ޒުވާނުންނަށް މިއީ އުންމީދީ ވެރިކަމެކެވެ. ގިނަވެ ބިއްޖެހުން ނިމުމަކަށް ގެނެސްދެއްވާ ޒުވާނުންނަށް ގިނަ ފުރުސަތު ތަކެއް ހުޅުވާލެއްވި ވެރިކަމެކެވެ. އެކަހެރިކުރި ޒުވާނުން އަތުލަފިކޮއް މިއަދު ކޮޅަށް ޖައްސުވައިފިއެވެ. ކަޓަރާ ، ލަޓިބުރި ގެ އިތުރުން ބިޑި ސުއްޓާ އަކީ ޒުވާން އަތްތަކަށް އެހާ " ސޫޓަބަލް " އެއްޗެއް ނޫންކަމާ ކޮންމެ ޒުވާނަކީ ބޭނުންތެރި ހަރުދަނާ ޤާބިލް ބައެއްކަން ދައްކުވައިދިނީ މިވެރިކަމުގައެވެ.
ރަނގަޅު ވަޒީފާއަކަށް ދާންފަށައިފީމެވެ. ގޭދޮށުގައި އުޅުނު " ޕާޓޭ " މިހާރު ހަރުދަނާވެއްޖެއެވެ. މަންޖެޔާ ހިތާވެގެން އުޅެތާ މިހާރު 4 އަހަރުވީއެވެ. ނަމަވެސް ކައިވެންޏެއް ކުރެވެންނެތީއެވެ. އިނދެގެން މަސްވެރިންޕާކު އަށި މައްޗަކަށް ނުދެވޭނެ ނޫންތޯއެވެ. މި ވެރިކަމުގައި އެއް ހުވަފެނެއް އަދި ހަޤީގަތަކަށް ނުހެދުނެވެ. އަލަތު ކައިވެނީގެ ހުވަފެނެވެ. ލޯބިވާ އަތްބަކާއި ދަރިއެއް ހުރުމަށް އެދޭ ހުވަފެނެވެ. އަލަތު ކާވެންޏާއިއެކު އުޅޭނެ އުފާވެރި ދުވަސްތަކެވެ. އަލަތު ފުލެޓް ގަނޑު ލިބޭނެ ކަމަށް ކުރެވޭ އުންމީދެވެ. ގޭދޮށު އެތަކެއް ޒުވާނުންނެއްގެ ހުވަފެންތަކުގެ ފާލަމަވެ.
ހުޅުމާލެ - މާލެ ބުރިޖުގެ މަސައްކަތަކީ ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދު ކުރައްވައިގެން ސަރުކާރުން މިހާތަނަށް ޒުވާނުންނާއި އަދި ޖުމްލަކޮން އެންމެހާ ރައްޔިތުންނަށްޓަކައި ހިންގަވާ އެންމެ ބޮޑު އެއް މަސްރުއޫއެވެ. ޗައިނާގެ، ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން އާއި ހަވާލު ކުރަށްވައިގެން އަޅާ ބުރިޖުގެ ދިގު މިނުގައި 20.3 މީޓަރު ހުންނައިރު އުސްމިނުގައި 12 މީޓަރުގެ އުސް އުޅަނދު ފަހަރު ޖެހިލުމެއް ނެތި ބްރިޖްގެ ދަށުން ދަތުރުކުރެވޭނެ އެވެ.އެންމެ ޒަމާނީ ފެންވަރަށް ހަދާ ޗައިނާ މޯލްޑިވްސް ޕްރެޑްޝިޕް ބްރިޖް މަތިން 15 މިނެޓް ތެރޭގައި 6،500 އަށްވުރެ ގިނަ މީހުންނަށް މާލެ އިން ހުޅުމާލެ އަށް ދަތުރުކޮށްލެވޭނެ އެވެ.
ހިގާމީހުންނަށް ދުއްވާމީހުންނަށް ބައިސްކަލުތަކަށް ވަކިން ހާއްސަކޮއް އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ބްރިޖުގައި ކައިވެނި ހަފްލާތަކަށްވެސް ހާއްސަކުރެވިގެން ދާނެއެވެ. މާމަމެން ކާފަމެން ވެސް ހަވީރު ފިންޔަށް " ކަޕުލްސް ގޯލް ހަދާލަން ކޮއްކޮމެން ބައިސްކަލުދުއްވާލަން ދެން ތަންކޮޅެއް ނެތިގެން ހާސްވާކަށް ނުޖެހޭނެއެވެ. އެހެންކަމުން ހާސްވަނީ ކޮންކަމަކާތޯއެވެ؟
ހާހެއްނުވަމެވެ. އޮއްދަލެއްވެސް ނުހިއްލައެވެ. "ތެޔޮލައިގެން " މިހުންނަނީ 100000 މީހުންގެ ބޯހިޔާވަހިކަ ކަށަވަރު ކޮއްދިނުމަށް ސަރުކާރުން ހިންގާ ހިޔާ މަސްރޫގެ ދަށުން 15000 ފްލެޓް އެޅި މިއަހަރުތެރޭގައި އޭގެ ހައްްުވެރިންނާއި ހަވާލުވެގެންދާއިރު " ޕާޓޭއަށް " ލިބޭ ފްލެޓް ގަނޑު ލިބެންދެނެވެ. ކުޅިސަމާ ދައްކާލާނަމެވެ. މިފަހަރު ނިޔަތްގަނެގެން މިހުރީ ހުވަފެންތަކުގެ ފާލަމުގައި ކައިވެނިކޮއް " ސުހާގުރާތު " އަލަތު ޕްލެޓްގައި ބޭއްވުމަށެވެ.
ގޭދޮށު އުޅުނު ޕާޓޭ އަށްޖޮބު ލިބުނު އިރު ކިޔަވައިގެންން
ޙުރި ކުއްޖާ ބާކީ ކޮއްލީމަ އޭތިކަޑަ އޭ ބުރޯ
ހުރިހާރަށަކައްވެސް ތަރަގީކުރަން ވާނީހަމަހަމަ ކޮއް ހުރިހާރަށެއްގްވެސް ދިވެހިރަތްޔިތުން
ޕާޓޭ ދިޔަ ޖޮބު ކިޔަވައިގެން ހުރި ކުއްޖާ ބޭނުން ނުވީމަ އެއީ ކާކުގެ މައްސަލައެއް. މަސައްކަތް ކުރަން ބޭނުންވި މީހާ އަށް ޖޮބު ލިބޭނީ