MENU

ގެއްލުން ހުރި އެއްޗެއް ގަންނާނެއްބާ ؟

" އީ ބޭ " އޭ ބުނުމުން ނޭގޭނެ މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. ކަންފަތުލާ މުދިން ފެށިގެން ބޮޑެތި ގޭ ގެ ގަތުމަށްވެސް  ބަލާލެވޭ " އީ ފިހާރަ " އަކީ އީ ބޭ އެވެ. ގޭތެރެއަށް ބޭނުންންވާ ހިފާގެންގުޅޭ ތަކެއްޗާ މަސްމަހާ މެއްސާ ދޫނި ސޫފާސޫފި ލިބެން ހުންނަ އީބޭ ގެ ލިސްޓަށް މުޅިން އައު ތަފާތު "އައިޓަމް" އެއް މިވަނީ އިތުރުވެގެން ގޮސްފައެވެ. އާދެ އެއީ ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި " ބައު " ރައީސެކެވެ.

ރާއްޖޭގެ ރައްޔިތުންގެ ވޯޓުން ވަރަށް ފޮނި އުންމީދާއިއެކު ހޮވި ވެރިއަކަށް އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވި، ރައީސް ނަޝީދު ވާނޭ ކަން ކަށަވަރެވެ. 2007 ވަނަ އަހަރު ރައްޔިތުން ނަޝީދު ވެރިކަމުގެ ތަހުތުގައި ވެޑުވީ ފޮނި އުންމީދުތަކެއްގައެވެ. ޑޮލަރުގެ އަގު ހެޔޮކޮއްދީ ވަޒީފާތަށް ފަހިކޮއްދޭނެ ކަމުގެ އުންމީދުގައެވެ. މަސްވެރިންނާ ދަނޑުވެރިންގެ ފޮނި ހުވަފެންތަކާއެކުއެވެ. ތަކެތީގެ އަގު ހެޔޮކޮއްދީ ބޯހިޔާވަހިކަމަށް ހައްލެއް ހޯއްދަވާދެއްވާނޭ ކަމުގެ އުންމީދާއި އެކުއެވެ. ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމް މެކުހަށް ޖައްސަވާނޭ ކަމުގެ ފޮނި އުންމީދާއި އެކުއެވެ. ގައުމަށް ހެވާއި ލާބަ ލިބިދޭ ތަރައްޤީ ގެނެސްދެއްވާނޭ ކަމުގެ ހުވަފެންތަކާއިއެކުއެވެ. އިސްލާމީ ވަހުދަތު މިގައުމުގައި ރައްކާތެރިކޮއްދީ ދީންކުރިއަރުވާނޭ ކަމުގެ ޔަޤީން ކަމާއިއެކުއެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަވެސް ގޮންޖެއްސެވީ ދިވެހިންގެ ހިތްތަކުގެ ނޫރު ކަމުގައިވާ އިސްލާމް ދީނާއެވެ. ޔަހޫދީ ދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތުގައި އުޅެނިކޮން ޑީޕޯޓް ކޮއްލި ޔަހޫންދީންތަށް ދައުލަތުގެ ބައިތުލްމާލުން ހަރަދު ކޮއް ރާއްޖެ ގެނައީއެވެ. ޑޮލަރުގެ އަގު ބޮޑުކޮށް ކާބޯތަކެތީގެ އަގު އިންތިހާއަށް އުފުލާލީއެވެ. އެއާއިއެކު ނިކަމެތި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަކޮޅުވެސް ކުޑަކޮއްލީއެވެ. ދަނޑުވެރިންނާ މަސްވެރިންގެ އެދުންތަކުގައި ކޮޅުފައިންޖަހާ އެޅުނު ހައެއްކަ ފްލެޓް ވަންނާނެ ތަނެއްނެތިގެން ރޮއެ ހޭރެން ތިބި ރައްޔިތުން އެއްކައިރިކޮއް ޕާޓީ ކުދިންނަށްދީ ހުސްކޮއްލީއެވެ.

ރައްޔިތުންގެ ރުޅިވެރިކަން ކޮޅުންލީ މިހާހިސާބުންނެވެ. ﷲ ގަންދީ ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮއްދިނުމަށް ހުވާކުރި " ގަންޖާ ބޯ " ދިވެހިންނަށް ހަރާންކޯރުވީއެވެ. ރައްޔިތުން ނުކުމެ ވެރިކަމުގެ ތަހުތުން ނަޝީދު ތަޅާ ބޭރުކުރީ މިސަބަބުތަކަށް ޓަކައެވެ.

އެއާއެކު ދެން ފެނިގެން ދިޔައީ ފައިދާއެއް ނެތް ގެއްލުންހުރި ގ.ކެނެރީގޭ ނަޝީދު އީބޭގައި ވިއްކަން ޖަހާފައި އިންދައެވެ. ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ޑިމޮކްރަސީގެ ބައްޕަ ކަމަށް ދައުވާކުރާ ނަޝީދު ގައްނާނެ މީހަކު ނުވިއެވެ. ތިމާވެށީގެ އަދި ހިއުމަން ރައިޓް ޗެމްޕިއަން ކަމުގައި ދައުވާކުރާ ނަޝީދު ގައްނާނެ މީހަކު ނުވެ ކުނިވި އިރުވެސް ބުރާލާނެ މެއްސެއްވެސް ނެތީއެވެ. އަދި ކުޑަމިނުން ހެޔޮއެދޭ ހުޅަނގުގެ ޔަހޫދީން ނަޝީދު އޮތްކޮޅަށް ބޯލާ ބަލާލީ މެނޫނެވެ. ނަޝީދުކަހަލަ ހެޔޮވެރިކަމެއް ކޮއްދޭން ނޭގުނު ގެއްލުން ހުރި އެއްޗެއް ގަންނާނެ މީހަކު ނުވާނެތާއެވެ.

 

COMMENTS: 1
  1. April 04, 2018 by ާަ Reply

    އެކަމުވެސް ނަސީދު އަށް ހާދަ ތާއީދެކޭ އެެއޮތީ ހާދަމީހުންނެކޭ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.