MENU

މި ދެ ދުވަހު ނިދާލެވިއްޖެ

ގައިމަތީ އޮތް ރަޖާގަނޑު އެއްކައިރިކޮއްލުމަށްފަހު މުޅި މީހާ "އެކަތި" ވާވަރަށް މޯޅިއަކަށް ދެމިލީމެވެ. ތެދުވެ ގަޑި ބަލާލުމަށްފަހު ބޮލުގައި އަތް އެޅުނީ ބޭގަރާރު ވެގެނެވެ. އެހެރަގެން މެންދުރުން އަނބުރާ 3 ޖަހަނީއެވެ. ލިބިފައިވާ ހައިރާންކަމާއެކު އަވަސް އަރުވާލާގެން ކުޑަދޮރުން ބޭރުބަލާލީ ގަބޫލު ކުރަން ދަތިވެގެނެވެ. އެހެންޏާ އަލިވިލޭއިރު ދުއްވާ އަޑާ " މަގު ފުޅާކުރަން އަޅާ ބަރުގޮނުގެ " އަޑުފައްގަނޑާއިހުރެ މިވަރަށް ނިދާލެވުނު ދުވަހެއް ހަނދާނުގައި ނެތެވެ. ބޭރަށް ބޯދިއްކޮއްގެން އިރުކޮޅަކު އޮތުމަށްފަހު މީހަކު ނުފެނުމުން ދެލޯ ރަނގަޅަށް އުނގުޅާލުމަށްފަހުވެސް ބަލައިލާފީމެވެ. ހަމަ މީހަކު ފެންނަން ނެތީއެވެ.

ވެރިރަށް މާލޭގެ މަގުތަށް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވިޔަފާރި މުދާ އުފުލާ ގަޑިތަކަށް ރައީސް ޔާމީންގެ ސަރުކާރުން ގެނެސްފައިވާ ބޮޑު ބަދަލާއި ގުޅިގެންމަގުތަށް އަނެއްކާވެސް އަމާންވީއެވެ. ގަޑިޖެހިގެން އޮފީހަށް ދިޔަ ހުސޭނު އާއި ޖަޒޫ ވެސް މިއަދު ޓްރެފިކްގައި ޖެހެން ނުޖެހުނީ މިސަބާއި ހުރެއެވެ. މިއާއިއެކު ސްކޫލްތަށް ދޮށުން ގޮއްވާ ބަރުގޮނު ގެ އަޑާއިހުރެ ނުކިޔެވި ބޮލަށް " ތުރާ " ވެފައި ތިބި ސްކޫލް ކުދިންތަކަށް ލުޔެއް ހޯއްދައި ދެވުނީއެވެ. 30 އަހަރު ރިވެތި އަހުލާގު ދަސްކޮއްނުދެވި އޮތް މަގުތަށް 5 އަހަރުން ދުރޫސުލް އަހްލާޤް " ހަތިމް " ކުރީއެވެ. ނިދާލަން މިއޮވެވުނީ މި ސަބަބާއި ހުރެތާއެވެ.

ރައީސް ޔާމީން ގެ ސަރުކާރުން ގެންނެވި މިބަދަލާއިއެކު މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދާ އެއްތަނުން އަނެއްތަނަށް އުފުލޭނީ މާލޭގެ މަގުތަކަށް އެންމެ ބާރު ކުޑަވާ ވަގުތު އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދެވެ. މިވަރުން ފުއްފާލީ އެއް ނޫނެވެ. ރައްޔިތުންނަށް ޒަރޫރީގޮތުން ކޮންމެހެން ބޭނުންވާ ކައްކާ ގޭސް އުފުލުމުގެ ހުއްދަ ހެނދުނު 08:30 އިން 11:00 އަދި އިރުއޮއްސި 06:00 އިން ހެނދުނު 06:00 ވަނީ ދޫކޮއްދެއްވާ ރައްޔިތުންނަށް ފަސޭހަކޮއްދެއްވާފައެވެ.

ރައްޔިތުން ގެ ދޫތަކުން އަދު ރައީސް ޔާމީން ގެ ނަން ކިޔެނީ މިފަދަ ސަބަބުތަކާއި ހުރެއެވެ. ފިލާ ގައުމުން ބޭރުގައި އޮވެގެނެއް ނޫނެވެ. ކަނދި ކަމަނާ މަސް ތެލުލި ހެނެއް ނޫނެވެ. ތަރައްޤީގެ ފުރިހަމަ ކްރެޑިޓް އެ ނަންގަވަނީ ތަރައްޤީ ކޮއްދެއްވާފައެވެ. ނުކުރެވޭނޭ ނޭޅޭނޭ ބުނި އެތަށް ކޮއްދެއްވަމުންނެވެ.

 

COMMENTS: 1
  1. April 03, 2018 by Anonymous Reply

    ޢެެއީ ބެސްޓް ރައީސް . ޜައީސް ޔާމީން 2018 ޔަގީން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.