MENU

ކާޑޭޝަން އާއިލާ ރާއްޖެ އަންނަނީ ؟؟

މިއީ އިދިކޮޅު "ކޮކްޓެއިލް  އިއްތިހާދު " އަށް ހަޖަމް ކުރަން ފަސޭހަވާނޭ ވާހަކަތަކެއް ނޫނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންނާ މި ފަސްގަނޑު ބަނޑަށް ޖެއްސުމަށް އިދިކޮޅުފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވީއެވެ. ރާއްޖޭގެ އިގްތިޞޯދު ހަލާކު ކޮއް ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް އިދިކޮޅުން ކުރަމުން އައި މަސައްކަތް ނާކާމިޔާބު ވާކަމުގެ ކޮޅުމަތި ފެންނަންފަށައިފިއެވެ. ދަންނަވަންތޯއެވެ؟ ވެރިކަމާއި ނިއުމަތަކީ ކީރިތިވަންތަ ﷲ ދެއްވާ އެއްޗެކެވެ. ދުވާލަކު ދެފަހަރު އެކެއް ފެބުރުއަރީ ގެނަ ނަމަވެސް ވެރިކަން ގެންދަވާނީ ހަމަ ކީރިތިވަންތަ ﷲ އެވެ.

ދުނިޔެމަތީގައި ސުވަރުގެ ކަމަށް މަސްހޫރު ދިވެހިރާއްޖެއަކީ ހަޤީގަތުގައިވެސް އެފަދަ ދެވަނައެއް ނުވާ ރީތި މަންޒިލެކެވެ. ދުނިޔޭގެ އެހެން ރިސޯޓުތަކާއި އަޅާ ބަލާއިރު ރާއްޖޭގެ ރިސޯޓުތަށް ހާއްސަ ވެގެންދާ ސަބަބުތަކެއް އެބަހުއްޓެވެ. ކަނޑާ ފަރުތަކުގެ ރީތިކަމާ ހިތްގައިމު ގޮނޑުދޮއްތަކުގެ ރީތި ވާހަކަތަކާއި ދެވަނަ އެއް ނެތްފަދަ މެހުމާންދާރީ ގެ ވާހަކައާއި ދިވެހިންގެ ހިތްހެޔޮ ކަމުގެ ވާހަކަޔަކީ ރާއްޖެ ޒިޔާރާތްކުރާ ހަމަ ކޮންމެ ފަތުރުވެރިއެއްގެ ދުލުން ތައުރީފު އިވޭ ކަންކަމެވެ. ސާފު ވަޔާ " ދުނިޔެވީ ހަލަބޮލިކަމުން " އެއްކިބާވެފައިވާ ރާއްޖޭގެ ހިތްގައިމުކަމަކީ ހަމަ ކޮންމެ ފަތުރުވެރިއެއްގެ ހިތުން ދިވެހިރާއްޖޭގެ ރީތިކަމާ ހިތްގައިމުކަން ފޮހެލަން އުނދަގޫ ކަންކަމެވެ.

ރާއްޖޭގެ ރީތިކަމާމެދު އިތުރަށް ލިޔާކަށް ނެތީމެވެ. މާރިޗް މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިކަމުގެ ދަލީލަކަށް ފުދެއެވެ. 2018 ވަނަ އަހަރު ފެބްރުއަރީމަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިނާއި އަޅާ ބަލާއިރު މާރިޗް މަހު ރާއްޖެ ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު މިވަނީ އިތުރުވެގެން ގޮސްފައެވެ، އެގޮތުން މިއަހަރުގެ ފުރަތަމަ ތިންމަސް ނިމިގެންދިޔައިރު 17 އިންސައްތައިގެ ކުރިއެރުމެއް ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ލިބިގެން ގޮސްފައެވެ.  އެގޮތުން 2018 ވަނަ އަހަރު މާރިޗު މަހު ރާއްޖެ ޒިޔާރާއްކުރި ފަތުރުވެރިންގެ އަދަދުވަނީ އޭގެ ކުރީއަހަރު މާރިޗު މަހާ އަޅާ ބަލާއިރު 18.5 އިންސައްތާގެ ކުރިއެރުމެއް ހޯދާފައެވެ. ނިމިދިޔަ މާރިޗް މަހު އެކަނިވެސް ރާއްޖެއަށް 133466 ފަތުރުވެރިންވަނީ ޒިޔާރާތްކޮއްފައިވާއި 2018 ވަނަ އަހަރުގެ ފުރަތަމަ ތިންމަހު އެކަނިވެސް 420103 ފަތުރުވެރިން ވަނީ ޒިޔާރާތްކޮއްފައެވެ.

ރާއްޖެއައްނަ ފަތުރުވެރިންގެ ނިސްބަތް މައްޗައްދިއުމަކީ އޭގެ މަންފާ ސީދާގޮތުން ރައްޔިތުންނަށް ކުރާނެކަންމީ ކަށަވަރު ކަމެކެވެ. ރާއްޖޭގެ އިޤްތިޞޯދު ރަނގަޅުވުމުން އެކަމުގެ ނަފާ ނޭނގި ނަމަވެސް ލިބިގެންދާނީ ދިވެހި ރައްޔިތުންނަށެވެ. ފައިދާގެ އިތުރުން މުސާރައާއި ސާރވިސް ޗާޖް އަކީ ސީދާގޮތުން ރައްޔިތުންނަށް މަންފާކުރާނޭ ކަންކަމެވެ.  އެގޮތުން ރާއްޖޭގެ ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ރިސޯޓުގެ ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1,483.00 ޑޮލަރު (ގާތްގަނޑަކަށް 22،867ރ.) ދީފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މާޗު މަހު ރެކޯޓް އަދަދަކަށް ފުރަތަމަ ފަހަރަށް ސާރވިސް ޗާޖް ގެ ގޮތުގައި ދިން 1,427.91 ޑޮލަރު (ގާތްގަނޑަކަށް 22،018ރ) އާ ބަލާއިރު ތިން ޕަސެންޓުގެ ކުރިއެކުމެކެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓުގެ މުވައްޒަފުންނަށް މި އަހަރުގެ ޖެނުއަރީ މަހު ވަނީ 2,940.19 ޑޮލަރުގެ ސާވިސް ޗާޖެއް ދީފައެވެ.

މީގެ އިތުރުން ވޭތުވެދިޔަ 2017 ވަނަ އަހަރުގެ ފަހު ތިން މަހު އެކަނިވެސް ވަނީ ރާއްޖޭގައި މުޅިން އަލަށް ނުވަ ރިސޯޓެއް ހުޅިވިގެން ގޮސްފައެވެ. އަދި މިއަހަރުވެސް ރާއްޖޭގައި ރިކޯޑް އަދަދަކަށް ރިސޯޓުތަށް ތަރައްޤީކުރުމަށްވަނީ ނިންމާފައެވެ. އަނެއްކާވެސް ފަތުރުވެރިކަމަށް އެނދުތަކެއް އިތުރުވެގެން ދިޔައީއެވެ. އިތުރު ފަތުރުވެރިންތަކަކަށް ރާއްޖެ ހުޅުވާލެވުނީއެވެ.

ރާއްޖޭގައި އިއުލާންކުރެވިގެންދިޔަ 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތާއެކު ރާއްޖެއަށް ފަތުރުވެރިންއަންނަ ބައެއް ގައުމުތަކުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފައިވާ ދަނޑިވަޅެއްގައި މިފަދަބޮޑު ކުރިއެރުމެއް ލިބުންމިއީ ހެޔޮފާލެއް ކަން ކަންވަރެވެ. ގައުމުގެ އިގްތިޞޯދު ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާނެކެވެ. ގައުމުގެ ހުންގާނުގައި ހުންނެވީ ދުރުވިސްނޭ ރޯފިލާފައި ހުންނެވި ހެޔޮލަފާ ވެރިއެއްކަން ކަށަވަރެވެ.

މިވަރުންދާނަމަ ދުނިޔޭގެ މަސްހޫރު ތަރިން ރާއްޖޭގައި ބަނޑަހަގެ ޖަހާނޭކަން ކަށަވަރެވެ. ކޮންމެ އަހަރެއްގެ ސީޒަން ތެރެއާއި ދިމާކޮއް ދުނިޔޭގެ މަސްހޫރު ފަރާތްތަކުގެ އިތުރުން ސާހީ އާއިލާތަކުގެ ބޭބޭފުޅުން ހިތްފަސޭހަކޮއްލާ މަންޒިލަކަށް ރާއްޖެ ވާއިރު މަސްހޫރޫ ކާޑޭޝިއަން އާއިލާއިންވެސް ރާއްޖޭގައި ދިރިއުޅެން ފެއްޓުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

 

COMMENTS: 1
  1. April 26, 2018 by އަލީ Reply

    ޚަބަރުގަ ﷲ ގެ އިސްމު ފުޅު ލިޔެފަ މަތީގަ އޮރިޔާމުން ހުރި އަންހެނެއްގެ ފޮޓޯއެއް. ތީތާ އިސްލާހާށް މާސައްކަތް ކުރާ މިހުންނަކީ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.