MENU

އެންމެ ރަނިކަނބާ

އެއީ އެކަހެރިކޮއް ބާކީކޮއްލި ހާއްސަ އެހީތެރިކަމަކަށް ބޭނުންވެފައިތިބި އެތަކެއް ކުދިންގެ " މަންމަ " އެވެ. އެތަކެއް ދޮށީ އުމުރުގެ އެކަނިވެރިންގެ އެކުވެރިއެކެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ އެތަކެއް ބައެއްގެ އެހީތެރިޔާއެވެ. އެއީ އެތަކެއް ރައްތިތުންގެ ލޯތްބާ އިހްތިރާމް އެ ކަނބަލަކަށް ދެވިގެންވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރީއްޔާ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް އެވެ.

ލޯތްބާއި އިހްތިރާމަކީ ގަދަބާރުން ހޯދައި ނުގަނެވޭނެ އެއްޗެއްކަން މިއަދު ވަނީ އެކަމަނާ ސާބިތުކޮއްދެއްވާފައެވެ. މާޔޫސްކަމާއި މޮޅިވެތިކަމުގައި ރަށުބަންދުގައި ތިބި އެތަކެއް ރައްޔިތުންގެ އަޑުތަށް ރާއްޖޭގެ އައިސުލްޖުމްހޫރިއްޔާ ގެ ކަންފަތްޕުޅަށް ވާސިލްކޮށްދެއްވާ އެ ރައްޔިތުންގެ މުހުތާދުތަށް ފިއްލެވުމުގައި އެކަމަނާޔަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެގެންދަވަނީ ކުރަށްވަމުންއެވެ. ރައްޔިތުންގެ އިހްސާސްތަށް އެ އިވެންޖެހޭ ކަންފަތްތަކަށް ވާސިލްކޮއްދެއްވުމުގައި ރައްޔިތުންގެ އަރިހަށް ވަޑައިގެން އެ އަޑުތަށް އެފަރާތްތަކަށް އެގެންދަވަނީ އިއްވަމުންނެވެ.

އަންހެނަކަށްވީތީ ބާކީވެ އެއްކިބާވެފައި ތިބެންޖެހުނު ނިމުމަކަށް ދެނެސްދެއްވުމަށް އެކަމަނާ އެކުރައްވާ މަސައްކަތްޕުޅަކީ އަދު ޝުކުރު ހައްޤު މަސައްކަތްތަކެކެވެ. ކަނބަލުންނަށް މުޖްތަމައުގައި ލިބެންޖެހޭ ޤަދަރާއި އިއްޒަތާއި ޝަރަފު ހޯއްދަވައި ދެއްވުމުގައި ދުއްވަމުން އެގެންދަވާ އޮޑީގެ ނިޔަމިކަން އެ ކުރަށްވަނީ ފިސާރި ކެރިހުރެއެވެ. ނަގާ ބޮޑެތި ރާޅާ ކޯޅި ގަނޑުތަކުގެ ކުރިމަތީގައި ޖެހިލިމެއްނެތި ފައިތިލަ ސާބިތު ކުރަމުންއެވެ.

އެކަހެރިކަމާ އެއްކިބާ ކުރުމުން ހިތްތަކަށް ލިބިދޭ އެކަނިވެރިކަން ދެނެގަނެ އެފަރާތްތަކަށް ލިބިދޭންޖެހޭ ލޯބާ އަޅާލުން ދުރުހިލޭ މީހެއް ބެއްލެވުމެއްނެތި ދެއްވަމުން އެގެންދަވަނީ އެކަމަނާގެ " ހުސްނުވާނެ " އޯގާތެރިކަމުގެ މުއް އޭގެ އެންމެ ފުޅާމިނަށް ހުޅުއްވާލައްވާގެނެވެ. ކޮޅެއް އިމެއް ނެތިއެވެ. ދީލަތިކަމާ ޒާހިދުކަމުގެ ފިޔައިން ބޭނުންޖެހިފައިވާ މީހުންނަށް ހިޔާ އަޅުއްވައި ދެއްވަމުންއެވެ. އެކަމަނާ އެގެންދަވަނީ ކުއް ހީތަށް ބަދަލުކޮއް ކޮންމެ މީހަކީވެސް އެމީހެއްގެ ޒާތުގައި މުޖްތަމައުއަށް ބޭނުން ހިފޭނެ ބަޔެއްކަން ސާބިތުކޮއްދެއްވަމުންނެވެ.

ފަރަހުގައި ގިނަ ރައްޔިތުންނަށް މެޑަމް ފާތުން ގެ ދީލަތިކަން " ފަޅާއެރީ " އެކަމަނާ ފަސްޓް ލޭޑިއަކަށް ވުމާއި ހަމައިން ކަމަށް ވެދާނެ އެވެ. ނަމަވެސް އެކަމަނާ ދަންނަ މީހުންނަށް މިއީ އައު ވާހަކަ އަކަށް ނުވާ ނެއެވެ. މާތް ރަސްކަލާންގެ އެކަމަނާގެ އާއިލާޔަށް ދެއްވި ތަނަވަސްކަމުގެ ފައިދާ އޭގެ އަހުލުވެރިންނަށް ފޯރުކޮއްދެއްވަމުން ގެންދެވީ އިއްޔެއަކު މިއަދަކު ނޫނެވެ. އެކަމަނާގެ ޒުވާން ދުވަސްވަރުން ފެށިގެން މެޑަމް ފާތުން އަކީ " ސާދާ " ކަމަށް ނަން ހިނގާ ކަނބަލެކެވެ.

ދަރިންގެ ރިވެތި އަހުލާގަކީ މައިންބަފައިންގެ ފަރާތުން ވާރުތަވާއެއްޗެކޭ ބުނެއެވެ. އުޅުމާ އަހުލާގަކީ މައިންބަފައިންގެ އަރިހުން ދަރިން ދަސްކުރާ ކަންކަމެވެ. ރިވެތި ތަރުބިޔަތުކުރުމަކުން ތަރުބިއްޔަތު ލިބިގަނެ މިއަދު އެކަމަނާ އެވަނީ ހަސް ފަސް ވެފައިވާ މި މުޖްތަމައުގެ އިޖްތިމާއީ ފޭރާން ވިއުމުގެ ބުރަ މަސައްކަތާއި ހަވާލުވެފައެވެ. ދިވެހިންގެ ގެއްލިގެންދިޔަ ރިވެތި ދިވެހިވަންތަ އާދަކާދަތަށް އަނބުރާ އިޔާދުކުރެއްވުމުގެ މަސައްކަތް ފައްޓަވާފައެވެ. އެކަމަނާ އެގެންދަވަނީ މުޖްތަމައުއަށް ލޯތްބާ އަޅާލުމަކީ ކޮބައިކަން ބުނެދެމުންއެވެ. އެކަކު އަނެކަކަށް އިހްތިރާމްކުރުމާ އޯގާތެރިކަމަކީ ކޮބައިކަން ދައްކަމުންއެވެ.

މެޑަމް ފާތުން އިސްނަންގަވާގެން ކުރައްވަން ފެއްޓެވި މިކަންކަމުގެ ނަތީޖާ ފެންނަން ފަށައިފިއެވެ. ރައްޔިތުންގެ މެދުގައި އެއްވައިވަންތަކަން ގާއިމް ކުރުމަށް މެޑަމް އިސްނަންގަވާގެން ކުރައްވާ މަސައްކަތްތަށް ކާމިޔާބުވާން ފަށާފިއެވެ. އެކަނިވެރިން އެމީހުންގެ މާޔޫސްކަމުގެ ސާލު މިވަނީ ނަގާފައެވެ. ކަނބަލުން މިއަދު މައިދާންތަކުގައި ވަނީ ބަސްބުނަންފަށާފައެވެ. އިސްރައްވެރިންގެ ހަރުބަސް ގައުމީ ބޮޑެތި ކަންކަމުގައި ބޭނުން ޖެހިއްޖެއެވެ. ޒުވާނުން އެއްރޫހެއްގައި ގައުމީ އަދި ފަރުދީ ޒިއްމާ އާއިގެން ހިނގަން ފަށައިފިއެވެ.

މި ހުރިހާ ކަންކަމަކާއެކު މިއަދު ރައްޔިތުން މެޑަމް ފާތުން ބައިގެންފިއެވެ. އެކަމަނާއަށް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތުން ހާއްސަ ގަދަރެއް ދެވިއްޖެ އެވެ. ދިވެހި ކޮން ދުލަކުން އެކަމަނާއަށް ޝުކުރުގެ މުތީތަށް ބަރުތީލަކުރެއެވެ. އެކަމަނާއަށްޓަކައި ހެޔޮ ދުއާތަށް ކުރެއެވެ. ސައްކެއް ނެތެވެ. މިހުރިހާ ކަމަކާއިއެކު މެޑަމް ފާތިމަތު އިބްރާހިމަކީ ދިވެހި ތާރީހުދުއް އެންމެ ރަނިކަނބާއެވެ.

 

 

 

COMMENTS: 3
  1. May 02, 2018 by ޝއނ Reply

    ޢެވަރްގެ މަހަރެހެދްޔެަެެެ ނުލްބެެނެޔެވެ

  2. May 05, 2018 by ހުސެން Reply

    ދިވެހި ރައްޔިތުންނަށް ސައުދީ ސަރުކާރުން ދިން ކަދުރު ކޮންޓެއިނަރ ފެންފޮދަކާ ނުލާ ދިރުވާލި މީހަކު ދިވެހި ރައްޔިތުންނައް އެދޭނެ ހެވެއް ނޯންނާނޭ އަޅުގަނޑު ބުނާނީ.

  3. May 13, 2018 by ޔާމީނުގެ ބުރި Reply

    ގޮރު ހަނޑާ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.