MENU

ބަޣާވާތްފުޅު

މާތްބޭފުޅުންނާ މުހާތަބުކުރަންވާނީ މާތްކޮންތާއެވެ. 30 އަހަރު ރަން ފާހާނާ ތައްޓަށް " ގުއިރެއްވެވި " މާތް މައުމޫނަކީ މިފަދަ އެއްބޭފުޅެކެވެ. 30 އަހަރު ރައްޔިތުން އަޅުވެތިކުރުވާ ނިޝާން އިއްޒަތުގެ ލަގަބު ހޯއްދެވިއެވެ. 65 އަހަރުން މަތީގެ ބޭފުޅުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނާއި އެކު ވެރިކަން ކުރެއްވުމުގެ ހިޔާލު އެ މާތް މަނިކުފާނަށް ދޫކޮއްލައްވަން ޖެހިވަޑައިގަތެވެ. ނަމަވެސް ވެރިކަމުގެ ލައްޒަތު އަރަކުން ނުފިލިއެވެ. ވެރިކަމުގެ އާރާ ބާރާ ހަރުބަސް ބުނާހިތްވާލެއް ބޮޑުކަމުން ކޮއްކޯފުޅު އަދި މިހާރުގެ ރައީސް ޔާމީން އަށް ގޮތްކިޔާދެއްވަން ފެއްޓެވިއެވެ. ނަމަވެސް ކަންތަށްވީ މައުމޫނު ހީކުރި ގޮތާއި މުޅިންތަފާތަށެވެ. 30 އަހަރު ހަކިޖަހާފައި އޮތް ސިކުނޑިން ދޭންފެށި ހިޔާލުތަކަކީ 21 ވަނަ ގަރުނަށް ހޭލާފައި ހުންނެވި ޔާމީން އަކަށް މާ ކަމުދާ ހިޔާލަކަށް ނުވިއެވެ. ހިތްތާނުވީ މިހާހަމައިންނެވެ.

ވެރިކަން ބަދަލުކުރުމަށް ރާވަން ފެށުން:

ދެން ވަޑައިގެންނެވީ އަވައްޓެރި ސިލޯނަށެވެ. ވެރިކަން ބަދަލުކުރުމަށް ކުރީގެ ހަތުރުންނާ ބައިވެ މަޝްވަރާތަށް ފެށިއެވެ. އެގޮތުން އިސްތިއުފާދެއްވާ ފިލި ނަޝީދު އާއި ފައިސާއެއްނެތި މަހުޖަނަކަށްވީ ޤާސިމް އިބްރާހިމްއާއިއެކު މަސްވަރާތަށް ފެށިއެވެ. އެގޮތުން ނަޝީދުއާއި ހަވާލުވި މަސަތްކަތަކީ ރާއްޖެއިން ބޭފުގެ ފަރާތްތަށް މެދުވެރިކޮއް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތަށް އަޅާ ރާއްޖެއާއިމެދު ބޭރުދުނިޔެއިން ދެކޭގޮތް ބަދަލުކުރުމެވެ. އެއާއެކު ޤާސިމް އިބްރާހިމް އާއި ހަވާލުކުރެވުނީ މާލީގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުމެވެ. އެގޮތުން ވިލާ ކުންފުނީގެ ބަދަލުގައި ރާއްޖެއިން ބޭރުގައި ކުންފުނިތަށް ގާއިމުކޮށް ފައިސާޔާ ބެހޭ ހުރިހާ މުއާމަލާތެއް ކުރަން ނިންމިއެވެ. ރާއްޖެއިން ބަޣާވާތް ރާވާ ހުރިހާކަމެއް ކުރުމަށް މައުމޫނު އެއްބަސްވެ ރާއްޖެ އައެވެ.

މައުމޫނުގެ މަސައްކަތްތަށް :

ރާއްޖެ އާދެވުމާއެކު މައުމޫނު ކުރަންފެށި މަސަތްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަން ބަދަލުކުރުމަށް ފާރިސް މައުމޫނު ލައްވާ މަޖިލީހުގެ މެންބަރުންނަށް ރިސްވަތު ދީ ސަރުކާރާ މެންބަރުން ޖެއްސުވިއެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން ލައްކާއަށް ގެންގޮސް ވެރިކަން އަޒުލުކުރުމަށް ހިތްވަރުދީ ފަނޑިޔާރުންނަށް ރިޝްވަތު ގެ ހުތުރު ފައިސާއިން ހިތްފުލާލަދިނެވެ.

ބަޣާވާތް:

ފެބްރުއަރީ އެއްވަނަ ދުވަހުގެރޭ ސްޕްރީމް ކޯޓުން ނެރުނީ ރާއްޖޭގައި ތިބި ސިޔާސީ ކުއްވެރިން ދޫކޮއްލުމަށް ކޮށްފައިވާ ހުކުމެކެވެ. ފާހަގަ ކޮއްލަންޖެހޭ ކަމަކީ ސިޔާސީ ކުއްވެރިންގެ ގޮތުގައި ރާއްޖޭގައި ހައްޔަރުކުރެވިފައިވާ އެއްވެސް މީހަކު ނެތްކަމެވެ. ސްޕްރީމް ކޯޓުގެ ހުކުމާއެކު ރާއްޖޭގެ ބަޣާވާތުގެ ބައިވެރިން ކެކި އަރާގަތެވެ. އެމީހަކާއި ހަވާލުވި މަސައްކަތެއް އެމީހަކު ފުރިހަމަކޮއް ރައްޔިތުންގެ ވޯޓުން 2013 ވަނަ އަހަރު ވެރިކަމަށް އައްޔަނުކުރި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ދުރުކުރުމަށެވެ. ފުރިހަމަޔަށް ތައްޔާރުވެ މައުމޫނު ހިފުވި ބޮޑު " ހަނދުކޭތަ " ވީ ނާކާމިޔާބެވެ. ތަރިތަކާ ފަންޑިތަ ކިތަންމޮޅަށް މައުމޫނަށް އެނގުނަސް ނޭގުނު އެކައްޗެއް އޮވެއެވެ. އެއީ ވެރިކަން ދެއްވަނީ އެންމެ މޮޅަށް ރޭވުންތެރި ﷲ ކަމެވެ. އަދި ވެރިކަން ގެންދަވާނީ އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ހަމަ ޖައްބާރުވަންތަ ﷲ ކަމެވެ.

 

COMMENTS: 1
  1. February 27, 2018 by ޢަހްމަދު Reply

    ސަޅި ‘ ވ ހަބޭސް

Leave a Reply to ޢަހްމަދު Cancel reply

Your email address will not be published.