MENU

މަހުލޫފު ތިޔަ ހަލަނީ ކޯންޗެއް؟

އަނގައިގައި ގުއި ރަހަ ލީއިރުވެސް މީހަކު މުޒާހަރާއައް ނުނިކުތެވެ. މާޔޫސްކަމާއި މޮޅިވެރިކަން އިދިކޮޅު ކޯލިޝަނަށް ގެނުވީ މިހާހިސާބުން ނެވެ. އިދިކޮޅު ކޯލިޝަނުގެ ހަތަރު ވެރިން އެއްވެ މިކަމާއިމެދު މަސްވަރާތަށް ކޮޅުބުގައި ކޮއްފިއެވެ. 4 ވެރިންނައަށްވެސް އެއްބަސްވެވުނީ ކަހީނު މައުމޫނުގެ ހިޔާލެވެ. އެއާއިއެކު ސިލޯނުން އަސޭލާ އާއި ރާއްޖޭއިން ކަހިނު މައުމޫނު ބައްދަލުކޮއް މަސައްކަތް ފަށައިފިއެވެ.

ޖެހިގެން އައި ދުވަހު އަތޮޅުތެރެއިން މާލެ އައި ގަނެތީގައި 7 ކާޅު ގެނެސްފިއެވެ. އަނިޔާއެއް ނުލިބި ބޭރުފުށުން އުނިކަމެއް ނެތް 7 ކާޅެވެ. ކޮއްޓެއްގައި ބަނދުކޮއް ކާންނުދީ ތިންރޭ ތިންދުވާ ބޭންދުމަށްފަހު ކަހީނު މައުމޫނު އެންދެރިމާގޭ ގަރާޖުގައި އަކަ ކުރަހާފިއެވެ. އަދި ކޮންމެ ކަނެއްގައި ހުޅުރޯކޮއް ކިޔެވެލި ފެށިއެވެ. ކުޑަ ކާހިނު އަސޭލާ އާއި އެކު އެވެ. ގަޑިން ބާރަ ޖެހުމާއިއެކު އެއްކަލަ ހަތް ކާޅު ގެނެސް އަކަ މެދުގައި ފައި ޖެއްސުވާ ކަތިލުމަށްފަހު ލޭ ފުޅިއަކަށް އަޅާފިއެވެ.

ބޮޑު އެއްވުމުގެ ތާރީހާއިއެކު އެވެރިން އެވިދާޅުވާ " ވަރަށް ހާއްސަ ބޮނޑިބަތް " ފަރިއްކޮޅެއް އެދުވަހުގެ އެއްވުމުގެ ކުރިން އޮންނާނެކަން އިއުލާން ކުރެވިގެން ދިޔައެވެ. ހަތަރު ވެރިން އެއްވެ ބޮޑުތެލީގައި ހަނޑޫ އުދައިފިއެވެ. މަޑުގިނީގައި ރަނގަޅަށް ހިނދެން ކައިރިވުމުން ރާނބާފަތާ ފޮނިތޮށި ކާފޫރުތޮޅި އަދި ފިނިފެން އަޅާ ރަނގަޅަށް ރަހަގަނޑު ހެޔޮވަރު ކޮއްލިއެވެ. ކޮންމެ ހަނޑޫ ލާއްސަކަށް ހަކުރު ލާއްސެއް އަޅާ ހަލަން ފަށައިފިއެވެ. ކަހީނު މައުމޫނުގެ އެންގުމަށް ކާޅުލޭ ކިޔެވެލިތަށް ކިޔަވަމުން ތެއްޔަށް އޮއްސަމުން ދެއެވެ.

މީހުންގަނޑު އެއްވާ ވަރަކަށް ހަތަރު ވެރިންވެސް މަގުމަތިން ފެންނަން ޖެހޭތީ ކައިރީގައި ގެންގުޅޭ " ބޯއީ " އާއި ހަވާލުކޮއް ހަތަރުވެރިންވެސް މަގުމަށްޗަށް ނުކުމެއްޖެއެވެ. ބާރަށް ލަވަޖަހާ އަތްޖަހާ މަގުމަތީ "ޗަރުކޭސް" ފަށައިފިއެވެ. މީހަކަށް ފަހު މީހެއް ޕޯޑިއަމަށްއަރާ ގޮވުނުހާ ހުތުރު އެއްޗެއް ގޮވާނަގަނީއެވެ. ވެއްޓެނީ ކަމުގައި ބުނެ ބައިވެރިންނަށް ދަޅަ ދައްކާ ހަދަން ފެށިއެވެ. ކާޅު ލޭ އަޅާގެން މީގެ ކުރިން ކާންދިން ބޮނޑިބަތް ތަކުގެ އަސަރު ކޮންމެވެސް ވަރަކަސް ފެންނަން ފެށިއެވެ.

ކާޅަކީ ދޫނިތަކުގެ ތެރެއިން އެންމެ ހުތުރު އެންމެ ހަޔާއިކުޑަ ދޫންޖެވެ. ފަނޑިތަވެރިކަމުގައި ކާޅު ލެޔަކީ ފޮނިކާތަކެތީގެ ތެރެއަށް އަޅާ މީހުންގެ ހަޔާއި ކަނޑުވަން ބޭނުންކުރާ އެއްޗެކެވެ. އާމުކޮން ގިނަ މީހުން މަގުތަކަށް ނެރެ ހަޔާއިގޮވާ ހުތުރު ވައްތަރު ޖައްސުވުން ފަދަ ކަންކަން ކުރުމުގައި ފަނޑިތަހަދާ ކާޅުލެއާއި އެއްކޮއް ފޮނި ކާއެއްޗެހި މީހުންނަށް ކާންދެއެވެ. އެހިސާބުން އެމީހެއް ކާޅަކާ އެއްހަމަޔަށް އާދެއެވެ. ހަޔާއި ކުޑަވެ ލަދު ފިލާ ދެއެވެ.

ފޯރިގަދަވެ މަގުތަކަށް ނުކުންނަން ބެލިއިރުވެސް ބޮނޑިބަތް އެއްޗެއް ނުނެރެވުނެވެ. ހަތަރުވެރިން ބޮނޑިބަތް ތެލީގެ ހަބަރެއްބަލަން ވަތް އިރު " ބޯއީ " އެއް ނެތެވެ. ބޮނޑިބަތް އެތި ހުރީ ދުންގަނެފައެވެ. އަރާގަތް ރުޅިން އެސޮރު ހޯދަމުން ދަނިކޮށް ފެނުނީ އެތެރެގޭ އަށިމަތީ އޮއްވައެވެ. އެސޮރު ހަމަ ފެނުމާއިއެކު ހަތަރު ވެރީންނަށް އެއްފަހަރާއި ބުނެލެވުނެވެ. "ކަލޯ މަހުލޫފު ތިޔަ ހަލަނީ ކޯންޗެއް؟ "

 

 

COMMENTS: 4
  1. March 10, 2018 by އަލީ Reply

    ނެތް ތަ އޮރިޔާން ފެންނަ ޕިކް އެއް، ވަރައްބަލާހިތްވޭ

  2. March 10, 2018 by ައިލްހާމް Reply

    ތީ ވަރަށް ހުތުރު އަމަލެެއް. މީގެން މިފެންނަ މީހަކީ މަހުލޫފު ނޫންކަން ﷲ ގަންދީ ހުވާ

  3. March 10, 2018 by ޖހހ Reply

    ޚހގޔހ

  4. March 11, 2018 by ފިންޑިނގް މަހްލޫފް Reply

    ހުވާ ކުރަނީތި އެންގެ ގެންތަ؟؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.