MENU

ޗުއިންގަމް ޗުއިންގަމް

" ޗުއިންގަމް ޗުއިންގަމް " މިއީ ގައިމުވެސް އަޅުގަނޑަށް އައު ޅެމެއްނޫނެވެ. އަދި މި އުމުރުގެ މީހަކަށް ގައިމުވެސް އޮޅޭނެ ޅެމެއްވެސް ނުމެ ނޫނެވެ. ކުޑައިރުގެ ފޮނި ހަނދާންތަކާއި އެކުވެފައިވާ މި ރީތި ޅެން ކުޑައިރު ކިލާހުގައި ކީޔައި އުޅުނު ހަނދާނަކީ ފޮނި ހަނދާންތަކެވެ. ނަމަވެސް މިއަދު ބޮޑުވެ އަތްފައި ހެލިލާފިއެވެ. އޭރު " ޗުއިންގަމް ޗުއިންގަމް " ކުދިންގެ ތެރޭގައި މަސްހޫރު ޅެމެއް ނަމަވެސް މިއަދު ތަފާތު ވެއްޖެއެވެ.

ހަތަރުފަރާތުން އިވެނީ ޗުއިންގަމު ހަފައި އަޑަށްވުރެ ކޮންކްރީޓު މަސައްކަތް ކުރާ އަޑެވެ. ތަރައްޤީ ގައުމުގެ ދޮރާށީގައި ޑަކިދޭ އަޑެވެ.

" ތަރައްޤީ ތަރައްޤީ "

ތަރައްޤީ ތަރައްޤީ މާލެ ތެރޭގައި ތަރައްޤީ

ތަރައްޤީ ތަރައްޤީ އަތޮޅުތެރޭގައި ތަރައްޤީ

ރަށުތެރޭގައި ރައްޔިތުން ގޮވަނީއޭ ތަރައްޤީ

އަލިފުޅުބެ  ގޮވަނީ   ތަރައްޤީ  ތަރައްޤީ

ގަންޖާބޯ   ގޮވާލަމުން ހުރެ އައްސަވަތްޕޭ

ލެވީ ކޮންކަމަކާހެ ހަޅޭ ބަލަ  ތަރައްޤީއެއް

ނިކަން ބައްލަވާށޭ އަލިފުޅުބެ ބުންޏޭ

މާލެއާއި އަތޮޅުތެރޭ  އޮތީ  ހުސް ތަރައްޤީ

ޕާކުތަކާ ހަސްޕަތާލު ތަކުގައި ތަރައްޤީ

ގާދޫކޮލާ ހުޅުލޭގައި    އޮތީ   ތަރައްޤީ

ރައްޔިތުން ހެނީއޭ އުފާވެސް ކުރަނީއޭ

ޔާނު ހުރެ  ކުރީތީ  ގައުމު  ތަރައްޤީ

ގަންޖާބޯ ސުވާލެއްކުރައްވައިފި ބާރައް

ގެނައީ ކޮންބައެއްހޭ ގައުމަށް  ތަރައްޤީ

އެކަން ކުރި ކަމަށްވީ ރައީސް ޔާމީންއޭ

ފަހުންބުނެފިއޭ ބޭނުމީ ގައުމަށް ތަރައްޤީ

 

 

 

 

 

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.