MENU

ހުދަންބަރަށްވުރެ އަގުބޮޑު ހުކުމްފުޅު

މާވަހަރަކީ ތަދު އެއްޗެކެވެ. މީރުވަސް ދުއްވުމަށް ބޭނުންކުރާ އަތަރާ ތަފާތު ވައްތަރުގެ ސެންޓު އުފެއްދުމަށާ ބޭސްވެރިކަމަށް ބޭނުންކުރާ މާވަހަރަކީ މަދުންނޫނީ ނުފެންނަ އެއްޗެކެވެ. މާވަހަރުގެ ތެރެއިންވެސް ހުދަންބަރު މާވަހަރަކީ އެންމެ އަގުބޮޑު މާވަހަރުގެ ތެރޭގައި މިހެނޭ އެއް ބާވަތެވެ. ތަދު އެއްޗެއްކަމުން މާކެޓްގައި ހުދަންބަރު މާވަހަރުގެ އަގަކީ ގްރާމެއް 25 ޑޮލަރާ 80 ޑޮލަރާ ދެމެދެވެ.

ނަމަވެސް ހުދަންބަރަށްވުރެ އަގުބޮޑު އެއްޗެއް ރާއްޖެއިން ފެނިއްޖެއެވެ. އެ އެއްޗަކީ ހުކުމްފުޅެކެވެ. ސްޕްރީމްކޯޓުން " ވިއްކާ " ހުކުމްފުޅެވެ.  ކޯޓުތަކުން އިއްވާ ހުކުމްތަކަކީ އާމު އެއްޗެއް ނަމަވެސް ސްޕްރީމްކޯޓުން ގިނަ ބައެއްގެ މަސްލަހަތު ހިމެނޭގޮތަށް ނެރޭ ފުކުމްފުޅުތަކަކީ މާވަހަރާ ވާތު ސަންގައްވުރެއް އަގުހުރި އެއްޗަކަށް މިފަހަރު މިވަނީ ވެފައެވެ. ފައިސާ " ބޯކޮން " ހުރެއްޖެ ނަމަ ގަނެވޭނެ އެއްޗެކެވެ. އެކަން މިއަދު މިވަނީ "ނަޒާހާތްތެރި"  4 ފަނޑިޔާރަކު ސާބިތު ކޮއްދީފައެވެ. 4 ފަނޑިޔާރުން ކޮންމެ މީހެއްގެ ބޮލަށް 15 " ކަނޑާލާގެން " 1 ފެބްރުއަރީވަނަ ދުވަހުގެ ދަންވަރު ފަނޑިޔާރުގެއިން ގެންނަން އުޅުނީ "ހަރާން" ބަޣާވާތެކެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަންކޮއް ރައްޔިތުންގެ ލޯބި ހޯއްދަވާ ނިޝާން އިއްޒަތުގެ ޝަރަފު ހޯއްދަވާ ދީނީ އެތަކެއް ފޯރަމްތަށް ބޭއްވެވުމަށްފަހު މާތް ﷲ ގެ ހުކުމްފުޅުތަށް ތަންފީޒު ކޮއް ނިޔާކަނޑައަޅަންތިބި ފަނޑިޔާރުންނަށް ރިޝްވަތުދީގެން މިވަނީ ރާއްޖެއަށް ބަޣާގާތެއް ގެންނަން ހުކުމެއް ކޮއްފައެވެ. ބައެއްދެއްކި އަވާމެންދުރެއްގައި ޖެހި ރައްޔިތުންނަށް ނިޔާކަނޑައަޅަން ތިބި ފަނޑިޔާރުން ގެ 4 މީހަކު މިވަނީ ކުއްކޮއްފައެއްވެ. ނިޔާކަނޑައަޅާނީ މިފަހަރު ރައްޔިތުންނެވެ. މީއީ ރައްޔިތުންގެ ފަހަރެވެ. ރައްޔިތުން ކަނޑައަޅާ ހުކުމަކީ " ޕްރައިޒް ލެސް " އެއްޗެކެވެ.

 

 

COMMENTS: 1
  1. February 23, 2018 by ޢަލީ ވަހީދު ޕީޕީއެމް Reply

    މަލްޢޫނު މައުމޫނު ގެ މައްޗައް ކުރަންވީ حكم އަކީ ماعدة سورة ގެ 33 ވަނަ آية ގަ ވާގޮތަށް ޙުކުމް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.