MENU

ނަށާ ކުއްޖާ އާއި ސައުދާގަރު ވާހަކަ

އެއް ޒަމާނެއްގައި ވަރަށް ރީތި ސަހަރެއްގައި އުޅުނު ސައުދާގަރެކެވެ. ވަރަށް ގިނަ އަނބިންނާއި ދަރީން ސައުދާގަރުގެ ތިބެއެވެ. މީގެ އިތުރުން ވަރަށް ގިނަ އަދަދަކަށް މުދާވެސް ސައުދާގަރުގެ މިލްކިއްޔާތުގައި ހުރެއެވެ. އެސަހަރުގެ ރައްޔިތުންނަށް ވަރަށް ހެޔޮ ދީލަތި ސައުދާގަރެކެވެ. މީގެ އިތުރުން ސައުދާގަރު ދިޔައީ ސަހަރަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކޮއްދެމުންނެވެ. ކެރިފޯރުންތެރިކަން ނެތް މީސްތަކުންގެ ދަރީންނަށް ކިޔަވައިދިނުމާއި ބަލިމީހުން ހަކީމުންގާތަށް ފޮނުވާ ބޭސްކޮށްދެމުދިޔައެވެ.

މިދެންނެވި ސައުދާގަރަކީ ވަރަށްގިނަ އަދަދަކަށް " ހިތްހަމަ ޖައްސާލުމަށް މަޑުކޮއްލާ " ރަށްތަށް ގިނަ މީހެކެވެ. ދުވާލު ވިޔަފާރީގެ ކަންކަމުގައި އުޅުމަށް ފަހު ބައެއްފަހަރު ސައުދާގަރުވެސް އެފަދަ ރަށްތަކަށް ހިތްހަމަޖައްސާލާ ހަށިގަނޑަށް އަރާމެއް ހޯދުމަށް ގޮސް ހަދައެވެ. އެއްދުވަހަކު ސައުދާގަރު ވިޔަފާރީގެ ކަންކަމާ އުޅެ ކުޑަކޮން ބޮލުގައި ރިއްސަން ފެށިއެވެ. އަދި ހިތްހަމަ ޖައްސާލާ ބޮލަށް ލުޔެއް ހޯދައިދިނުމަށް ސައުދާގަރުގެ ރަށްތަކުގެ ތެރެއިން ރަށަކަށް ހިނގައްޖެއެވެ. އެރަށުގެ ހާދިމުން ސައުދާގަރަށް ވަރަށް ފުރިހަމަ މެހުމާންދާރިއެއް އަދާކުރިއެވެ. އެއަށްފަހު ސައުދާގަރަށް ހާއްސަކޮން ޝިކާރަ ކުރެވިފައިވާ އެކި ބާވަތުގެ މަހާ މޭވާތަށް ސައުދާގަރުގެ ކުރިމަތީގައި އަތުރާލަދިނެވެ. ނަމަވެސް ސައުދާގަރުގެ މޫނުގެ ކުލަ ފަނޑުކަން އޭނާގެ ހާދިމުންނަށް ފާހަގަކުރެވުނެވެ.

މަޑުމަޑުން އެ ބޮޑު މާލަމުން ގުގުމަންފެށީ ފަރި ރާގަކަށް ޖަހާލި ބެރެއްގެ އަޑެކެވެ. ސައުދާގަރުގެ ނަޒަރު ހުއްޓުނީ ކުރިމަތީގައި އޮތް ބޮޑު މާލަމަށެވެ. ފަހަތަށް އެނބުރި މަޑު ހަރަކާތެއް ގެންނަމުން ރާގާ އެއްހަމައެއްގައި ފައި ހަމަކުރަމުން ދިޔަ ޒުވާން އަންހެން ކުއްޖާއަށެވެ. ފުރިހަމަ ވަނާތަކެކެވެ. ސައުދާގަރުގެ މޫނުގެ ކުލަ އަލިވެގެން ދިޔައެވެ. އެއާއެކު ނަށަމުންދިޔަ އަންހެންކުއްޖާ ފަރި ހިނގުމެއްގައި އައިސް ސައުދާގަރަށް ދިއްކޮއްލި ތައްޓާއެކު ރަކި ގޮތަކަށް އެއްލޯ މަރާލުމަށްފަހު ބެރަށް ފައިހަމަ ކުރަން ފަށައިފިއެވެ. ސައުދާގަރު ނަށާކުއްޖާ ގެނެސްދިން ތައްޓަށް ބަލާލުމަށްފަހު ތުންފަތުގެ އެއް މިޔައިން ހީލިއެވެ. އަދި އެތިކޮޅެއް ބޯލުމަށްފަހު ތަށި މޭޒުމަތީ ބެހެއްޓިއެވެ. މިހާހިސާބުން ކުޅިގަނޑު ފެށީއެވެ.

ރޭ ދެބައިވިއިރުވެސް ނަށާ ކުއްޖާގެ ޖާދޫގައި ސައުދާގަރު މަސްތުވަމުންދިޔައެވެ. ފުރިހަމަ ވަނާތަކުގެ މަސްތުގައި ސައުދާގަރު ރަނގަޅަށް ޖެހި ހައްޔަރު ވެއްޖެއެވެ. އެންމެ ފަހުން ސައުދާގަރު ތެދުވެ އޭނާއަށް ހާއްސަ ކޮޓަރިއަށް ދިޔައެވެ. އަދި ދަމުން ހާދިމެއްގެ ކަންފަތް ދޮށުގައި ވަރަށް ސިއްރުން އެއްޗެކޭ ބުންޏެވެ. ދޮރުގައި މީހަކު ޖަހާލުމަށްފަހު އެތެރެޔަށް ވަދެގެން އެހެރަ އަންނަނީ އެއްކަލަ ނަށާކުއްޖާއެވެ. ފަރި ހިނގުމެއްގައި އައިސް ސައުދާގަރުގެ ދާނުގައި އިށީނދެލިއެވެ.

ރައްޔިތުން ނިކުމެ ފެންނަމުންދިޔަ މަންޒަރަށް ހައިރާންވެފައި ބަލަން ތިއްބެވެ. އެކަކު އަނެކަކުގެ ގާތުގައި، ކުރިމަތިން އެހެރަ ފެންނަ މަންޒަރަށް ބަލަން ތިބެ، ކުދިކިޔަމުން ގެންދިޔައެވެ. ހައިރާން ނުވާންވީ ކީއްވެ ތޯއެވެ؟ ނަށާކުއްޖާ ދިރިއުޅޭ ގެ އެޔޮއްގެން ފުރިހަމަ ރީތި ގެޔަކަށް ހަދަމުން ގެންދަނީއެވެ. ޖިފުޓިގަނޑެއްހެން ހުރި އެ ގެ މިހާރު ހީވަނީ ވަޒީރެއްގެ ގަނޑުވަރެއް ހެންނެވެ. ބޮޑާކަމާއެކު ނަށާ ކުއްޖާ އޭނާގެ ރަށުގައި ހުރި އެ ބޮޑުގޭގައި މިހާރު އުޅެމުން އެދަނީ ތަނަވަސް ދިރިއުޅުމެކެވެ.

ހީފުޅުތިޔަ ކުރެއްވީ ރަނގަޅަށެވެ. ސައުދާގަރު ހަމަ ރަނގަޅަށްވެސް ނަށާ ކުއްޖާގެ ޖާދޫގައި ޖެހުނީއެވެ. ނަށާ ކުއްޖާއަށްޓަކައި އޭނާގެ ގެ ހުރިތަނުގައި ގަނޑުވަރެއްވެސް އަޅައިދިނީއެވެ. އަދި އެކުއްޖާގެ ނަންމަތީ " މަސްޖިދުލް އައިޝާ " ގެ ނަމުގައި ވަރަށް ވެސް ރީތި މިސްކިތެއް ބިނާކުރިއެވެ. ނަށާ ކުއްޖާ ދެކެވާ ލޯބީގެ ރަމްޒެއްގެ ގޮތުންނެވެ. މާގިނަ ދުވަސްތަކެއްނުވެ ދެން އިވިގެން ދިޔައީ ނަށާކުއްޖާއާއި ސައުދާގަރުގެ ކައިވެނީގެ ވާހަކައެވެ.

ހަތަރު އަނބީންގެ މެދުގައި މައްސަލަ ޖެހެންފެށި ހިސާބަކީ މިއީއެވެ. ނަށާކުއްޖާގެ މަކަރުވެރިކަން ފެންނަންފެށި ހިސާބަކީ މިއީއެވެ. ސައުދާގަރުގެ މުދާތަކުގެ ދަހިވެތިކަމުގައި ނަށާކުއްޖާ ސައުދާގަރަށް ގިނަ ކުދިންތަކެއް ހޯދާ ސައުދާގަރުގެ މުދާތަށް އެކުދިންގެ ނަންމަށްޗަށް މަކަރުވެރިކަމުން ބަދަލުކުރިއެވެ. އަދި ސައުދާގަރު ކައިރިން ވަރިވިއެވެ. އަދި ސައުދާގަރުގެ ގަނޑުވަރުގައި ކާތިބެއްގެ ވަޒީފާގައި އުޅުނު މީހަކާއި އެކު ނަށަކުއްޖާ ދިޔައެވެ. މިކަމާއި ސައުދާގަރު ވަރަށް ދެރަވެ ކަންބޮޑުވިއެވެ. އަދި ވަރަށް ބޮޑަށް ބަލިވިއެވެ.

ނޯޓް: މިއީ ރާއްޖޭގައި ހިނގާފައިވާ ހާދިސާއެކެވެ. މިވާހަކާގައި ސައުދާގަރަކީ އެންމެން ދަންނަ ޤާސިމް އިބްރާހީމެވެ. އަދި ނަށާކުއްޖާއަކީ ހޯރަފުށީ އައިޝާ އެވެ.

COMMENTS: 16
 1. March 05, 2018 by ޙަސީން Reply

  ގާސިމް ރަނގަޅުދޯ އެހެންވީމަ، އެމަންޖެ ލަނޑުދިނީ؟ ރާއްޖޭގަ ވަރަށްގިނަ ތިކަން

 2. March 05, 2018 by ޢަބްދުﷲ Reply

  މީހުންގެ ޒާތީ ކަންކަމަށް އެރުމަކީ ދެރަކަމެއް! ސިޔާސީ ވިޔަސް ބޮޑުވަރު ތީ

 3. March 06, 2018 by ފޫހިގަނޑު Reply

  މީ ވަރަށް ދަށު ދަރަޖައިގެ ލިޔުމެއް. ގާސިމަކީ ސިޔާސީ މީހަކަށް ނުވިނަމަ ތިވާހަކައެއް ކަލޭމެން ތިގޮތަށް ނުފަތުރާނެ.

 4. March 06, 2018 by 817 Reply

  މިކަމާއި ބުނެލާނީ މިފަދަކަންކަމަށް ޖަޒާދެއްވާ ފަރާތުން ދެއްވާނެ، އެކަމަކު މި ފަދަ ލިޔުން ލިޔެ އިތުރަށް މިވާހަކަ ދެއްކުމަކީ ޣީބަ ބުނުމޭ! މިލިޔާ މީހަކަށް އެނގޭތަ ޣީބަ އަކީ ކޮބައިކަން؟ ކީކޭ ބުނެލާނީ؟

 5. March 06, 2018 by މެކްސް Reply

  ތިހަމަ ހަގީގީ ވާހަކަ އެއް ސައުދާގަރު ހިއްތިރި

 6. March 06, 2018 by Anonymous Reply

  މީހުުންގެ ޒާތީ ކަންތައްތަކަށް ބެހުމާއި މީހުންގެ އަބުރު ކަތިލަމުން ތިދުވަނީ ތި ވަރަށް ފިނޑިން ކުރާ ކަމެއް.މި ލިޔުނު މީހާ އެރީ ކިތައް މީހުންގެ ފިރިންގެ ނޫނީ އަނބިންގެ ގަޔަށް ކަމެއް ނޭނގެ.ހަމަ ހަސަދަ ވެރި ވާތީ ތި އުޅެނީ.ރަނގަޅަށް ބަލަާ އިރު ކަލޭ ވެސް ހުންނާނީ ގާސިމް ގެ އެހީ ލިބިފަ.ތިކަހަލަ އެއްގަމު ކަމެއްނެތް އެއްތެހި ްުޅޭނީ ތިހެން.

 7. March 06, 2018 by ޙ. ޙަބީބު Reply

  ތީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ވަގުތު މީހުން އަމިއްލައައް ހަލާކު ވަނީ

 8. March 06, 2018 by ހެޔޮބަސް Reply

  އެފާފަޔަކުން އޭނާގެ އަޚާ ތައުބާ ވެފައިވާ ފާފައެއް އެއަޚާ އަށް ނިސްބަތް ކޮށްފިމީހާ އެފަދަ ފާފާއަކުން އިމްތިޙާނު ނުކުރެވި ނުދާނެ އެވެ...

 9. March 06, 2018 by ވަހީދު Reply

  މިވަރަށް ކިޔަން އެގޭނީ ސިއްރުވެރިއަކަށް

 10. March 07, 2018 by ހޯރަފުށި Reply

  މި ސިޔާސީއެއްނޫން ކަން ހިނގިގޮޔް.. ރ.ތެދު ލިއުމެއް

 11. March 07, 2018 by ބޯހަލާކު Reply

  ޢަހުލާގެއްނެތް މީހަކު ލިޔެފަވާއެއްޗެއް

 12. March 07, 2018 by ަާަަާާްޮއަދުރޭ Reply

  ވަރަށް ދަށުދަރަޖައިގެ ލިއުމެއް

 13. March 09, 2018 by ރައްޔަތު މީހާ Reply

  ކައްޕި އައް ދިމާވި ކަމެއްނަމަ މިހާރު ތިނަށާ ކުއްޖާ ދުނިޔެއަކު ނުހުންނާނެ ކަން ކަށަވަރު

 14. March 09, 2018 by ކަޒިން އޮފް ކްއީން Reply

  ކަލޭމެން ތި ހާދަ ގޮތެއް ފޮތެއް ނެތް ބައެކޭ...ގާސިމަށް ދެވީވެސް ގަދަ ކަމުން ކަން ކަޭމެނަށް ނޭނގެނީތަ.ބިތުފަންގި މީ ކޮންބައެއް ހިންގާ ޕޭޖެއްތަ.މައްސަލަ ކޯރޓަށް ވައްދައިފިއްޔާ މި ލިޔުނު މީހާ ކުއްވެރި ވާނެ.އަބުރުގެ ދައުވާ ކުރާނަން މި ލިޔުނު މީހަ ގޮވައިގެން.

 15. March 09, 2018 by ހޯރަފުށިން Reply

  މިއީ ދޮގު ލިޔުމެއް. ޢައިޝާ އާއި ޤާސިމް އިދެގެން އަދިވެސް އުޅެނީ.

 16. March 09, 2018 by ޝަމިއްޔަޙ Reply

  Reply
  މީހުންގެ ޒާތީ ކަންކަމަށް އެރުމަކީ ދެރަކަމެއް! ސިޔާސީ ވިޔަސް ބޮޑުވަރު ތީ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.