީ ހުޅަގުގެ މިދެއްނެވި ދެތިން ޔަހޫދީންގެ އަޑެވެ. އެންމެ ފުރަތަމަވެސް  ކުރެއްވި ހުވާ އޮޅާލައްވާ ޖެއްސެވީ ދިވެރިންގެ ކޯތާފަތް މައްޗަށެވެ. ވެރިކަމަށް ވަޑައިގެން ފުރަތަމަ އެޅުއްވި ފިޔަވަޅަކީ އިސްލާމްދީން ފިޔަވާ އެހެން ދީންތަކަށް ޖާގަދިނުމަށް ފުރުސަތު ހުޅުވާލެއްވުމެވެ.

އެއާއެކު ދެން ފެނިގެންދިޔައީ ދިވެހި ރުފިޔާގެ އަގު ވައްޓާލާ ދިވެހި ދައުވަތް ދަރުވާލަން ކުރަމުން ދިޔަ މަސައްކަތްތަކެވެ. ގައުމު ބޭރުގެ ބަޔަކަށް ވިއްކާ ހުސްކުރަންފެށި މަންޒަރެވެ. ފެންކުންފުންޏާ ދިރާގާ މަންމަގެ ފައްޓަރުބައިވެސް ވިއްކާ ހުސްކޮއްލިތަނެވެ. ބޭރުފައިސާ ހޯދުމަށް ދިގުކިއުތަށް ހަދުވަން މަޖުބޫރުކޮއް ފުލުހުންނާއި ސިފައިން ގައުމީ ވާޖިބުން ދުރުކޮއް ޑޮލަރު ފަހަންލީތަނެވެ. އިންފުލޭޝަން ދެގުނަޔަށް އުފުލިގެންދިޔަ މަންޒަރެވެ.

އެންމެ ފަހުން ވެރިކަމަށް ވަޑައިގަތް ހަޤީޤީ މަގުސަދު ފާލުކުރެއްވީއެވެ. އެއީ އިސްލާމްދީން ނޫންދީންތަކަށް ދިވެހިން ލަންބުވައި ގައުމު ބޭރުގެ ފަރާތްތަކަށް ވިއްކުމަށްފަހު ފިލާ ރައްކާވުމެވެ. ހުރިހާ ގެއްލުމަކާ ދެރައެއް ދިވެހިން އަށެވެ. މާތް މަގުސަދެއްގައި ހަވާލުކުރި ވެރިކަން ދިވެހިން ބޮލާލާޖަހާ  ގައުމުގައި " ރަސްމީ ބަޣާވާތެއް " ކުރުމެވެ.

މިއަދުވެސް އިވިގެން މިދިޔައީ ނަޝީދުގެ މަޤްސަދު ހުރިގޮތް އެ ޣައްދާރުގެ ދުލުން އެވެ. ކުރީގެ ރައީސް ނަޝީދު އާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ބަޔަކާއި ދެމެދުގައި ބޭއްވުނު ބައްދަލުވުމެގައި އައްޑޫގައި ވަކި ދައުލަތެއް ޤާއިމް ކުރަން މަސްވަރާތަށް މިވަނީ ކޮއްފައެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވުނީ ބަޣާވާތްކުރުމާ ގުޅޭގޮތުންނެވެ. އަދި ނަޝީދު ވަނީ ހަތިޔާރު ނެތި ވަކި ދައުލަތެއް ގާއިމް ނުކުރެވޭނެކަމަށް ކަމަށާ  ހަތިޔާރާ ކުލީ ސިފައިން ގެނައުމަށް އަނެއްކާވެސް ވިސްނާނޭކަމަށް ވިދާޅުވެފައެވެ. ހުރި ޣައްދާރުކަން ނިކަން ދެކިބަލާށެވެ. ގައުމިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ނެތީއެވެ. ގައުމީލޯބީގެ ހިޔާލާތެއް ނެތީއެވެ. މިވަރުގެ ޣައްދާރަކަށް ދިވެހިންނަށް ވެރިކަމެއް ކޮއްދެވިދާނޭތޯއެވެ. ދިވެހިން މި " ޝައިތޯން " އަށް ހަވާލުކުރީ ވެރިކަން ކުރުމަށެވެ. ނަމަވެސް ކުރީ ބަޣާވާތެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.