MENU

މާތް މައުމޫނެވެ.

އެއީ މާތް މައުމޫނެވެ. 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ. ރައްޔިތުން ހަނޑަސް ބުރިއަށް ބޮޑުކަމުދިޔައިރު ރަންފާހާނާ ތައްޓައް "ގުއި ރެއްވެވި " މައުމޫނެވެ. ކޮންފަދަ މާތްކަމެއް ތޯއެވެ. ރައްޔިތުން އަނގަޔާ އަތާ ދިމާނުވިއިރު ދުވާލެއްގެ ދިރިއުޅުމަށް ދައުލަތުގެ ބައިތުލްމާލުން 7 ލައްކަ ރުފިޔާ ހޭދަކުރެއްވި މައުމޫނެވެ. ރައްޔިތު މީހާ ދަރިންނަށް ފީފަންސޫރު ދީގެން ކިޔަވަން ފޮނުވިއިރު ދައުލަތުގެ ބައިތުލްމާލުން ހަރަދުކުރައްވާގެން މޫނުމަތިން " ރޫކޮޅުތަށް " އިސްތިރިކުރެއްވުމާއި ރަން ދަރިންނަށް އަގުބޮޑެތި ހަދިޔާތަށް ބައްލަވާ ގެންނެވި މާތް މައުމޫނެވެ. ރައްޔިތުމީހާ ފަރުވާއެއްނުލިބި ފަހުނޭވާ ހޮޅިއަށް އެޅިއިރު ނިޔަރޮދި ނައްޓާލާ ބޭސްމަލަންކޮޅު އަޅަން ސިންގަޕޫރަށް ވަޑައިގެންނެވި މާތް މައުމޫނެވެ. ރައްޔިތުން ކުރުފަލިޖަހާފައި ޒަރޫރީ ބޭނުންތަކަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރިއިރު ހަވީރަށް ފިނިފެންމާ މެންދުރަށް އަސުރުމާ ރޭގަނޑަށް ހުވަނދުމަލުގައި ދަތުރުކުރި މާތް މައުމޫނެވެ. ދަތުރުފުޅުތަކުގައި މުނިއަވަސް ފިލުވުމަށް ރަތްދަކަ އަވީގައި މަދަރުސާތަކުގެ ކުދިން ނައްޓުވާ ސަޖިދަޔަށް ތިރިކުރުވި މާތް މައުމޫނެވެ. 30 އަހަރު ރައްޔިތުން އަޅުންގެ ގޮތުގައި ގަނަތެޅުވި މާތް ބޭފުޅެކެވެ. ތަރައްޤީގެ ތަހުޒީބީ ވިސްނުންތަކުން އެއްކިބާކޮއް ރައްޔިތުން ކަސްދޮޅު އެޅުވި މާތް މައުމޫނެވެ. މިފަދަ މާތް ބޭފުޅަކު ބީހުނު ކޮންމެ ތަނެއް ކިހާބަރަކާތްތެރި ވާނެ ނޫންތޯއެވެ. ބޭނުންކުރެއްވި ކޮންމެ އެއްޗެއް ކިހާ މާތްވާނެނޫންތޯއެވެ. ކުރެއްވި ކޮންމެ ކަމެއް ކިހާ ބަރަކާތްތެރިވާނެ ނޫންތޯއެވެ. ނޫނެކެވެ. އެއީ ހަމަ މައުމޫނެވެ. 30 އަހަރު ވެރިކަމެއް ކުރި ހަމަ ދިވެއްސެކެވެ. މައުމޫނުގެ މާތްކަމެއް ހުރިނަމަ ހަމަ އެ މާތްކަން ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައި ހުންނާނެއެވެ. މަތިވެރިކަމަކީ މީހާ ވެރިކަންކުރާ މުއްދަތުން "ގުއި ރެއްވެވި " ފާހާނާ ތައްޓެއްގެ މޮޅުކަމުން ލިބޭނެ އެއްޗެއް ނޫނެވެ. ހިތުގެ އީމާންތެރިކަމުގެ ވަރުގަދަކަމުން ވާއެއްޗެކެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.