MENU

ޔާނުގެ "ރަސްރަނި ބަޤީޗާ"

އެއީ މީގެ އެތަކެއް ސަތޭކަ އަހަރެއްކުރިން ރާއްޖޭގައި ރަސްކަމާއި ރަނިކަންކުރެއްވި ބޭބޭ ފުޅުންނާއި ރަނިންގެ ރަސްކަމުގެ ކޮލިލާއުޅުނު ފަސްގަނޑެވެ. ދިވެހިރާއްޖޭގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ ރަސްމީ ގަނޑުވަރުގެ ގޮތުގައި 1919 ވަނަ އަހަރު މުހަންމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައި ގާއިމުކުރެވުނު މުލީ އާގެއާއި އިންވެގެން ގޮތަކަށް އޭރުއޮތް ކޮލިލާއުޅުނު ބިމެވެ. މިހާރުގެ ރަސްރަނި ބަގީޗާ އޮތް ސަރަހައްދު 17 ވަނަ ގަރުނުގައި ބެލެވިފައިއޮތީ މުލީ އާގޭގެ ބައެއްގެ ގޮތުގައެވެ. މި ބިމުގައި ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ވަރަށް ގިނަ ރަސްކަލުން، ރަސްކަން ކުރެއްވި ޒަމާންތަކުގައި ރަސްކަމުގެ ދަރުބާރު ހިންގާ އުޅުނެވެ.

އޭރުގެ ކޮއިލު ހުރި ބިމުގައި ހަދާފައިވާ “ސަލްޓަން ޕާކް" ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސް އަބްދުﷲ ޔާމީން އިސްނެންގެވުމުގެމަތިން ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ ހުރިހާ އުމުރުފުރައިގެ މީހުން ބޭނުންހިފޭނެ ޝައުޤުވެރިތަނަކަށް އެތަން ހެދުމަށްޓަކައި ހިންގި މަޝްރޫޢެކެވެ. ދިވެހި ސިފައިންގެ ހުނަރުވެރިކަން ފެނިގެންދާ ރަސްރަނި ބަޤީޗާ، ސަލްޓަން ޕާކަށް ބޮޑެތި ބަދަލުތަކެއް ގެނެސްދެއްވައި ހިތްގައިމުގޮތަކަށް އެތަން ބަދަލުކޮއްދެއްވީ ރަށުތެރޭގެ ހަލަބޮލި މާހައުލުން އެކަހެރިވެލައި ހިތްހަމަޖައްސައިލުމަށް ތިބޭނެ ތަންތަން މާލޭގައި މަދުކަމުން އެފަދަ ތަންތަން މާލޭގައި ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. މި ބަދަލުތަކާއެކު މުޅިން އައު ބަޤީޗާއެއްގެ ގޮތަށް ތަރައްޤީކޮށް ހުޅުވާފައި ވަނީ [ރަސްރަނި ބަގީޗާ] މި ނަމުގައެވެ. ރަސްރަނި ބަޤީޗާ ސަލްޓަން ޕާކަށް ކިޔުނު ވަކި ސަބަބެއް ރަސްމީ ސިފައެއްގައި ފާމަ ކޮއްފައި ނުވި ނަމަވެސް މި ބަޤީޗާ ހުރި ސަރަހަށްދަކީ ރަސްރަސްކަލުން އާއި އެބޭބޭފުޅުންގެ އަންބިކަނބަލުން ވަރަށް ގިނައިން ވަޑައިގެން އުޅުއްވި ސަރަހަށްދަކަށް ވުމުން އެސަރަހަށްދު ބަޤީޗާ އަކަށް ބަދަލުކޮއް ރަސްރަސްކަލުންނާއި ރަނިކަނބަލުންގެ ބަޤީޗާގެ ނުވަތަ ރަސްރަނި ބަޤީޗާ ކިނުނީކަމަށް ބެލެވެއެވެ.

ރަސްރަނި ބަގީޗާގައި ހަދާފައިވާ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ތަނަކީ، 12 ވަރަކަށް ފޫޓު އުހުގައި ހަދާފައިވާ [ރަސްރަނި ވިއު] އެވެ. ބިމުން ފެށިގެން ފަރުމާކޮށްފައިވަނީ، ދަރިވަރުންގެ އުނގެނުމާ ގުޅުންހުރި ގިނަ ބައިތަކެއް އެކުލެވޭ ގޮތަށް އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. ރަސްރަނިވިއުގެ ތެރޭގައި ކްލާސްރޫމުތަކާއި، ކުރެހުމުގެ ހުނަރު ދައްކާލުމަށް ޚާއްޞަ ކުރެވިފައިވާ އާޓް ޑެކެއްވެސް ވަނީ ގާއިމު ކޮއްދެއްވާފައެވެ. ދިވެހިންގެ ރީތި ސަޤާފަތާ އާދަކާދަތަށް ދިރުވުމުގެ ގޮތުން އެވޭލާ ޒަމާނުއްސުރެ ރާއްޖޭގައި ކުޅެމުން އަންނަ ކުޅިވަރެއްކަމަށްވާ، [ކޮރާ] ކުޅުމަށް ޚާއްޞަކޮށްފައިވާ ކޮރާ ގެއަކާއި އިހުޒަމާނުގައި ބޭނުންކޮށް އުޅުނު ފަދަ މަރިޔާދުގެއެއްވެސް މި ބަގީޗާގައި ޤާއިމުކޮށްފައެވެ.

ބޮޑެތި ހިތްގައިމު ބަދަލުތަކަކާއިއެކު ރަސްރަނި ބަގީޗާ ހުޅުވިގެންދިޔައީ   ބަގީޗާއަކުން ފެންނާނެ އެންމެ ރީތި އެންމެ ހިތްގައިމު އެއް މަންޒަރަކީ ފެހިކުލަ ކަމަށްވާތީ، ބަގީޗާއެއްގެ ފެހިކަން ފެންނާނެ ގޮތަށް ހަދާފައިވާ ގްރީން ޓަނަލަކާއި، ވާޓިކަލް ބަގީޗާއެއް ގެ އިތުރުން ދެބުރިއަށް ހުންނަ ބޮޑު ފައްވާރާއަކާއި ޓްރީ ހައުސް ބްރިޖަކާއިއެކުއެވެ. ދިވެހިރާއްޖެއަކީ އާންމުގޮތެއްގައި ހޫނު ގަދަ ތަނަކަށްވެފައި ދިވެހިންނަކީ ފިނި ގައުމުތަކަށް ދާހިތްވާ ބަޔަށްވާތީ ފިނި މޫސުން އަންނަ ޤައުމުތަކަށް އަންނަ ފިނި މޫސުމުގެ އިޙްސާސްތައް ކުރެވޭގޮތަށް ރަސްރަނީގައި ގާއިމްކުރަމުން އަންނަ “ވިންޓަރ ކޯނަރ” ހަދައި ނިމުމުން އެ އިޙްސާސްތައްވެސް ޒިޔާރަތްކުރާ މީހުންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. މިއާއިއެކު ﷲ ގެ ތަނަވަސް ރަހުމަތްފުޅުން މި އަންނަ ފިތުރު އީދު ދުވަހު މާލެއަށް ސްނޯ ފައިބާންފަށާނެއެވެ.

COMMENTS: 2
  1. April 29, 2018 by ައަލިފުޅު Reply

    ނުބައި ތަނެއްގައި ސިހުރު ވަޅުލެވިގެން ނެޓްވޯކް ބަޑި ޖައްސާލި ވާހަކަ ނުލިޔުނީ ކީއްވެ.

  2. May 01, 2018 by ފައިސަލް Reply

    ހަޖަމެއް ނުވިދޯ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.