MENU

ކޮންމެ ޒުވާނެއްގެ އުންމީދެއް

ރަށު އިސްކޫލުން ކިޔަވާ ނިންމުމަށްފަހު މާލެ އައީ އިތުރަށް ކިޔެވުމަކަށް ނޫނެވެ. އިސްކޫލުންވެސް ފާސްނުވީމައި ކިޔެވުން މަތިން " ވައި " ވުމުން ރަނގަޅު ވަޒީފާގަނޑެއް ހޯދުމުގެ ނިޔަތުގައެވެ. " ލިޓްރަލީ " ގައިންބޮލުން ތާހިރުވެލާނެ އުނު އޮރޮޔާން ކޮއްލާނެ ފަދަ ނެތި މާލޭގައި ގަނަ ތެޅުމަށްފަހު އެންމެ ފަހުން ވަޒީފާއެއްވެސް ހަމަ ޖެހިއްޖެއެވެ. މާލޭގައި އާއިލާތަށް އުޅެމުން އަންނަ ނިކަމެތި ހާލު މަވެސް އަޑުއަހަމުއެވެ. ތޮއްޖެހިފައިވާ މާލޭގައި އެކަކު ބޯމަތީ އަނެކަކު ނިދުމާއި ޑިއުޓީ ބަހައިގެން ނިދާ ވާހަކަ އަކީވެސް އަޑުއަހާ ވާހަކަ އެވެ. ނަމަވެސް އެކަންތަށް ތަޖުރިބާ ކޮއްލަން ލިބުނީ އަދި ކިރިއާއެވެ.

ކޮންމެއަކަސް މާލެ އާދެވުނީތީ ރަށުގައި ތިބި ރައްޓެހިންނަށް " ބޮޑު ކަނޑާލާފައި " މޫނު އަނބުރާލިއިރު ވަންނާނެ ތަނެއް ނެތެވެ. މާލޭގައި ގާތްތިމާގެ އަދި އާއިލާގެ މީހަކު ނެތުމުން އުޅެން ޖެހުނީ " ކުދިން ބަހައްޓައިދޭ " ހާއްޔެއްގައެވެ. އޭރުގެ މުސާރައިން ކުލި ދައްކާލެވޭކަން ހަމަ ކިރިޔާއެވެ. ގިނަ ފަހަރަށް އުޅެން ޖެހުނީ އަނގައާއި އަތާއި ދިމާ ނުވެގެންނެވެ.

ދުނިޔޭގެ އަގުބޮޑެތި ސިޓީ ތަކުގެ ވާހަކަ އަހަމެވެ. އެފަދަ ސިތީތަކުގައި ބޯހިޔާވަހިކަން އަތްނުފޯރާފަށުގައި އުޅޭ ވާހަކަ އަޑުއަހަމަވެ. ތައުލީމީ ނިޒާމުން ފެށިގެން ސިއްހީ ނިޒާމަށް ދަންދެއް އެތަންތާ ސަތޭކަ ދެވެއެވެ. ބޭނުން ހުރިހާ ހިދުމަތެއް އެފަދަ ސިޓީތަކުން ލިބެން ހުރެއެވެ. އެހެން ކަމަށް ވާނަމަ އަގު " ހެޔޮވަރު " ވުން ވެސް ރަނގަޅެވެ. ނަމަވެސް އަޅުގަނޑުމެންގެ ރައްތަކުގެ " އަމާ " މާލެ އެހެން ތޯއެވެ. ބޭސްފަރުވާ އަށް ދާން ޖެހެނީ އަވައްޓެރި ގައުމުތަކަށެވެ. ތައުލީމީ ނިޒާމު ވަށާޖައްސަން އުޅެއުޅެ ދެކޮޅު ނުޖެހުނެވެ. ހިދުމައްތަށް " ލިމިޓެޑް" ވެފައެވެ. ގޭ ކުލި " އަން ލިމިޑެޓް " ވެފައެވެ.

މާލޭގައި ގެޔެއް ހުރީތީ އެ ގެ ހަދަން ލޯނު ނަގަނީ ބޮޑު އިންޓްރެސްޓަކާ އެކު ކަމީ ހުރިހާ ވާހަކަތަކެއްގެ ޖަވާބެވެ. ކުލި އަގު ބޮޑުވާ ސަބަބު ކަމަށް ގެތަކުގެ ވެރިން ބުނާ ވާހަކަ އެވެ. ނަމަވެސް އިމާރާތްގަނޑު " އިއްދައިން " ކެނޑި މިބާ ހަމަވާއިރުވެސް ލޯނަށް ނެގި ފައިސާ ދެއްކޭ ކަމަކަށް ނުވެއެވެ. ހަބުރި ހަތް ބުރިއަށް އިމާރާތް ހިއްލާލައި ކޮންމެ ބުރިއަކުން ވިހި ތިރީސްހާސް ރުފިޔާގެ ކުއްޔެއް ނަގާއިރު އެ ގެތަކުގެ ވެރިން ދިރިއުޅެމުން ގެންދަނީ އަތޮޅުތެރޭ ރަށްޔިތުން ގެ ލޭބޮއެގެން އަގުބޮޑެތި ސިޓީ ތަކުގައިއެވެ. މައިން ބަފައިން މުސްކުޅިވި ދުވަހު ނިކަން އުފަލުގައި ގެންގުޅެލާނަމޭ ހިތާ ނިޔަތްގަތް ނަމަވެސް އެ ދެމައިން މުސްކުޅިވިދުވަހު މަވެސް ބަލަން މި ޖެހުނީ ހަމަ އެދެމަފިރިންނަށް ތާއެވެ. އުންމީދުގެ އެންމެ ފަހުގެ ހުޅުކޮޅުވެސް ނިވުނީއެވެ.

15 ނޮވެންބަރ 2017 ވަނަ ދުވަހުގެ އިރު އޮއްސުނީ މިފަދަ ހިތްދަތިކަމަކާ މާޔޫސް ކަމެއްގައެވެ. ކަޅުފޮއެ އަނދިރި ކަމުގެ ތެރޭގައި ދެވޭ ނުދެވޭއެއް ނޭންގި ހިނގަބުން ދަނިކޮއް ދުރުން ، މާދުރުން "ގިންޏެއް " ކޮލުގައި އަޅާގަތެވެ. މަޑު ހިގުމެއްގައި މާޔޫސް ހިތަކައިގެން އެދިމާލަށް މިސްރާބު ޖަހައިފީމެވެ. ކައިރިޔަށް ދިޔަވަރަކަށް އުންމީދުގެ ހުޅުކޮޅެއްގެ އަލި ހުޅުދާން ކޮއްފިއެވެ. ފިސާރި "ގަޓު " ހުރި ފިރިހެނަކު ހިފަހައްޓައިގެން ހުރި އުންމީދުގެ ދަންމަރެކެވެ. ސާބިތުކަމާ ޒާހިދުކަން ފާޅުވާންހުރި ސާބިތު ވެރިއެއްކަން ކަށަވަރެވެ. " މަކަހަލަ " ޒުވާނުންނަށް މަގު ދައްކައި އަހަރެމެން ގޮވައިގެން އަމާން ބަނދަރަކަށް ގެންދާނެ ފަދަ ޝަހުސިއްޔަތެއްކަން ޔަޤީނެވެ. ބަލާކަށް ނުހުރެ ނިވިފައިވާ އުންމީދުގެ ބައްތި އަލުން އުންމީދުގެ ހުޅުކޮޅަކުން ރޯކުރުވާފީމެވެ.

15 ނޮވެންބަރ 2017 ވަނަ ދުވަހު އިފްތިތާހު ކުރެވުނު " ހިޔާ " މަސްރޫ އަކީ " މަ ކަހަލަ " ކިތަންމެ ޒުވާނެއްގެ ކަނި ވެފައިވާ އުންމީދުގެ ހުޅުކޮޅު ދިއްލި އަލިވެގެން ދިޔަ މަސްރުއޫ އެކެވެ. ރާއްޖޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށް ހިޔާވަހިކަން ހަމައެކަނި ހުޅުމާލޭގައި އަޅާ " ހިޔާ " ފްލެޓް ތަކުން ތަނަވަސް ވެގެން ދާނޭ ކަމުގެ އުންމީދާއި އެކުއެވެ. 7000  އެޕާޓްމަންޓް ހިމެނޭ އެ ހައުސިން ޓަވަރުތައް ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ 450،000 އަކަ މީޓަރުގެ ސަރަހައްދެއްގައި އަޅަން ފެށިއިރު މަސްރުއޫ އިއުލާން ކުރެވިގެން ދިޔައީވެސް 25 ބުރީގެ 16 ޓަވަރު ތަކުގެ ޝީޓް ޕައިލް ކުރަން ފެށި ހިސާބުން އެވެ.  އެހެން ކަމުން ފާއިތުވާ ކޮންމެ ދުވަހެއް ގުނަމުން މިދަނީ ޒުވާނުންގެ ސިޓީ އޮފް ހޯޕް  ގެ ފްލެޓު ގަނޑަކަށް އަކަށް ވަދެވޭނެ ދުވަހަކަށެވެ. ލޮބުވެތި ރައީސެވެ.

މިއީ ހަމަ ކޮންމެ ޒުވާނެއްގެ އުންމީދެވެ. މިރޭވެސް ނިދަން މި އެރީ ފޮނި އުންމީދުތަކެއް ދެކެމުން އުންމީދީ މާދަމައަކަށް އެދެމުންއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.