MENU

 ދީން ގަބޫލު ނުކުރާ އެމްޑީޕީ އެކްޓިވިސްޓުން

އިސްލާމް ދީނަކީ ތައުޙީދުގެ މަތީ ﷲ އެއްކައުވަންތަކަމަށް ބޯލަނބައި ކިޔަމަންވުމެވެ. އަދި ޝިރުކާއި އޭގެ އަހުލުވެރީންގެ ކިބައިން ބަރީއަވުމެވެ. މިއީ އިސްލާމް ދީނުގެ ޢާންމު ތަޢުރީފެވެ. މިއީ ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ޛިކުރުކުރައްވާފައިވާ، އަދި އެކަލޭގެފާނުގެ އަރިހުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދިލްޥައްހާބް رحمه الله އެކަލޭގެފާނުގެ "ثَلَاثَةُ الْأصُولُ" ގައި ނަޤުލު­ކުރައްވާފައިވާ ތަޢުރީފެވެ. އިސްލާމް ދީނުގެ ޢާންމު މައުނައީ  ﷲގެ އެއްކައުވަންތަކަމަށް އީމާންވުމެވެ.

ދިވެހިން އިސްލާމް ދީން ގަބޫލުކުރީ މީގެ 100 އެތަކެއް އަހަރެއް ގެ ކުރީންއެވެ. އެކި ދަރިފަސްކޮޅަށް ނިސްބަތްވެ މަސްހުނިވެފައިވާ ދަރިފަސްކޮޅަކުން އުފެދުނު ދިވެހިންނަކީ ރާއްޖެ އިސްލާމް ވުމަށްފަހު އިސްލާމްދީނުގެ މަތީގައި ފައިތިލަ ސާބިތުކޮއްގެންތިބޭ ސައްސަތިން ސައްތަ މުސްލިމުންއެވެ. ނަމަވެސް ދިވެހިންގެ އުޅުމާ ވައްޓަފާޅިއަށް މި ވޭތުވެ ދިޔަ އަހަރުތަކުގައި މިވަނީ ބޮޑެތި ބަދަލުތަކެއް އަންނަންފައެވެ.

ހުޅަނގުގެ " ފެޝަނޭ " މިކިޔާ އިސްތިއުމާރީގައި ޖެހި ދިވެހީންވެސް މިއަދު ދަނީ ނޭގި ނަމަވެސް ހަލާކުގެ ތެރެޔަށް ވެއްޓެމުންނެވެ. އިސްލާމަކަށް މެނުވީ ދިވެއްސަކަށް ނުވެވޭނެކަމަށް ދިވެހި ގާނޫނުލް އުޤޫބާތުގައި ވަރަށް ޞަރީހަ އިބާރާތުން ވަނީ ބަޔާން ކޮއްފައެވެ. ނަމަވެސް ހަޤީގަތަކީ މިއަދު ދިވެހީންގެ ތެރޭގައިވެ މުސްލިމު މައިންބަފައިންގެ އިސްލާމްދީން ޤަބޫލު ނުކުރާ " ކާފަރު " ދަރީން ތަކެއް އުޅެމުން އަންނަކަމެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގައި މަޝްހޫރު ބްލޮގާރ ހިއްލަތު ރަޝީދު އަދި ނޫސްވެރިޔާ ރިޟްވާނަކީ ދިވެހިންނަށް އައު ނަމަކަށް ނުވާނެއެވެ. ހިއްލަތަކީ މަދު ބަޔަކާއިއެކު ހެންވޭރުކޮޅުގައި ދީނީ މިނިވަންކަމަށް ގޮވާލާ މުޒާހަރާ ކުރިއިރު އެ އެއްވުމުގެ އިސްސަފުގައި ނަގާކިޔަން ހަރަކާތްތެރިވި މީހެކެވެ. ނޫސްވެރިޔާ ރިޟްވާނަކީ ވެސް ހިއްލަތެކޭ އެއްފަދައިން އެއްއިރެއްގައި ދީނީ މިނިވަންކަމަށް ގޮވާލާ ވަރަށް ވާހަކަ ދައްކާ އެފަދަ ލިޔުންތަށް ޝާއިރުކުރި ފަރާތެކެވެ.

ކުރީގެ ރައީސް ނަޝީދުގެ ޕާރސަނަލް ސެކްޓަރީ ޒިޔާދު ، ޒިޔައްޓޭ އަކީ ވެސް ދިވެހިންނަށް އައު ނަމަކަށް ގައިމުވެސް ނުވާނެއެވެ.  ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މުލީ އާގޭ ގައި ފައްޅިއެއް އަޅާ ޒިޔައްޓެ އަޅުކަން ކުރަން ހުއްޓައި ފޮޓޯތަށްވެސް ވާނީ ތިޔަ ކިޔުންތެރިންނަށް ފެނިފައި ކަން މީ ކަށަވަރު ކަމެކެވެ. ޒިޔައްޓޭ އަކީވެސް މި ލިސްޓަށް އިތުރުވާ ބޮލެކެވެ.

ޖޭއެސްސީގެ ކުރީގެ މެންބަރު “ރައީސް ނަޝީދުގެ މެންބަރު " އައިޝަތު ވެލިޒިނީ އަކީ ދާދި ފަހުން ރަސޫލެއްކަމަށް ދައުވާ ކުރަމުންއަންނަ ފަރާތެކެވެ. ދި ހޭގް ގެ ރެފިއުޖީ ކޭމްޕް އެއްގައި މިހާރު ދިރިއުޅެމުން އަންނަ ވެލިޒިނީ ދާދި ފަހުން ކަލެއް ކަމަށްވެސް ދައުވާ ކޮއްފައެވެ. ވެލިޒިނީގެ ފޭސްބުކް ލައިވް ތަކުން މިކަން އެހުރީ ހާމަވެ ފެންނަންށެވެ.

ކަން މިހެން ހުރި ނަމަވެސް މި ކޮންމެ މީހެއްގެ ވެސް ވަރަށް ހާއްސަ އެއް ސިފައެއް އޮވެއެވެ. ހިއްލަތު ، ރިޟުވާން ، ޒިޔައްޓެ އަދި ވެލިޒިނީ އަކީވެސް ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް އަދި ވެރިކަމުގައި ދަމަހައްޓަން ވަރަށް މަސައްކަތް ކުރަމުން އަންނަ 4 މީހުންނެވެ. މީގެ އިތުރުންވެސް މޮނާޒާ ނައީމުގެ ދަރީންނާއި، މުޖޫ ފަދަ ފާޅުގައި ދީނަށް ފުރައްސާރަ ކުރާ " ލާދީނީ " މީހުން ކުރީގެ " ލާދީނީ ނަޝީދަށް ތާއީދުކުރުން މިއީ އިއްތިފާގަކަށްވުން ނާދިރެވެ. ބުނާތީ އަޑު އަހަމެވެ. ލަނޑަޔާ ވާނީ ލަނޑަޔާއެވެ.

 

COMMENTS: 1
  1. April 08, 2018 by Anonymous Reply

    މުނާޒާ އެއް ނޫން........ މޮނާޒާ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.