MENU

ބަރު ހަތިޔާރާއިއެކު ދިވެހި ފުލުހުން

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވީންސުރެ އިދިކޮޅު ޕާޓީތަކުން ގެންދިޔައީ ކޮންމެ ދުވަހަކުހެން ސިޔާސީ ހަރަކާތެއް ހިންގަމުންނެވެ. މަގުމަތި ހަލަބޮލިކޮއް އާމުންނަށް ޖެއްސުންކުރުމުގެ ފޯވަހި ފޯވަހި ތަށް ދިޔައީ އަންނަމުންނެވެ. ދުވާލު ގަޑީގައި ދުއްވާ މީހުންނަށް ހުރި " ބަލާ " އެކެވެ. ރޭ ވެއްޖެއްޔާ ނިދަން " ބަލާ " އެކެވެ. އިދިކޮޅު ފަރާތްތަކުން ދިޔައީ އަޑުގަދަ ކުރާއާއި ބެރުދުންމާރި ތާޅަފިލި ބޭނުންކޮއްގެން އަޑުގަދަކޮއް އަމަން ނަގާލާ ރައްޔިތުންގެ މުދަލާ ގޯތި ގެދޮރަށް ގެއްލުން ދެމުންނެވެ.

ރައްޔިތުންނާއި އެބައި މީހުންގެ މުދައު ސަލާމަތްކުރުމަށް ދިވެހި ފުލުހުން ބޭނުންކުރަނީ މަދު ހަތިޔާރެކެވެ. ތެދެއް ބުނާނަމަ ހަތިޔާރަކަށް ވާކަހަލަ ހަތިޔާރެއް ފުލުހުންނެއް ނުގެންގުޅެއެވެ. ބިޑިއާއި މުގުރުބުރީގެ އިތުރުން ޕެޕާރ ސްޕްރޭ އާއި ޓިއަރ ގޭސް ފިޔަވާ ފުލުހުން ކިތަންމެ ބޮޑު ހަމަނުޖެހުމެއް ކޮންޓްރޯލްކުރުމަށް އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުން ކުރުމުގެ ހުއްދައެއް ގާނޫނުން ލިއްބައިދީފައެއް ނުވެއެވެ.

ރާއްޖެއިންބޭރުގެ މީޑިއާތަކާ ގައުމުތަކުގެ ވެރިންގެ ސަމާލުކަން ހޯދުމަށް ފޮޓޮއެއް ނަގާލުމަކީ އިދިކޮޅު ފަރާތްތަކުން ކޮންމެ މުޒާހަރާއަކާއި އެއްވުމެއްގައި ކުރަން ޖެހޭ ކަމެކެވެ. ކިތަންމެ ކުޑަ ކަމެއްވެސް ބޮޑުކޮއްލައިގެން ފަރަންޖީއެއްގެ މޮޅު ޓްވިޓެއް ނޫނީ ހަބަރެއްގައި ޖަހާނުލާ ހިތްހަމައެއް ނުޖެހެއެވެ. ބޭނުމަކީވެސް އެއީއެވެ. އެހީތެރިކަމާ އެއްބާރުލުންލިބޭ ހުޅަނގުގެ ޔަހޫދީން ހިތްހަމަޖައްސައި ދިނުމެވެ.

" ލެކްރިމޭޓާރ އޭޖެންޓް " އަކީ ދިވެހި ފުލުހުން އާމުގޮތެއްގައި މުޒާހަރާތަކާއި އެއްވުންތަށް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ހަތިޔާރެވެ. ލެކްރިމޭޓާރ އޭޖެންޓް އަކީ އެއްވުންތަކާ ހަމަނުޖެހުންތަކުގެ އިތުރުން އަމިއްލަ ރައްކަލަކަށް އަތައް ހެޔޮވަރު ކުޑަ ފުޅިއެއްގައި ގޭހާއި ކެޕްސިކަމް ގެ ދިލަ އާއިއެކު ބާރު ސްޕީޑްގައި ދުރަށް ފޮނުވާލެވޭގޮތަށް ޕްރެޝާރގައި ބަންދުކޮއްފައި ހުންނަ ކެޕްސިކަމް ދިލަ އެވެ.

ލޯ ހުޅުވުމަށް އުނދަގޫވުމާއީ، ދިލަނެގުމުގެ އިތުރުން ތަންތަން ބެލުމަށް ދަތިވާގޮތަށް ތައްޔާރުކޮއްފައި ހުންނަ ޕެޕާރ ސްޕްރޭ އަކީ އޭގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިނުވާނެހެން ތައްޔާރުކޮއްފައި ހުންނަ ސްފްރޭއެކެވެ. އޭގެ އަސަރު އަމިއްލަޔަށް ނެތިދާގޮތަށް ތައްޔާރުކޮއްފައި ހުންނަ ސްޕްރޭ އެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފުރާނަޔަށް ނުރައްކާވާފަދަ ހާލަތެއް ޕެޕަރ ސްޕްރޭގެ ސަބަބުން ދުނިޔޭގައިވެސް ދިމާވެފައި ހުރީ މަދު ފަހަރެއްގައެވެ.

އެހެންކަމުން އިދިކޮޅު ފަރާތްތަކުން އެބުނާ ބީދައިން ފުލުހުންނާ އިދިކޮޅު މުޒާހަރާތަށް ރޫޅަލުމަށް ބޭނުންކުރާ ބޮޑެތި ޓޭކްކަރުތަކާ ބަޑިތަކާ ވައިގެ އުޅަނދުތަކުގެ ހަޤީގަތް ހާމަވެގެން ހިގައްޖެއެވެ. ދިވެހިންނަށް ޕެޕާރ ސްޕްރޭ އަކީ އައު އެއްޗެއް ނަމަވެސް ފޮޓޯތަށް ފޮނުވާ ހުޅަގުގެ ޔަހޫދީންނަށް ޕެޕަރ ސްޕްރޭ އަކީ ކޯންޗެއްކަން އެނގެއެވެ. އެހެންކަމުން އަދި މިރުސްދުންކޮޅެއް އެޅިގެން ފުރާނަޔަށް ނުރާއްކާވާކަމަށް ދައްކަން އަވައްޓެރި ގައުމުތަކުން ފަރުވާ ހޯދިޔަސް ދިވެހިންނަށް ހަޤީގަތެއް އޮޅުވައެއް ނުލެވޭނެއެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.