MENU

ފަތިހުފެނޭ! ކަނބުލޮފެނޭ!

ދައްކަން މިއުޅެނީ އިސްޤީ ލޯބީގެ ވާހަކައެއް ނޫނެވެ. ރީތި ބަނިޔާދަން ކަނބަލެއްގެ ވާހަކައެއް ނޫނެވެ. ނަމަވެސް ފަތިހަށް ފެނުނު ކަނބަލެއެއްގެ ވާހަކައެވެ. ކޮންތާކުން އައި ކާކުކަމެއްވެސް ނޭގެއެވެ. ނަމަވެސް ފުރަތަމަ ނަޒަރުންވެސް އަޅުގަނޑުގެ ހިތްދަމައިގަނެފިއެވެ. ހާއްސަ ލޯތްބަކާ ގަދަރެއް އެކަނބުލޭގެއަށް ދެވުނު ކަނބަލެއް ގެވާހަކައެވެ.

އެއީ މީގެ ދެރެއެއް ކުރިއެވެ. ބޮޑުތަކުރުފާނުމަގުން މާރުކޭޓާ އަރާ ހަމަވީއެވެ. ދަންވަރުގެ ހިމޭންކަމުގެ ސާލެއްވަނީ މުޅި އެސަރަހައްދަށް ފަތުރާފައެވެ. ދުއްވަމުން ދިޔަ ސައިކަލުގެ އަޑު ފިޔަވާ އަޑެއް ބަޑެއް އެސަރަހައްދަކުން އިވެމުން ނުދެއެވެ. ނަމަވެސް ކުއްލިޔަކަށް ކަންފަތުގައި ޖެހުނީ ދެބައި އުމުރުގެ މިބުނާ ކަނބަލުގެ ހިތުގެ ގޮވުމުގެ އަޑެވެ. ދޮގެއްހަދާކަށް މަށަކުވާ ނެތީމެވެ. އެ އަޑުގައި އެއްވެސް ރީތިކަމެއް ނެތެވެ. ކުރަކި ބޮލަށް އުނދަގޫ އަޑެކެވެ. ރާގަކަށް ނޫނަސް ފައްޗަކަށް އަމުނާލި ޅެމެއްގެ އަޑެވެ.

" ގައުމަށް އައި މިނިވަން ނޫރާނީ ...... ދައުރުން މި ހަނދާންތަށް އާކުރަނީ ......... މާޒީގެ އުޖާލާ މަންޒަރުތަށް.... މާރީތި އުފާވެރި ކުރެހުންތަށް........ ދާތީ އަދު ހާމަވަނުން ކުލަތަށް......"

އިވުނީ މިހިސާބަށެވެ. ދުއްވަމުންދިޔަ ސައިކަލުގެ އަޑު އިވުނީ ތޯއްޗެކެވެ. އެކަނި މާއެކަނި އަރުވާޖަހާލާގެން އެއްއަތުން ފިހިގަނޑެއް އަނެއްއަތުން ކުނިނަގާ އެއްޗެއް ހިފާގެން ލޯކަލް މާރުކޭޓުގެ އިރު އުތުރު ކަނަށް ވާގޮތަށް މަގު ކަހަން ހުރި އެ ކަނބުލޭގެ ލަވަ ހުއްޓާލާފިއެވެ. އަހަރެމެންވެސް ދިޔަގޮތަށް ގޮސް އޮބާލާފީމުއެވެ.

1602 ވަނަ އަހަރު ރާއްޖެއަށް ޕިރާޑު ކިޔާ ސައްޔާހެއް ދަތުރެއް ކުރެއްކުރެއްވިއެވެ. އެއަށްފަހު ލިޔުއްވި ދަތުރުނާމާއެއްގައި ދިވެހިންގެ އާދަކާދަތަކާއި ބެހޭގޮތުން ލިޔުއްވާފައި ވާހަކަތަކުގެ ތެރެއިން އެއްވާހަކައެއް އޮވެއެވެ. ދިވެހި އަންހެނުން ފަތިހު އެއް ވާނަކަށް ނިކުމެ އެމީހެއްގެ ގެއާއި ވީ މަގުތަށް ކަހާ ސާފުކުރާކަމެވެ. މިހެން ގޮސް އެމީހެއްގެ ގެއާއި އިންވެގެން އޮންނަ ހުސްބިން ކަހާ ނިމޭއިރު މުޅި ރައް ސާފުވެފައި އޮންނަ ވާހަކަ އެވެ. އަދި ލިޔުއްވާފައި ވެއެވެ. މިއީ އޭނާވެސް އަލަށް ދުއް ކަމެއްގެ ގޮތުގައެވެ. ހައިރާން ކުރެއްވި ވާހަކައެއްގެ ގޮތުގައެވެ.

އެއީ މީގެ 400 އެއްހާ އަހަރު ކުރިން ދިވެހިން އުޅެމުން އައި ރިވެތި އާދަކާދަތަކެވެ. ނަމަވެސް ޒަމާނުގެ އިސްތިއުމާރީގައި ޖެހި އެންމެ ފަހުން އެފަދަ އާދަކާދަތަށްވެސް ނެތި ދިޔައީއެވެ. އެޒަމާނުގައި ދިވެހިންގެ ހިތްތަކުން ޖާގަހޯދި ދިވެހިންގެ ދިވެހި ވަންތަ އާދަކާދަތަށް މިޒަމާނުގައި ޖާގަހޯދަނީ އިސްކޫލްކުދިންގެ ފޮތްބައިންނެވެ. ފައިސާޔަށް ނޫނީ ތިމާވެށި ވެސް ސާފުކޮއްނުލެވޭ ދުވަސް އައީއެވެ. ގެޔާއި ގޭތެރެއާއީ މަގުމަތި ސާފުކުރަން " ބޮންދުން " އާއި ހަވާލުކުރެވުނު ދުވަސް އައީއެވެ.

ހިތާމަ ހުއްޓެވެ. ދިވެހިންގެ މިދެންނެވި ދިވެހިވަންތަ އާދަކާދަތަށް ދިރުވާ އާލާކުރާނެ ދެވަނަ ބައްއެއް ދިވެހިން ނޫނީ ހަމަ ނުތިބޭނެއެވެ. އެފަދަ ދިވެހިންވަންތަ އާދަކާދަތަށް ދިރުވުމަށް ކޮންމެ ފަރުދަކުވެސް މަސައްކަތް ކުރަން އެބަޖެހެއެވެ. ފަރުދީޒިންމާއެއްގެ ގޮތުގައި ދެކިގެންނެވެ. މަޖުބޫރުކަމެއް ހިތްބުރަކަމެއް ނެތިއެވެ. އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެނެވެ.

އުފާކުރުން މިއަދު ހައްޤެވެ. ދިވެހިންގެ ރީތި އާދަކާދަތަށް ދިރުވާ އާލާކުރުމަށް ރައީސް ޔާމީން ދެއްވާ އިސްކަމުގެ ތެރެއިން އަނެއްކާވެސް ފެނިގެން މިދިޔައީ މިފަދަ ރީތި މަންޒަރެކެވެ. މިހާރު ފަތިހަށް ފެނެއެވެ. ކަބުލޮމެން ފެނެއެވެ.

COMMENTS: 1
  1. September 07, 2018 by ފާތުމަތު Reply

    މިހާރު ތިފެންނަކަބުލޮ ޔަކީވެސް ފައިސާޔަށް ކުނިކަހާ ކަބުލޮއިން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.