MENU

އެލިފަ އޮތް އެތި ފެނޭތަ؟

މިއީ ވަރަށް ލަދުވެތި ކަމެކެވެ. ކޮންމެ ދުވަހަކުހެން އެތަށް ބައެއްގެ ހައްޤުތަށް ނިގުޅައިގަނެ މަގުތަށް ހިސާރުކޮއްގެން ތިބެ އެހެން މީހުންނަށް ޖައްސާ ބަލާއެކެވެ. މިވެރިންގެ ސަބަބުން ޓްރެފިކް ޖޭމްވެ ދުއްވާމީހުންނަށް ހޮރުއްޕާނެވެ. މަގުތަށް ބައްދާގެން ތިބޭ މިވެރިންނާއި ހެދި ހިނގާ މީހުންނަށް ހުރީ ތުރާލެވެ. އަޑުގަދަކޮއް ބިރަކާނުލާ މަޖާކުރާވަރުން ހިސާބުގަނޑު ގެތަކުގައި ތިބޭ މީހުންނަށް ބަލާ އެކެވެ. މިދައްކަނީ އެންމެ މީހެއްގެ " ވެރިކަން ކުރުމުގެ ހައްޤު " ހިމާޔަށް ކޮއްދިނުމަށް ނިކުންނަ މަދު މީސްކޮޅެއް ގެ ބަލާވެރިކަމުގެ ވާހަކައެވެ. އާއެކެވެ. އިދިކޮޅު ފަރާތްތަށް އެއްވެ 100 މީހުން ހަމަނުވެ ހެދި ކޯލިޝަން ގެ ވާހަކަ އެވެ.

ހުކުރު ދުވަހުގެ ރެއެވެ. ފެންވަރާ ނަލަވެގެން އެންމެ އަގުބޮޑުކޮއް ގަތް ގަމީހާ ޖިންސު ވައްޓާލާގެން ދެހާސް ރުފިޔާގެ އަގުހުރި ސެންޓުފުޅިން ފެންވަރާގެން މަންޖެ އަރުވާގެން ރައްޓެއްސެއްގެ ސައިކަލުގައި ނިކުތީ ލޯބިވެރިޔާއާއި އެކު ފިނިބުރެއް ޖަހާލުމަށެވެ. ބޮޑުތަކުރުފާނުމަގުން މަޖީދީމަގާ އަރާ ހަމަވީ ކިރިޔާއެވެ. މުސީބާތް ލައިގަތީއެވެ. ޕޫސް...... ޕޫސް........ އަޅާ ބަރުގޮނުގެ އަޑުފައްގަނޑު މުޅީ އެހިސާބު ގުގުމާފައެވެ. ފަސްވަރަކަށް މިނެޓް މަޑުކޮއް ލުމަށްފަހު އެއްގޮތަކަށް ވެސް ކުރިޔަށް ނުދެވުމުން ތެދުވެ ކުރި ބަލާލާފީމެވެ.

އަރާގަތް ރުޅީއަކުން ސައިކަލު ހޫރާލަންވެސް ހިތަށް އައެވެ. އައްޑާ ޖަހާގެން ބެރުދުންމާރި ތާޅަފިލީގައި މަގުބަންދުކޮއްގެން ތިބެ ނަށަނީއެވެ. ދެބައި އުމުރުގެ މުސްކުޅީން ލައްވާ މަގު މެދުގައި ގުންބޯ ހައްދުވަނީއެވެ. މަގުތަށް ތޮއްޖެހިފައި އޮތެއްކަމަކު މިވެރީން މަގުމެދުގައި ބޭންޖަހަނީއެވެ. އެންމެ ފަހުން ޖަހަމުންދިޔަ ލަވަ ނިމުމުން ނަށަން ތިބި ދެބައި އުމުރުގެ މުސްކުޅީން ކުޑަކޮން އެއްކާރި ވެލިއެވެ. އޭރު ލޯބިވެރިޔާ އަރުވާގެން ބާރަ ޖަހަންވާއިރަށް ދުއްވާލަން ނިކުތް މީހާގެ ސާޅިހަކަސް މިނެޓް މި ހޭދަނީ މި " ބަލާ " އެއް ގައެވެ. ކޮއްޓަމުން ނައްޓަމުން ހުރެ ކުރިޔަށް ދަމުން ނުހުރެވިގެން ނަށަން ހުރި ދައްތައެއްކައިރީ " ބަލަ މަގު ބްލޮކް ވާތަން ނުފެނޭހޭ" އަހާލީމެވެ.  އެއާއެކު " ޖަވާބުގައި އެލިފަ އޮތް އެތި ފެނޭހޭ " ބުނެ އަހަރެންގެ އަނގަ ބަންދުކޮއްލިއެވެ. ގަތް ލަދުން އަވަހަށް އެސަރަހައްދުންވެސް ހިނގައްޖައީމެވެ.

ދަރިސޮރު ރޯވަރުން ބޭރަށް ނިކުމެލީ އެސޮރަށް ރިމޯޓު ކާރެއް ގަނެދިނުމަށެވެ. ވަކި ހިސާބަކުން މަގުމެދަށް މީހުންގަޑު ޖަމާވެ އުޅޭތަން ފެނުނެވެ. އަނެއްކާވެސް މި ބަލާއެއް ޖެހުނީއެވެ. ކޮންމެ ހުކުރަކު މި ކުޅިވަރެއް ކުޅެ ދުވަހުގެ މާތްކަން އެބަ ކަނޑައެވެ. ދެވުނީ ވަކި ހިސާބަކަށެވެ. އިއްދައިން ކެނޑޭ އުމުރުގެ ދާތައަކު ހެދުން އަރުވާޖަހާގެން ހުރެ ޕޮލިހަކަށް ބަވަނީއެވެ. ދުލަސް އައިހާ " އަވަގުރާނަ " އެކެވެ. ކިޔޭ ނުކިޔޭ ދެއްކޭ ނުދެއްކޭ ވާހަކަ ނޭގިހުރެ އެންމެ ފަހުން އެ ސޮރާދިމާލަށް " ހަރާން ދަރިއެކޭ " ވެސް ބުންޏެވެ. މޫނުމަތިން ލާނެތް ހިނިތުންވުމެއް ދައްކާލުން ފިޔަވާ ރައްދެއް އެސޮރު ނުދެއެވެ. ދިވެހި ފުލުހުން ގެ ހިތްތިރިކަމާމެދު ފަހުރުވެރިވާ ހާލު އެތަނުން ދާން ހިނގާގަތީމެވެ. މޫނު އަނބުރާލަން ހިފާލިތަނުން އެއްކަލަ ދައިތަ ކުޑަކޮން ގުދުވެ " ކޯންޗެއް ހޯދަން ތެޅޭ ބައިވަރުގަނޑެއްތަ " އޭކިޔާ ބަވައިގަތެވެ. އެއްވެފައި ތިބި މީހުން ގެ ފަރާތުން ލިބުނު ތަރުހީބުން އަނެއްކާވެސް ގުދުވެ ފުލުސް މީހާގެ ލަދުވެތި ގުނަވަނަށް އިނގިލި ދިއްކޮއް އަނެއް އަތުން ފަސްބައި އަރުވާޖަހާ ހުރެ  " އެލިފައޮތް އެތި ފެނޭހޭ" ކިޔާ އެންމެންގެ ކުރިމަތީ ދަރިއެއްވަރުގެ ސޮރަކު ލަދުގަނަވާލިއެވެ.

މީގެ ކުރިން ފެނުނީ ބެރިކޭޑް ކުރިމަތީ ހަޔާތް ކުޑަ ހުތުރު ވައްތަރު ޖެއްސި އެމްޑީޕީގެ އަންހެން ވެރިންނެވެ. ނަމަވެސް މިއަދު ވަރަށް ލަދުގަނެއްޖެއެވެ. ލޮލުން ފެނި އަތުން ފިފުނީތިއެވެ. ސިޔާސީ ވުމަކީ ތިމާގެ ހުރި އަހުލާޤީ މީންގަނޑު ފަހަނައަޅައި ދިއުމެއް ނޫނެވެ. އަދި މަގުތަކު މަތީ ހުތުރު އެއްޗެހި ގޮވުމެއްވެސް ނޫނެވެ. އަދި މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް އިދިކޮޅު ހަރަކާތްތަކުގައި މަގުމަތީ އުލޭ " ވަހުޝީ އަންހެންވެރިން " ބުނާހެން އެލިފައޮތް އެތި ފެނޭތޯ އުޅުމެއްވެސް ނޫނެވެ. ތިމާގެ އާއިލާއާއި ދަރީން ގައްނާނޭ ލަދު ވިސްނާލެއްވީމުތޯއެވެ؟ މައިންބަފައިންނާއި އާއިލާ، އަވައްޓެރިންނާ ރައްޓެހި ރަހުމަތްތެރީންގެ ކުރިމަތީ ގައްނާނެ ލަދު ވިސްނާލެއްވީމުތޯއެވެ؟  އަޅުގަނޑުގެ ހިތަށް އަންނަނީ ހަމަ އެންމެ ސުވާލެކެވެ. އެވެރިން މިއުޅެނީ އެލިފައި އޮތް ކޯންޗެއް ނުފެނިގެން ތޯއެވެ؟ ވެރިކަން ވައްޓާލަން ހައްގުތަށް ހޯދައިދޭން ނުކުންނަ ބަޔަކު އެލިފައި އޮތް އެއްޗެއް ނުފެނިގެން މިއުޅެނީ ކީއްވެތޯއެވެ؟ އެލިފައި އޮތް އެއްޗެއް ބަލަން ހަމަ އެވަރަށް ބޭނުންތޯއެވެ؟

 

COMMENTS: 1
  1. March 12, 2018 by ޝާާ Reply

    ތިމަރަފުށީ މީހުންނައް ހުތުރު އަރުވަން އުޅޭ މީހެއްްތީީ މާ ގަޓުހުރި މީހަކައް ވާންވެގެން އެކަމު ތިިމާމީހާގެ އަގުވެއްޓުން ނޫން ކަމެއްނުވޭ...

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.