MENU

" ފިނދު ބައްލަވާ ރައީސް "

ބައެއް ފަރާތްތަކުން އެބޭފުޅާ ސިފަކުރަނީ ޔަހޫދީން ތަމްރީނުކޮށް، ރާއްޖެއިން އިސްލާމީ ވަހުދަތު ފޮހެލުމަށް ފޮނުވި އެޖެންޓެއްގެ ގޮތުގައެވެ. އަނެއްބައި ބޭފުޅުން އެބޭފުޅާއަކީ ޒަމާނުންސުރެ ދިވެހި ތަބާވެގެން ތިބި އިސްލާމްދީނުގެ ވަހުދަތު ފޮހެލާ ހުޅަނގުގެ ގޮތްތަށް ފަތުރަން އުޅޭ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެއެވެ. އަދި ބައެއް ފަރާތްތަކުން އެބޭފުޅާއަކީ ލާދީނީ ފިކުރުތަކަށް ތަރުހީބުދޭ ދީނުގެ އަދުއްވެއްގެ ގޮތުގައިވެސް ސިފަކުރައްވާފައި ވެއެވެ. އާދެ އެއީ ގ. ކެނެރީގޭ މުހަންމަދު ނަޝީދެވެ.

ގ. ކެނެރީގޭ މުހަންމަދު ނަޝީދަކީ ދިވެހި ގައުމުދުން، ދީނާ ހިލާފު ވާހަކަތަށް އެންމެ ގިނައިން ދެއްކެވާ އެފަދަ ކަންކަމާ ފާޅުގައި ތާއީދުކުރަށްވާ، ދީނަށް ހަޖޫޖެއްސެވި ވެރިޔެކެވެ. ރާއްޖޭގެ މުޅި ތާރީހުގައިވެސް ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން 98 ވަނަ އަށް ވެރިކަން ކުރެއްވި މުހަންމަދު ނަޝީދަކީ ކޮންމެ ދިވެއްސަކީ އިސްލާމަކަށްވާން ނުޖެހޭކަމަށް ދައުވާ ކުރެއްވި ވެރިޔާ މެއެވެ.

ބަނގުރަލާ މަސްތުވާތަކެއްޗަށް ލޯބިކުރާ އަދި އޭގެ އަވައިގައި ޖެހިވަޑައިގެންފައި ހުންނެވި މުހަންމަދު ނަޝީދަކީ ފާއިތުވެދިޔަ 99 ވެރިންގެ ތެރެއިންވެސް މަސްތުވާތަކެއްޗާ އެތަކެތީގެ ވަބާގައި ދިވެހި ޒުވާނުން ޖެއްސުމަށް މަސައްކަތްކުރެއްވި ހަމައެކަނި ވެރިޔާއެވެ. އަބަދަކު އެންމެނަކު ހަނމައިގައި ތިބެން ނުޖެހޭކަމަށް ގަބޫލުކުރަށްވާ ނަޝީދަކީ މަސްތުވުމަށް ހަކުރާ އަދި އެހެނިހެންވެސް މަސްތުވާތަކެތި ބޭނުން ކުރަންޖެހޭނެކަމަށް ފާޅުގައި ގޮވާ އެކަމަށް ދައުވަތު ދެއްވި ހަމައެކަނިވެރިޔާއެވެ.

ދޮންމީހުން އުޅޭގޮތަށް އުޅެގެން ނޫނީ ސަލާމަތުގެ މަގު ލިބެން ނެތްކަމަށާއި ސަލާމަތުގެ މަގު ބޭނުންނަމަ އުޅެންވީ ދޮންމީހުން އުޅޭހެންކަމަށް ގަބޫލުކުރަށްވާ މުހަންމަދު ނަޝީދަކީ ޤުރުއާނާ ސުންނަތް ނޫން އެހެން އެއްޗެއް ބޭނުންވާކަމަށް ވިދާޅުވެ ދުނިޔޭގެ މީޑީއާގައި ދީނާ ޚިލާފު ވާހަކަދެއްކެވި ފުރަތަމަ ވެރިޔާއަށް ވާނޭކަން ކަށަވަރެވެ. އަދި ރަސޫލާ އަށް ފާޅުގައި ހަޖޫޖައްސާ މަލާމާތް ކުރެއްވި ހަމައެކަނި ވެރިޔާއެވެ.

ޔަހޫދީ ދީން ފެތުރުމަށް މަސައްކަތްކުރާ އަދި އެއްޖިންސުން ގުޅުންހިންގުމަށް ހިތްވަރުދޭ ފަރާތްތަކާ ގާތް ރަހުމަތްތެރިކަން ބާއްވާ މުހަންމަދު ނަޝީދަކީ އިސްލާމީ ޝަރީއާ ގާއިމްކުރުމާ ދެކޮޅަށް އަޑުއުފުލާ ބޭފުޅޭކެވެ. މީގެ އިތުރުން ދީނާއި ޚިލާފު އެދި ކަންކަމަށް ފާޅުގައި ތާއީދުކުރަށްވާ މުހަންމަދު ނަޝީދަކީ ކުރުއެއްޗެހިލާގެން އުޅުއްވާ ޕާޓީކުދިންގެ ފިނދު ބައްލަވާ " ފިނދު ބައްލަވާ ރައީސެވެ" .

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.