MENU

" ފައިނަލީ ގެޓިން ސަމް ވޯކް ޑަން "

ކުރީގެ ރައީސް މުހަންމަދު ނަޝީދަކީ ދިވެހި ރާއްޖޭގައި ޓްވިޓަރ ކިންގެވެ. " ފޭކް " ފޮލޯވާސް ގަނެގެން ނަޝީދުގެ ފޮލޯކުރާ "181 ކޭ " (އެއްލައްކަ އައްޑިހަ އެއްހާސް) މީހުން އެބަތިއްބެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ ޓްވިޓަކުން ޓްވިޓަރ ގައި ބޮޑެތި ބަހުސްތަކެއް ކުރެވިގެން ދެއެވެ.

މިއީވެސް އެފަދަ އެއް ޓްވިޓެވެ. މިމަހުގެ ބާރަވަނަ ދުވަހުގެ ރޭ ހިއުމަން ރައިޓްސް ލޯޔާރ އަދި ނަޝީދުގެ އެކުވެރި ޖެރަޑް ގެންސާ، ނަޝީދުގެ ކޮމިއުނިކޭޝަން އެޑްވައިސާ ޕޯލް ރޮބާޓްސް، ސަބްރާ ނޫރުއްދީން އަދި ޝައުނާ އައިމިނަތު ޓެގް ކޮށް ޖޫލިއާ ޕިކެޓީ، ރައީސް ނަޝީދާއެކު ނަގާފައިވާ ފޮޓޯއެއް ވަނީ ޓްވިޓާއަށް އަޕްލޯޑުކުރައްވާފައެވެ. ކޮން މަސައްކަތަކެއްކަން ހާމަނުކޮއް މަސައްކަތް ތަކެއް ކުރަން ފަށައިފައިވާކަމަށް ބުނެ ޖޫލިއާ ޕެކެޓީ އާމުކުރައްވާފައިވަނީ ނަޝީދުއާއިއެކު ނަގާފައިފައިވާ ސެލްފީއެކެވެ.

ބަލާބެލުމަށް އާދައިގެ ސެލްފީއެކެވެ. ނަމަވެސް ކަންތަށް ވީ އެހެނަކުން ނޫނެވެ. އަބަދަކު އެންމެން ހަމައިގައި ތިބެން ނުވާނެކަމަށް ވިދާޅުވި ނަޝީދާއި ޖޫލިއާގެ މެދުން ފެންނަން ހުރީ " ވައިން " ފުޅިއެކެވެ. މީގެ އިތުރުން ޓްވީޓް ކުރައްވާފައިވަނީ މައުނަފުން މެސެޖަކާއި އެކުއެވެ. " ފައިނަލީ ގެޓިން ސަމް ވޯކް ޑަން " ކަމަށެވެ.

މިހާހިސާބުން އުފެދެނީ ސުވާލެކެވެ. ކޮން މަސައްކަތެއް ތޯއެވެ؟ ހުޅަނގުގެ ދޮން އަންހެނަކާއި، ރަލާއެކު މަސްތުވެގެން ކުރާ މަސައްކަތެއް ތޯއެވެ؟ ޖަވާބު އަޅުގަނޑަކަށްވެސް ނޭގެ އެވެ. ނަމަވެސް ފާހަގަ ކޮއްލަން ޖެހޭ ކަމަކީ މީގެ ކުރިންވެސް ނަޝީދުގެ އެކުވެރި އާމާލް ކްލޫނީ އަށް " ކޮންމެވެސް މީހަކު " ޖިންސީ ޖޯނާ ކޮއްފައިވާކަމަށް ބުނެ އިވިގެން ދިޔަ ހަބަރުތަކެވެ. އޭގެ އިތުރުން އާމާލް ކްލޫނީއާއި ނަޝީދު " ހަގް " ކޮއްލައްވާ ފޮޓޯތަކެއް އާމުވެގެން ދިޔަ ތަނެވެ.

މީގެ އިތުރުންވެސް 2011 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަމުން އިސްތިއުފާދެއްވާ ވަޑައިގެންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވި  މުލީ އާގެ އިން އެމަނިކުފާނުގެ އަރިސް ބޭފުޅަކަށް އެޑްރެސް ކުރައްވާ ފޮނުއްވާފައި ހުންނެވި ރާފުޅިތަކެއް ވަނީ ފެނިގެން ގޮސްފައެވެ.

މަސްތުވުމާއި އަބަދަކު ހަމައިގައި ހުންނަން ނުޖެހުމަކީ އެމަނިކުފާނަށް އައު ކަމެއް ނޫނެވެ. ހުޅަނގުގެ ކަސްބީ އަންހެނުންނާއިއެކު ގޮނޑި ދުއްވާ ކުޅުއްވުމާއި ބަދަން އަދި ވައިން އާއި އެކު ބޮޑެތި މަސްވަރާ ބައްދަލުވުންތަށް ބޭއްވުމަކީ އެމަނިކުފާނަށް އައު ކަމެއް ނޫންކަމެވެ. ނަމަވެސް މިއީ ދިވެހިންނަށް އައު ކަންކަމެވެ. ފައިނަލީ ޑަން ވީ ކޮން މަސައްކަތެއްތޯ ބަލަމާ ހިންގަވާށެވެ. މިފަރު ޖޫލިއާ ޕެކެޓީ އަށް ޖިންސީ ގޯނާ ކުރެއްވިކަމަށް ދައުވާ ކޮއްފިނަމަ އާމާލް އަށް ޖިންސީ ގޯނާ ކުރެއްވީ ކާކުކަން އެނގިގެން ހިނގައިދާނެއެވެ.

COMMENTS: 1
  1. January 20, 2018 by ޜިޔަަލެެ Reply

    4ķނުކިޔ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.