MENU

ރަލުގެ ވަބާގައި ދިވެހިން ޖެއްސި އިދިކޮޅު "ކޮކްޓެއިލް"

ހަޤީގަތެއް މިއަދަކު އޮޅުވައެއް ނުލެވޭނެއެވެ. ސައްތައިން ސައްތަ މުސްލިމް މި ރާއްޖޭގެ ޒުވާނުން މަސްތުވުމުގެ ވަބާގައި ޖެއްސުވީ ކޮން ބައެއް ތޯއެވެ؟ މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ކޮން ބައެއް ތޯއެވެ؟ ރާއްޖެއަށް ދުންފަތާއި ބަނގުރާ އާމުކުރީ ކޮން ވެރިކަމެއް ގައި ތޯއެވެ.

1978 ވަނަ އަހަރު ރާޢްޖޭގެ ވެރިކަމާއި ހަވާލުވެ ރާއްޖެ ދުންފަތުގެ ވަބައިގައި ޖެއްސުވީ މަނިކުފާނެވެ. ގައުމުގެ އިޖްތިމާއީ ފޭރާން މަޑުމަޑުން ވީދަމުން ދެން ދިވެހިންނަށް ތައާރަފް ކޮއްދިނީ މަސްތުވާ ތަކެއްޗެވެ. ބަނގުރަލެވެ. އޫރުމަހެވެ. ރާއްޖެއަށް މުޅިން އަލަށް ބަނގުރަލާއި އޫރުމަހުގެ އިތުރުން ދުންފަތާއި މަސްތުވާ ތަކެތި އެތެރެކުރި ރައީސަކަށް ރައީސް މައުމޫނު ވާނެއެވެ.

ދެން ވެރިކަމުގެ މުގުލުގައި ހެޔޮވެރިކަމެއް ކޮއްދިނުމަށް 2008 ވަނަ އަހަރު ހިއްޕެވީ ގ.ކެނެރީގޭ ނަޝީދެވެ.  އެއާއެކު އަވަސް ވެ ވަޑައިގެންނެވީ މައުމޫނު ކުޅުއްވަމުން ގެންދެވި " ދައުރު " ފުރިހަމަ ކޮއްދެއް ވުމަށެވެ. އާމުކޮން ރާއްޖޭގެ މީހުން ދިރިއުޅޭ ރައްތަކަށް ބަނގުރަލާއި އޫރުމަސް ވިއްކުމުގެ ހުއްދަ ދެވިގެން ދިޔައެވެ. ބިރަކާއިނުލާ މާލޭގެ " ރައްޓެހި ޕާޓީ ކުދިންނަށް " ފުޅި ޑެލިވާރ ކޮއްދޭން ފެށިއެވެ. އާމުވެގެންވާ ގޮތެއްގައި މާލެ އާއި ރައްތަކަށް ރަލާއި އޫރުމަސް ތައާރަފް ކޮއްދެއްވި ރައީސަކަށް ރައީސް ނަޝީދު ވާނެއެވެ.

ރިސޯޓުތަކަށް އަރާފިއެވެ. އެތަށް ދިވެހިން ތަކެއް ވަޒީފާ އަދާކުރަމުން އައި ވިލާއެއާގެ ރިސޯޓުތަކު " މުދާތަށް " ސަރުކާރުގެ ވުޒާރާއަކުން ފޭރި ގަނެފިއެވެ. ކޮންފަދަ ނުބައި ޖަރީމާއެއް ތޯއެވެ؟ ކޮންފަދަ އަނިޔާވެރި ކަމެއްތޯއެވެ؟ ކިތަށް ދިވެހިންގެ ވަޒީފާ ގެއްލިގެން ހިގައިދާނެ ތޯއެވެ؟ ކޮން އަނިޔާވެރިކަމެއްތޯއެވެ؟ ކޮން ޖަރީމާއެއް ތޯއެވެ؟ ކޮން މުދަލެއް ތޯއެވެ؟ މުދާތަށް ފޭރިގަނެފި ކަމަށް އިދިކޮޅަށް ވާގި ވެރިވެދޭ  މީޑިއާތަކުން ހަބަރު ފަތުރާއިރު ލަދެއް ނުގަނޭތޯއެވެ؟ ބަނގުރަލާއި އޫރު މަހޭ ބުނަން ނުކެރުނީ ކީއްވެތޯއެވެ؟ ރިސޯޓުތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން އުޅެނީ ބޮޑުމަންޒަރު ބަދަލުކޮށް ހަޤީގަތް އޮޅުވާލުމަށް ނޫންތޯއެވެ؟

ވިލާގެ ރިސޯޓުތަކުން ޓީޖީއެސްޓީ ނުދައްކައިގެން މީރާއިން ވަނީ ވިލާގެ 4 ރިސޯޓަކަށް ދޫކޮށްފައިވާ ރަލާއި އޫރުމަސް އެތެރެކުރުމާއި ވިއްކުމުގެ ހުއްދަ 2017 މާޗް މަހު ބާތިލް ކޮއްފައެވެ. އެއާއެކު ޤާސިމް އިބްރާހިމް ހިންގަން ފެށީ ބޮޑު ޖަރީމާއެކެވެ. ހުއްދަ ބާތިލްކުރި ހަތަރު ރިސޯޓުން ރަލާއި އޫރުމަސް ވިއްކަންފެށީ ވިލާކުންފުނީގެ ރޯޔަލް އައިލެންޑަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްތަކުން ނެރެގެން އެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެ ކޮއްގެންނެވެ. މަކަރާއި ހީލަތެވެ. ނަމަވެސް ޤާސިމް އިބްރާހިމް ހަނދާނުން ކައްސާލީ ވަގަކަށް އެއްހާސްދުވަސް ވެރިއަކަށް އެއްދުވަސް އަންނާނެ ކަމެވެ.

ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގަތްފަހުން ރާއްޖެއިން އަތުލައިގަނެވޭ ބަނގުރަލުގެ ނިސްބައި ދެގުނައަށް އިތުރުވެގެން ދިއައެވެ. ރައްޔިތުންގެ ސުވާލުތަށް ސަރުކާރަށް އޮހެންފެށިއެވެ. ކޮންތާކުން އެތެރެ ކުރާހާ " ސާމާނެއް " ތޯއެވެ؟ ހަޤީގަތް ފަޅާ އެރީ މިއަދު ތާއެވެ. ރޯޔަލް އައިލެންޑަށް ދޫކުރި ބަނގުރަލާއި އޫރުމަސް މާލެއާއި އަތޮޅުތަކަށް "ސަޕްލައި" ކޮއްދޭ ފަރާތަކީ ޤާސިމް އިބްރާހިމްތާއެވެ. ރައްޔިތުންނެވެ. " ސާމާނު" އަންނަތަން ނޭގިގެން ކުރި ސުވާލުގެ ޖަވާބުވެސް މިއަދު ލިބިއްޖެތާއެވެ.

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.