MENU

މައުމޫނާ އާބިދާގެ ސިއްރު ލޯބި

އެއީ ރައީސެކެވެ. ނަމަވެސް އޭގެ ކުރިން ހަމަ މާލޭގައި އުޅުނު ސޮރެކެވެ. ކާމިނީގޭ މައުމޫނެވެ. ފުދުންތެރި އާއިލާޔަކުން އައި ސޮރަކަށްވާތީ އޭރުގެ އާމުންނާއި ހިލާފަށް އުޅެމުން އައި ވައްޓަފާޅިވެސް ތަފާތެވެ. އުޅެމުންއައީ ކުޑަކޮން " ގައްޑާ " ވެލާފައެވެ. މިދެންނެވީ ނުބައި އަރުވަން އުޅުނު ވާހަކައެއް ނޫނެވެ. އެއްފުރާގެ ކުދިންތަކުގެ ތެރޭގައާއި މަދަރުސާގައިވެސް މައުމޫނުގެ ބަސް ގަދަވަން ޖެހޭނެ އުސޫލު ގެންގުޅުނީއެވެ.

މިސްރުން ކިޔަވާގެން 1970 ވަނަ އަހަރު މާލެ އައިރު މައުމޫނަކީ އޭރުގެ ދިވެހިންނާ ހިލާފަށް އެޒަމާނުގައި ޒަމާނީ ބޭފުޅެކެވެ. މާލޭގެ ކޮންމެ ޒުވާން އަންހެން ކުއްޖެއްގެ ހޮވުމަކަށް ވެފައިވާ ޒުވާނެކެވެ. އަނެއްކޮޅުން މައުމޫނަކީ ޒުވާން ފުރާގައި ވަރަށް ބިޓިން މީހެކެވެ. ސިއްރުން ގިނަ ލޯބިވެރިން ގެންގުޅުނު މީހެކެވެ. 1978 ވަނަ އަހަރު ވެރިކަމަށް އައުމުގެ ކުރީން ޓްރާންޕޯޓް މިނިސްޓަރ ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން އަދާކުރެއްވި އިރުވެސް މާލޭގައި ނަންހިނގާ ރީތި ޒުވާން އެތަކެއް އަންހެން ކުދިން " ޗިކުން " ގެ  ގޮތުގައި ގެންގުޅުނު މީހެކެވެ.

އާބިދާ އަކީ އެޒަމާނުގައި ރީތި ޒުވާން ކުއްޖެކެވެ. މާލޭގެ ޒުވާން ގިނަ ފިރިހެނުންގެ ހިތަތަށް ފަތަހަ ކުރަމުން އައި ޗިކެކެވެ. އޭރު އާބިދާ އުޅުނީ މާލޭގެ ބާރުގަދަ ނަންހިނގާ ކެރަފާގޭ ސައްތާރާ ހިތާވެގެންނެވެ. މައުމޫނު ރާއްޖެ އައުމާއެކު އާބިދާގެ ލޮލުގައިވެސް މައުމޫނު އަޅައިގަތެވެ. ނަމަވެސް ސައްތާރަކީ އޭރު މާލޭގެ ބޭފުޅު އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވެފައި މައުމޫނަކީވެސް ބޭފުޅު އާއިލާޔަށް ނިސްބައިވާ މީހެއްކަމުން މައުމޫނަށް އާބިދާކައިޔަށް ޖެއްސޭނެ ގޮތެއް ނުވިއެވެ. އަނެއްކޮޅުން އޭރުވެސް އެންދެރިމާގޭ އައްބާސްއާއި އާބިދާގެ ލޯބީގެ ސިއްރު ކުޅިގަނޑު އޮތީ މާލެތެރެޔަށް ފަލީހަތްވެފައެވެ. ނަސްރީނާގެ ބޭބެ ޖެއްސި ޗިކެއް ކައިރިޔަށް ޖައްސާން ނުކެރި ހުރެ ނަމަވެސް އެންމެ ފަހުން މައުމޫނު މަސައްކަތަށް ނިޔަތްގަތެވެ.

މައުމޫނަށް ކަނދުކަނބައިދޭ ރައްޓެހިންގެ އެހީގައި އާބިދާ ސެޓް ކުރުމުގެ މަސައްކަތް ވަގުވަގައް ފެށިއެވެ. އޭރު މައުމޫނަށް ނަސްރީނާފެނި އުޅުނީ ހިތާވެގެންނެވެ. ދެއާއިލާގެ ރުހުމާއި އެކުއެވެ.  މައުމޫނުގެ ފޮނުވާ ކަނދުފަތި އާބިދާގެ ގޮނޑުދޮށަށް ބީއްސުމުން ކާއްޓާ ފެނާ ބިލަތް އަރުވާ ބަރުކޮއް މައުމޫނަށް ފޮނުވައެވެ. ސިއްރުން މަދުމަދުންނެވެ. މަދުމަދުން މާލޭގެ އެކަހެރި ތަންތަނުން ބައްދަލުކޮއް ހެދިއެވެ.

ހަސަދަވެރިންގެ ނުބައިކަމުން އެއްކިބާވެ ހަމަ އެންމެ ނޭވާއެއްވެސް ދުނިޔެއަށް ލުމީ އުނދަގޫ ކަމެކެވެ. އެގޮތުން މައުމޫނާއި އާބިދާގެ ސިއްރު ލޯބީގެ ކުޅިގަނޑު ސައްތާރާ ހަމަޔަށް ދާކަށް މާގިނަ މަސްތަކެއް ނުނަގައެވެ. މައުމޫނު މަށައް މަށައް ގޮވަގޮވާ ތިބި ޒުވާން ޖިންސުންލަތީފުނަށް ވަގަށް އިންދާ ހައްދަމުންދިޔަ ލޯބީގެ މާބަގީޗާ ގައި ފޮޅެންފެށި މާތަކުގެ ވަސް ނޯށުގައި ހަމަ ޖެހުމާއެކު ސައްތާރުގެ ކަންފަތާ ހަމަޔަށް ގޮސްފިއެވެ.

މައްސަލަތަށް ޖެހެންފެށި ހިސާބަކީ މިއީއެވެ. ސިއްރުން އިންދާ ހައްދަމުން އައި ލޯބީގެ މާގަސްތަށް ދޫކޮއްލަން ޖެހުނީއެވެ. ސައްތާރު މައުމޫނުއާއި ބައްދަލުކޮއް މިވާހަކަތަށް ދެއްކުމުން " ތިމަންނަޔާހެދި އާބިދާ އުޅެއޭ ބައެއް ރައްޓެހިން ކިޔާ އަޑު އިވެއޭ" ބުނެ ކުރުކޮއްލި އެވެ. ސައްތާރުގެ ރުޅިގަނޑު ދެން ބޭލީ އާބިދާއަށެވެ. ނަމަވެސް އާބިދާއަކީ ކެރޭ ހުށިޔާރު ޒުވާނެއްކަމުން ވަގުތުން އެވާހަކަ ދޮގުކޮއް މައުމޫނު ފޮނުވި ސިޓިތަކާ ހަދިޔާތައް ސައްތާރަށްދައްކާ ސައްތާރު ރުޅިއަތުވެދާނެތީ އެވާހަކަ ދައްކަން ނުކެރިފައި ހުރިކަމަށް ބުންނެވެ. ހުޅުގަނޑަށް ދަރުއަޅާ ގިނި ބޮޑުކޮއްލަދިނެވެ.

ޒަމާނުންސުރެ އިވެމުން އައި ވާހަކަތަކުގެ އަސްލަކީ މިއީއެވެ. ކެރަފާ އާއިލާއިން މައުމޫނު ވެރިކަމުގައި ބެހެއްޓުމަށް ދެކޮލުހަދާ ވެރިކަން ބަދަލު ކުރުމަށް މަސައްކަތްކުރި ސަބަބަކީ މިއީއެވެ. ކެރެފާ އާއިލާއިން ވެރިކަމާ ތޮޅެނީވެސް މިސަބަބާހުރެއެވެ. މީ އަހަރެމެންނަސް ނޭގި އޮތަށް މައުމޫނުގެ ވަރަށް ގާތް މީހަކު އަޅުގަނޑަށް ކިޔާދީފައި އޮތް އެވާހަކަތަށް ކިޔާދިންގޮތަށް ލިޔެފައިވާ ހަޤީޤީ ހާދިސާއެކެވެ.

 

COMMENTS: 4
  1. March 03, 2018 by ނަޖޫ Reply

    މައު ހާދަ ބިޓިން އޭ

  2. March 04, 2018 by Anonymous Reply

    މައުމޫޫޫނު އާ ގުޅޭކަށް ނަސްރީނާ ގެެ އާއިލާ ގަބޫލެެއް ނޫން..... ސައްހަ މައުލޫމާތް ފޫރުކޮޮށް ދިނުން އެދެން....

  3. March 04, 2018 by ދިރާސާ Reply

    މައުމޫން ނަސްރީނާ އާ އިނީ 1969 ވަނަ އަހަރު.
    ނސީދު އުފަންވީ 1967 ގަ.

  4. March 06, 2018 by Anonymous Reply

    ހިޔާލީ ފލސފ
    ރަނގަޅު ލިޔުންތައް، މައުމޫނާއި ހުސްގަޔާ އާބިދާގެ ރަންކޮޅެއް މަދީ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.