MENU

އިދިކޮޅު ސައިޒަކީ 4 އިންޗި

މަހެއްކުރީން ޕްރޮމޯޝަން ފަށައިފިއެވެ. ޓްވިޓާ އަދި ފޭސްބުކްގައި މެކުހައްޖަހާ ވައިރަލްވެސް ކޮއްފިއެވެ. ތައްޔާރުވުމަށް ހާއްސަކޮށް އެއްވުންތައް ބާއްވާ ރަނގަޅަށް މަސްތަށްވެސް ދަމާލި އެވެ. އިގުރު ސައިބޯ ކަރުތެރެ ރަނގަޅުކޮއް "ފެލެން" ވެސް ރެޑީވިއެވެ. އަތޮޅުތެރޭން މާލެއަށް މީހުން އެރުމަށް ގޮވާވެސް ލިއެވެ. ޤަރާރަކަށްފަހު ޤަރާރެއް ފާސްކޮއް ޕްރޮޕެގެންޑާ ފަތުރާ މީޑިއާތަށް މެދުވެރިކޮއް ޕްރޮމޯޓްވެސް ކުރިއެވެ. ކޮންކަމަކަށް ވީ ތައްޔާރީ އެއްތޯއެވެ؟  ހީފުޅު ތިޔަ ކުރެއްވީ ރަނގަޅަށެވެ. މާރިޗު މަހު ބާއްވަން ނިންމި " ބޮޑު " މުޒާހަރާއަށެވެ.

ފެބްރުއަރީ މަހު މެދެއްހާހިސާބު ބާއްވަން ނިންމި ބޮޑުމުޒާހަރާއަށް އަތޮޅުތެރެއިން މީހުންނެއް މާލެ އެއް ނޭރިއެވެ. މާލެއިން އެއްވީ ހައެއްކަ މީހުނެވެ. އިދިކޮޅު އިއްތިހާދުން ގަތް ލަދަކުން ފެބްރުއަރީ މަހު ބޭއްވި ބޮޑުމުޒާހަރާ ވަގުތުން ނަން ބަދަލުކޮއް ކޮއްލި ކުޑަ ކަސްރަތަކަށް ބަދަލު ކޮއްލީ އެވެ. ބޮޑުމުޒާހަރާޔަށް މަސްތައް ދަމާލަނީ ކަމަށް ބުންޏެވެ. އަޅެފަހެ ހިންޏެއް ނާންނާނެތޯއެވެ؟ އެއަށްފަހު ފަހުގެ ތާރީހުގައި ބޮޑު މުޒާހަރާއެއް ބާއްވާނެކަމަށް ބުނެ އެރޭ މުޒާހަރާ ނިންމާލީ ބޭނުންވި ފޮޓޯވެސް ނުނެގިއެވެ.

ދެން ފެށީ މާރިޗް މަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށެވެ. " ހެސްކިޔާފައި " ޖެއްސި ޕްރޮމޯޝަންތަކާ އެކު މަގުތަކަށް މީހުން ނެރެފިއެވެ. އަޅުގަނޑުވެސް މުޒާހަރާ ބަލާލަން މަޖީދީ މަގަށް ބޯކޮއްޕާލީމެވެ. އައި ހިނނިގަނޑު ބަނޑަށް ހިންދާލާ އެތަނުން އެއްކާރި ވެލީމެވެ.

ނުހޭންވީ ކީއްވެތޯއެވެ. ކާޅު ލޭ އަޅާގެން ކެއްކި ބޮނޑިބަތް ކައިގެން ހަޔާތްކެނޑިފައި ތިބި މީސްކޮޅަކާ  ރަށުތެރެޔަށް ގިނަވެ " ރަނޑު " އަނގަ ތަޅަންތިބި އަންހެން ވެރިން ކޮޅެއް މަޖީދީމަގު ކޮންމެ 4 އަނގޯޅިއެއްގެ ކަންމަތީ ތިއްބެވެ. ބައެއް ކަންކަން މަތީ 20 މީހުން ތިބި އިރު އަނެއްބައި ކަންކަންމަތީ ތިބީ 7 ވަރަކަށް މީހުންނެވެ. އަދި ބައެއް ކަންކަންމަތީ 50 ހަކަށް މީހުންތިއްބެވެ. އެންމެ މީހުންގިނަ ކަންމަތީ 100 އެއްހާމީހުންވެސް ނެތެވެ. ދެން ނުހެވޭނެތޯއެވެ.

މީގެ އިތުރުންފެސް ފެނިގެން ދިޔައީ އިސްރައްވެހިން ނެރެ ލަވަޖައްސުވާގެން އެވެރިން ލައްވާ ނަށާ މަގުމަތީ ހަޔާތްގޮވިތަނެވެ. ބިރު ފަހަނަ އަޅާ ދިޔައީ ކަމަށް ބުނެ އެވެ. ނަމަވެސް ހަޤީގަތަކީ ފަހަނަ އަޅާ ދިޔައީ ބިރެއް ނޫނެވެ. ކާޅުލޭ އެޅި ބޮނޑިބަތް ކެއުމުން ކެނޑުނީ ހަޔާތް ކަމެވެ. ފަހަނަ އަޅާ ދިޔައީ ހަޔާތް ކަމެވެ. އަހުލާޤީ މިންގަނޑު ކަމެވެ. ފުލުހުންނާ ދިމާލަށް އެބުނާ " އަވަގުރާނާގެ " ހުށާމަދުތަކުން ނިއުޅާ އަޅާލާތަނެވެ. ހާއްސަ އެހީޔަށް ބޭނުންވާ ފަރާތްތަށް މަގުތަކައް ނެރެ " ބޮއްވުން "  އިދިކޮޅަށް ވަރަށް ގަޓުހުރި ކަމަކަސް ވިޔަސް އެއީ އެއްވެސް ވަރަކަސް  " ސަޅިކަމެއް " ނޫނެވެ.

އިދިކޮޅު ފަރާތްތަކުގެ މުޒާހަރާ ގެ އިތުރުން އެއްވުންތަކަށް މަހެއްހާ ދުވަސް ކުރިން ގޮވާގެންވެސް އެއްވީ " މަދު " މީސްކޮޅެކެވެ. ލަދުގަންނަންޖެހޭ ކަމެކެވެ. ބޭރުގެ މީޑިއާތަކަށް ދެއްކުމަށް ޓްރެފިކް ޖޭމްވުމުން ފޮޓޯނަގާ ފޮނުވިއަސް މިއަދުގެ ހަޤީގަތަކީ ރައީސް ޔާމީން ގެންނަވާ ތަރައްޤީއާއިއެކު ރައްޔިތުން މިހާރު އިދިކޮޅު އިއްތިހާދުގެ ފަހަތުން ދުވުން ނިމުމަކަށް އައިސްފައި ވާކަމެވެ. ދެން ހަޖަމްކޮއްލާށެވެ.

COMMENTS: 4
  1. March 02, 2018 by Anonymous Reply

    ސާބަސް

  2. March 02, 2018 by މުހައްމަދު Reply

    ސާބަހޭ.....

  3. March 02, 2018 by Anonymous Reply

    ޙަބޭސް

  4. March 02, 2018 by ޢހ Reply

    ޙަބޭސް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.