MENU

މިއޮތް ކުޑަ ރާއްޖެ އަރާ އެއޮތް ބޮޑު އިންޑިއާ ތިނެއް ސުމަކުން ބަލިކޮއްފި

ކުޑަ ގައުމެކެވެ.  އަމިއްލަ އަށް ފުދިގެން އުޅޭ ގައުމެކެވެ. މީސްކޮޅު މަދު ގައުމެކެވެ. ބޮޑު ހިތްތަކެއްގެ ވެރި ބައެކެވެ.  ބިމާ ވަސީލަތްތައްވެސް މަދު ނަމަވެސް ނިއުމަތްތަކުން ފުރިފައިވާ ގައުމެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާ ނުވަތަ ދިވެހި ރާއްޖެ އަކީ މިކަންކަމާއިއެކު އިންޑިއާ ކަނޑުގައި މިނިވަން ކަމާއެކު އެބައި މީހުންގެ ފެއްސާ ރަތާ ހުދުގެ ދިދަ ފަހުރުވެރިކަމާއެކު ވިހުރާ ބައެކެވެ.

ވަކި ވަކި 1200 ރައްށުގެ މައްޗައް އެކުލެވިގެންވާ ދިވެހިރާއްޖެއަކީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުންސުރެ މިނިވަން ޖައްވަކަށް ނޭވާލާ ފަހުރުވެރި ދިވެހިންތަކެއް ދިރިއުޅެމުން އައި ގައުމެއްކެވެ. ޒަމާނުންސުރެ ރާއްޖޭގެ ކަނޑު ފަޅުތަކުގެ ގުދުރަތީ މުއްސަނދި ކަމާއި ރީތި ދޮންވެލި ގޮނޑުދޮށާ ހިތްގައިމު ރައްތަކުގެ ދަހިވެތިކަމުގައި ދުޝްމަނުން ކަޅި އަޅަމުން އައި ގައުމެކެވެ. ސައްތައިން ސައްތަ މުސްލިމުން ދިރިއުޅެމުން އައި މި ހިތްގައިމު " ސުވަރުގެއަކީ " މާތް ﷲ ގެ ތަނަވަސް ރަހުމަތްފު ވަރަށް ތަނަވަސް ގައުމެކެވެ.

ރާއްޖެއަކީ ޒުވާން " ޅަނދޮޅު" ފުރިހަމަ ބަނިޔާދަން ގައުމެއްކަމުން ކަޅިއަޅާނެ ކިތަންމެ " ސޮރެއް " ވާނެކަން ކަށަވަރެވެ. އަވައްޓެރިންގެ " ހޮރުއްޕާން " ބޮޑުވާނޭ ބުނާހެން ރާއްޖެއަށް މި " ބަލާ " މިޔޮތީ ޖެހިފައެވެ. އަވައްޓެރި އިންޑިއާ ގެ " ބަލާ " އެވެ. ދިވެހި ރައްޔިތުން މިއަދު މިނިވަން ޖައްވަކަށް ނަމަވެސް ދިވެހިންގެ ތެރެއިން ބައެއް ދިވެހިންގެ ހަސަދައާއި ސުންޕާކަމުން ދިވެހި މި ވަތަނުގެ މިނިވަންކަން އެއްފަހަރަށްވުރެ ގިނަފަހަރު ގެއްލިފައި ވެއެވެ.

މިފަހަރުވެސް ލައިގަތީ މިފަދަ ހަސަދަވެރި ދިވެހިންކޮޅެއްގެ ސުންޕާ ކަމަކާއެވެ. ދިވެހިން އެ އާއިލާއެއް ދަންނަ ޙާއިނުންގެ އާއިލާއިން އައި ޙާއިނެއްގެ ބަލާވެރިކަމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި އަވައްޓެރި އިންޑިއާގެ ބަލާ ރާއްޖެ އަށް ޖެއްސީއެވެ. އެއް ބަލާވެރިކަމުން މިންޖުވާއިރަށް އަނެއް ބަލާއެއް ކުރިމަތި ކުރުވަނީ އެވެ.

ގެރިގުއިން ތަތްތެޅިފައި ތިބި ހިންދޫއިންއާއި ބާޣީން ފުރަތަމަ ވިސްނީ ރާއްޖެއަށް ކަނޑައަޅާފައި ހުރި ސަފީރު ގައުމަށް ގައްދާރުވާން ތައްޔާރަށްތިބި މަދު މީސްކޮޅެއްގެ އެހީގައި ރައްޔިތުންގެ މަޖިލިސްކުރާގެއައް ވައްދާ ރަހީނުކުރިކަމަށް ދައްކާގެން އިންޑިއާ ސިފައިން ރާއްޖެ އަރުވާ ރާއްޖޭގައި އޮތް ސުލްހަ މަސްލަހަތު ނަގައިލުމަށެވެ. އަމަންގެއްލުވާލާ ރާއްޖޭގެ ޤާނޫނީ ވެރިކަން ބަދަލުކޮއް އަނެއްކާވެސް ޣައްދާރުންގެ އަތްމައްޗަށް ރާއްޖެ ހަވާލުކުރުމެވެ. ނަމަވެސް ﷲ މާތް ރަހުމަތްފުޅު މިގައުމަށް ބޮޑެވެ. ފުރަތަމަ ބަޣާވާތް ވީ ނާކާމިޔާބެވެ. ރާއްޖެއިން އިންޑިއާ ކޮޅަށް ބޯޅަޖެހީއެވެ.

ދެންވެސް ގެރި ގޮރު ބޮއެގެން އުޅޭ ހިންދޫއިންގެ ސުންޕާވެރިކަމެކެވެ. މިފަހަރު ވިއްދީ އިންޑީއާ ސަފީރާ އިންޑިއަން ހައިކޮމިޝަން ގޮއްވާލުމަށެވެ. ހިމާޔަތުގައި އިންޑިއާ ސިފައިން ރާއްޖެއަރާ ބޮޑު ގަތުލުއާމެއް ހިންގުމަށެވެ. އަދި ރާއްޖޭގެ ވެރިކަން ބާރުގެ ބޭނުންކޮއް ފޮރޮޅާލުމަށްފަހު ކެނެރީގެއާއި ހަވާލުކުރުމަށެވެ.ނަމަވެސް ކަންތަށްވީ ރޭވިގޮތަކަށް ނޫނެވެ. މިފަހަރުވެސް އެވެރިންގެ ނުބައި ރޭވުމަށްވުރެ މޮޅައް ރާއްވަވާ ބަޣާވާތް ނާކާމިޔާބު ކޮއްލުމަށް އެހީވެދިނީ މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން ފަހުރުވެރި ދިވެހި ފުލުހުންނާއި ސިފައިންނެވެ. ދިވެހި ލަސްކަރީއާއިން މިފަހަރު އިންޑިއާ ކޮޅަށް ބޯޅަޖެހީއެވެ.

އެންމެފަހުން ބަޣާވާތް ކުރަން ނިކުތީ ހަސަދައިގެ ގިނި އަނދާ ދިވެހި ޙާއިނުންކޮޅެކެވެ. އިއްޒަތާ ޝަރަފުގެ ތާޖުން ޒީނަތްވެގެންތިބި ދިވެހި ލޭ ހިންގާ ދިވެހިން ދަރިންކޮޅެކެވެ. މާތް ﷲ ގެ ހުކުމްފުޅުތަށް ތަންފީޒުކުރަން ތިބި ފަނޑިޔާރުންނެވެ. މާތް ﷲ ގަންދީ  އިސްލާމްދީނާ ގައުމާ އަމިއްލަ ވެރިކަން ދިފާއުކުރުމަށް ހުވާކޮއްގެންތިބި މަދު ޣައްދާރުން ކޮޅެކެވެ. ހަރާމްކުރެވިގެންވާ ރިސްވަތުގެ ފައިސާ ނަންގަވާގެން އިސްލާމީ ވެރިޔަކާ ދެކޮޅަށް ތެދުވިއެވެ. ގައުމުގެ އަމަން ނަގާލިއެވެ.

ނުރައްކާތެރި ކުއްވެރިން ދޫކޮއްލާ އެބައިމީހުންނާ ބައިވާންތިބި ދިވެހިންކޮޅެއް މަގުތަކަށްނެރި ދިވެހިން ލައްވާ ދިވެހި މި ވަތަން ހަލަބޮލިކުރުމަށް ރޭވިއެވެ. ތައުހީދުގެ އަޑު މި ފަސްގަނޑުން ކަނޑާލައި އިންޑިއާގެ ސިފައިން ރާއްޖެއަރާ ދިވެހި ބިން އަތުލުމަށް ރޭވިނަމަވެސް ތިންވަނަ ފަހަރުވެސް ބަޣާވާތުގެ ނުބައި ވިހައިން ދިވެހިން ސަލާމާތް ކޮއްދެއްވީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އެއްކައުވަންތަ ﷲ އެވެ. މޮޅުވީ ދިވެހިންނެވެ.

މާތް ﷲ ކުޅަދުންވަންތަކަން ނިކަން ވިސްނަވާށެވެ. ކިތަންމެ މޮޅެތި މާސްޓްރ ޕްލޭންތައް ހެދިއެއްކަމަކު އެންމެ މޮޅަށް ރޭވުންތެރި އިލާހްގެ ރޭވުންތެރިކަމާ ގޮންޖަހާލެވިދާނެތޯއެވެ؟ ވެރިކަން ގެންދަވާނީ ވެރިކަން ދެއްވި ފަރާތުންނެވެ. ދިވެހި ސަރުކާރުން ދިނީތީ 25000 ހާސް އިންޑިއާ ރައްޔިތުން ކާގެން އުޅޭއިރުވެސް އަދިވެސް އަރަންވީ ދިވެހިންގެ ބޮލައްތޯއެވެ؟ ދަތްއަޅަންވީ ދިވެހިންގެ އަތުގައި ތޯއެވެ؟ ކިތަންމެ ކުޑަ ނަމަވެސް ދިވެހިން މިފަހަރު މޮޅުވެއްޖެއެވެ. މިފަހަރު މިއޮތް ކުޑަ ރާއްޖެ އަރާ އެއޮތް ބޮޑު އިންޑިއާ ތިނެއް ސުމަކުން ބަލިކޮއްފިއެވެ.

 

COMMENTS: 2
  1. March 03, 2018 by މޯދީ Reply

    އިންޑިާގެ ބަލާވެރިކަން ހިސާބަށް ވުރެ ބޮޑު ވެއްޖެ. އެމީހުނަށް ހީ ވާ ކަހަލަ މި އޭށިޔާގައި ހިނގަން ޖެހެނީ އިންޑިޔާގެ ގާނޫނު އެކަންޔޭ. މިކަމުގަ އަދި އެބަ ޖެހޭ އިންޑިޔާގެ ބަލާ ޖެހިފަ ތިބި އެހެނިހެން ގައުމު ތަކާއި ހާރިޖީ ގުޅުން ބަދަހި ކކޮއް އިންޑިޔާ އަ ފިސާރި ފިލާވަޅެއް ދޭން

  2. March 03, 2018 by Anonymous Reply

    ވަރަށް ވާހަކަ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.