MENU

ހެޔޮވަނީ!

ދުނިޔޭގައި މައިގަޑު އޮންނަނީ ހަތަރު މޫސުމެވެ. އެއިގެ ތެރޭގައި ހިމެނެނީ ރަބީއު މޫސުން ، ޚިޒާން މޫސުން، ބަހާރު މޫސުން، އަދި ހަރީފު މޫސުމެވެ. ނަމަވެސް ދުނިޔޭގެ އެކި ގައުމަށް މޫސުން ތަފާތެވެ. އާމުގޮތެއްގައި ރާއްޖެއަށް އަންނަނީ ދެ މޫސުމުވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. ހުޅަނގު މޫސުމުގައި އާމުކޮން ވިއްސާރަވެ ވައިގަދަވެއެވެ. އިރުވައި މޫސުމުގައި ވާރޭވެހުން މަދުވެ ހޫނުގަދަވެއެވެ. ކަން މިހެން އޮތްނަމަވެސް ބައެއްފަހަރު ކިނބޫ މޫސުމާއި ވަޅިޖަހާ މޫސުމުގެ އިތުރުން ތުއްތު ކުދިން ވިހެއުމަށްފަހު އުކި މޫސުންތަކެއް ވެސް ރާއްޖެއަށް އައެވެ. އެ ބޮޅުގެތެރެއަށް އަނެއްކާ މިވަނީ އިތުރު މޫސުމެއް އިތުރު ވެފައެވެ. އެއީ " އަގުތަށް ހެޔޮވާ މޫސުން " އެވެ.

މި މޫސުމުގެ ފުރަތަމަ ރޯޅި ޖެހިލީ ސްޓެލްކޯ އާއި ފެނަކަ އަށެވެ. މޫސުމާއެކު ކަރަންޓާ ފެނުގެ އަގުތަށްވެސް ސަރުކާރުން ވަނީ ހެޔޮކޮއްދެއްވާފައެވެ. ފެނެކައިން ކަރަންޓު ބިލަށް ނަގާ އަދަދު އަތޮޅުތެރެއާއި މާލެއާއި އެއްހަމައަކަށް ގެންނަވާ ވަރަށް ބޮޑުތަން ވަނީ ދަށްކޮށްފައެވެ. އެގޮތުން 1-100 ޔުނިޓަށް 3 ރުފިޔާއިން 1.50 ރުފިޔާ، 200-101 ޔުނިޓަށް - 3.30 އިން 1.70 ރުފިޔާ، 201-300 ޔުނިޓަށް - 3.40 އިން 2.15 ރުފިޔާ، 301-400 ޔުނިޓަށް - 3.50 އިން 2.15 ރުފިޔާ، 401-500 ޔުނިޓަށް - 5.50 އިން 4 ރުފިޔާ، ވަނީ ހެޔޮ ކޮއްދެއްވާފައެވެ. މިހާހިސާބުން މި މޫސުން ނިމުނީކީއެއް ނޫނެވެ.

މީގެ ދެއަހަރެއްކުރިން އެންމެ ބޮޑަށް ދެކެވުނު ވާހަކައަކީ ކާޑުގެ އަގު ބޮޑުވި ވާހަކައެވެ. ސަރުކާރުން އެސްޓީއޯއަށް ދެމުން އައި ކާޑްގެ ސަބްސިޑީ ކަޑާލުމާ ގުޅިގެން ހަނޑޫ ހަކުރު އަދި ފުށުގެ އަގު މައްޗަށް ޖެހިލުމަކީ ރައްޔިތުންނަށް ބޮޑު ވޭނަކަށް ވެފައިވަނިކޮން އަނެއްކާވެސް ސަރުކާރުން ރައްޔިތުންގެ އާދޭސްތަށް އެއްސެވުމަށްފަހު އަލުން މިވަނީ ކާޑުގެ އަގު ވަރަށް ބޮޑުތަން ހެޔޮ ކޮއްދެއްވާފައެވެ. އެސްޓީއޯ އިން ކާޑުގެ އަގުތަކަށް ގެނައި މި ބަދަލާއި އެކު މާދަމައިން ފެށިގެން ރީޓެއިލްކޮށް އެސްޓީއޯގެ ގުދަންތަކުން މާލެއަށް ކާޑުގެ ބާވަތްތަށް ވިއްކުމަށް ހަމަޖެހިފައިވަނީ ހަނޑޫ ކިލޯ އެއް 3.98 ލާރި ، ހަކުރު ކިލޯ އެއް 4 ރުފިއާއަށް އަދި ފުއް ކިލޯ އެއް 2.98 ރުފިއާއަށެވެ. މީގެ އިތުރުން ޒޯންތަކަށް ކާޑު ވިއްކަވާއިރު، ޓްރާންސްޕޯޓް ހޭންޑްލިންގ އަދި މިހެން ގޮސް ޕްރޮފިޓަށް ލެވޭނެ އެންމެ މަތީ އަގުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ

އެވެ. މިއީ އިންޑިއާގައި ހަނޑޫ ހަކުރު ފުއް ހައްދާ ފެކްޓްރީ ތަކުކުގައި ކިލޯ އެއް ގައްނަން ލިބޭ އަގަށްވުރެ ފަންސާސް އިންސައްތަ ހެޔޮ އަގުތަކެކެވެ.

މީގެ އިތުރުން ޕެޓްރޯލް އާއި ޑީސަލް އަދި މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ އަގުތައް ސަރުކާރުން ވަނީ ކޮންޓްރޯލް ކޮއްދެއްވާފައެވެ. މިއީ ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރ ޑރ މުއިޒް ގެންނަން ވިދާޅުވި ފިނިމޫސުމަށްވުރެ މާ " ސަޅި " މޫސުމެކެވެ. ތަރައްޤީ އަންލިމިޓެޑް ވެފައި ތަކެތީލެ އަގުތަށް ލިމިޓެޑް ވާ މޫސުމެކެވެ.

 

COMMENTS: 2
  1. April 05, 2018 by ޢަލީ ވަހީދު ޕީޕީއެމް Reply

    ރައީސް އަބްދުﷲ މީގެކުމީގެ ކުރިން ވވިދާޅުވެފައިވާނެ ތިމަންމަކުފނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ޤައުމުގެ ދަރަނި ވަނީ 33 ބިލިޔަން ރުފިޔާއަށްދަރާރުވާލާފައޮތް ދަނޑިވަޅެއްގައޭ އެހެންވީމަ ރަށްޔިތުން ތަންކޮޅެއް ހިތްދަތި ވިޔަސް މިދަނަނިއަދާކޮށްލަން އިރާދަފުޅު ކުރެއްވިއްޔާއި މިކަމުންއަރައިގަތްހާ އަވަހަކަށް ރަށްޔިތުންނައް ލުއިފަސޭހަދިރިއުޅުމެއްހޯދައިދެއްވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނަމެވެ މިކަންކަން އެއޮށްކޮށްނިންމަނީ ސުކުރިއްޔާ ރައީސް އަބްދުﷲ ޔާމީން إنشأالله 2018

  2. April 20, 2018 by ސަލާމް Reply

    ދެން އެނޑީ
    ޕީ އައްޖަހާ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.