MENU

ހުޅުލޭ ބޮޑުމީހާ

ޖެހޭ ވައި ބާރުކަމުން ހީވަނީ ރުއްގަސް ވެއްޓިދާނެހެނެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން ކަނރަންޓުގެ އަލިކަމެއް ފެއްނަން ނެތެވެ. މީހެއްގެ ހިލަމެއް ވާންނެތް އިތު މުޅިތަން އޮތީ ކަކޫތާ ހަމަޔަށް ފެންބޮޑުވެފައެވެ. ދުއްވަމުންދިޔަ ޓްރަކް ކުރިމައްޗަށް ކުއްލިޔަކަށް ވެއްޓުނީ ބޮޑު ފުރާޅު ފަޅިއެކެވެ. ގަތް ބިރުން ކުއްލިޔަކަށް ބުރެކި ޖެއްސިއްޖެ އެވެ. ދާހިއްލާ ތަތްތެޅިފައި އިން ބައްޕަ ޓްރަކުން ނުކުމެ މީހުން އުޅޭ ހިސާބަށް އޮބިއަޅާ ދުއްވައިގެންފީމެވެ. ވަކި ހިސާބަކުން ދަތިއަޅުވާލާ ވައްޓާލައިފިއެވެ. ހަމަ ވެއްޓުމާއެކު އުއްޑުންޖެހި ފަހަތަށް ފިރުކިގެންފީމެވެ. އެއްޗެއްގައި ލާގަތުމުން މީހާ ތުރުތުރު އަޅާ ގަތެވެ. ކުރަކި ބޮޑު ފައެކެވެ. ސުބްހާނަﷲ އެވެ.

ދަރިފުޅާއެވެ. ބައްޕަ ދެން ހޭއެރީ ބަޔަކު ބައްޕަ މޫނަށް ފެންޖަހާ ގޮވާ ހަދާތީއެވެ. ހޭއެރި އިރު ބައްޕަ އޮތީ އައިޖީއެމް އެޗް ގައެވެ. ކައިރީގައި ދަރިފުޅުގެ މާމައާއި ދަރިފުޅުގެ މަންމަ ހުއްޓެވެ. ދަރިފުޅުވެސް މަންމަގެ ބަނޑުގައި ބަސްއަހާގެން ނިދާލާފައި އޮތެވެ. ދެން ބައްޕަމެން އައީ ގެއަށެވެ. " ބައްޕާ ވާހަކަ ނިމުނީތޯ؟ " ދަރިރުޅުގެ މިސުވާލާއި އެކު އަހަރެން ހަމަހޭވެރިކަން ވިއެވެ. " އާދަރިފުޅާ އަވަހަށް ނިދާލާ" އަވަހަށް ލޯމަރާށޭ ބުނެ އަހަރެން ގެ އަތްދަނޑިމަތީ އޮތް ދަރިފުޅުނަގާ ބާލީސްމަތީ ބޭއްވުމަށްފަހު  ފުން ނޭވާއެއް ދޫކޮއްލާ ދަރިފުޅުކައިރީ ހަމަޖެހިލީމެވެ.

ލާނެތް ހިންޏެއް އަހަރެންގެ ތުންފަތަށް ވެރިކުރުވިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ހުޅުލޭ ބޮޑުމީހާ ފެނުނީކީ ނޫނެވެ. ފުރާ ޅު އަޅާފައިހުރިލެއް ދެރަކަމުން ވިސްސާރަޔާ ވެއްޓުނީއެވެ. ދުވެފައި ދަނިކޮން އަޅައިގަތީ ޓަރމިނަލްތެރެޔަށް ފެންފައިބާތީ ބަހައްޓާފައި ހުރި ބާލިދީއެއްގައެވެ. ފަހަތުން ލައިގަތީ ދަބަރު ޖަހާ ފީވެ ފަހަސްނެތުނު އިރުވެސް އައު ނުކޮއްހުރި ދަނގަނޑު ތަބެއްގައެވެ. ކުރާނީ ކީއްހެއްޔެވެ. ހުޅުލެއަށް އޭރު އެރީ ހަޤީޤީ ހުޅުޅޭ ބޮޑު މީހާއެވެ. އެންމެފަހުން އެސޮރުގެ " ބަލާ " ބޮޑުވެގެން ދިވެހިން ކިޔެވެލި ކިޔަވާ ހެންވޭރުކޮޅުގައި މުޖުމަރާފެތުރައިގެން " ހުޅުލޭ ބޮޑުމީހާ " ފައްސާ ނަގާލީއެވެ. އެވަރުންވެސް ދަމުން ދިއައީ ދިވެހިންގެ ކަންފަތްމަތީ " ތަފާތްޔެއް " އަޅާ ވިހެލާފައެވެ. އޭގެ ދިލަ އަދިވެސް ދިވެހި ބައިތުލްމާލުގެ ކޮޅުގައި އެބަހުއްޓެވެ.

 

ޝުކުރުގެ ކޮޅެއް ނެތެވެ. މިއަދަކު ހުޅުލޭ ބޮޑުމީހާ ފެނިގެން ހާސްވާނެ މީހަކު ނުހުންނާނެއެވެ. އެސޮރަށްވުރެ ބޮޑެތި މަތިންދާ ބޯއްޓުތަށް އެހެރަގެން ޖައްސަނީއެވެ. 3200 މީޓަރު ދިގު، 45 މީޓަރުގެ ފުޅާ ރަންވޭ އެއްކައިރީ ބޭއްވުމަށްފަހު ހުޅުލޭގެ އިރު އުތުރު ފަޅުން 65 ހެކްޓަރުގެ ބިން ހިއްކުމަށްފަހު ހިމާޔަތްކުރުމަށް ގާތްގަނޑަކަށް ތިންހާސް ތިންސަތޭކަ މީޓަރުގެ ޝީޓު ޕައިލްކޮށް 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެއް އަޅާފިއެވެ. އައު ރަންވޭގެ އިތުރުން، އެއަރޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ އިތުރު ވަސީލަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް 63 ހެކްޓަރުގެ ބިން ވަނީ ހިއްކާ އައު އިންޓަރނޭޝަނަލް ޓާރމިނަލްއެއްއަޅާފައެވެ.

 

ބައިނަލްއަޤްވާމީ އެހެން އެއަރޕޯޓްތަކުން ދެމުންދާ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް ފްރެންޗައިޒް ބްރޭންޑްތަކުގެ އައުޓްލެޓްތަކަށް ޚާއްސަކޮށް ޢިމާރާތްކުރެވުނު އިމާރާތް ހާދަ ޗާލެވެ. އެއާރޕޯޓަށް ގާތްކުރާ ފެރިތަކަށް ހާއްސަކުރެވުނު " ސިންގަޕޯރ ސްޓައިލް " ގެ ފާލަންތަކުގެ ފުރިހަމަކަމާއެވެ. އެހެރަ ބޮޑު ކާގޯ އެކެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަދު އައިސްފައިވާ ތަރައްޤީއާއި އެކު އެއަރޕޯޓަށް 30 އިންސައްތައިގެ ޖާގަ އިތުރުވެ އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވިގެންދާއިރު ކުރިން އަޑުއިވުނީ މުޅިންވެސް " އަލްޓިމޭޓް ދުބާއި އެއަރ ޕޯޓް " އޭ ކިޔާ އަޑެވެ. މިވަރުންދާނަމަ ވީ އައި އޭ ވެގެންދާނީ ދުބާއީ އެއަރޕޯޓް އަށްވެސް ހުރި ބިރަކަށެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.