MENU

ވަގުންނަކީ ކޮބާ ؟

ތިޔަފެނިވަޑައިގަންނަވަނީ ކުރީގެ ވެރިކަން ކުރެއްވި އަދި ޑިމޮކްރަސީ ރާއްޖެއަށް ދޮމޮކްރަސީ ގެންނެވެ ބޭފުޅާކަމަށް ވަކާލާތުކުރާ ގ. ކެނެރީގޭ މުހަންމަދު ނަޝީދުގެ ވަޒީރުންނެވެ. 2007 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ނަމަވެސް ރައްޔިތުންގެ ތާއީދު ނުލިބުމުން  7 ފެބްރުވަރީ 2011 ގައި އަމިއްލަފުޅަށް އިސްތިއުފާދެއްވައި ވަޑައިގެންނެވި ބޭފުޅެއްގެ ވަޒީރުން ކޮޅެކެވެ.

މުހަންމަދު ނަޝީދުގެ ވެރިކަމުގެ 3 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ އިސް ފަރާތްތަކެއް ވަނީ ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިކުވުމެ އަމަލުތަކެއް ވަނީފެންމަތިވެގެން ގޮސްފައެވެ. އެގޮތުން ނަޝީދު ސަރުކާރުގެ ފޮރިން މިނިސްޓަރ އަކަށް މުހަންމަދު ނަސީމް ހުންނެވިއިރު ވީނުވީއެއް ހަރަދުކުރި ގޮތެއް ހަރަދުކުރި މީހެއް ނޭގި ވަނީ 16 މިލިޔަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދު ކޮއްފައެވެ. މުހަންމަދު ނަޝީދުގެ ސަރުކާރުގައި އެމަކުފާނު ފެނިގެން ދިއައީ ނަސީމުގެ ދިފާއުގައި ވާހަކަފުޅު ދައްކަވައި ހިމާޔަތް ކުރެއްވި މަންޒަރެވެ.

ދަތުގެ ފަރުވާއަށް ކިތަންމެ ފުންނާބު އުސް ނަމަވެސް ވަޒީރުކަމަކީ ޑރ ޑީޑީ އަށް އައު ކަމެކެވެ. މުހަންމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި އިރު އަދި އޭގެ ފަހުންވެސް އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ފެނިގެން ދިޔަ އެއް ބޭފުޅަކީ ޑރ. ޑީޑީ އެވެ. ނަޝީދު ވެރިކަމަށް ވަޑައިގެން ދިވެހިރާއްޖޭގެ މަސްވެރިކަމާ ބެހޭ ވަޒީރަކަށް ޑީޑީ ވަނީ ހަމަ ޖައްސަވައިފައެވެ. މަސްވެރިކަމާބެހޭ ވަޒީރަކަށް ޑީޑީ ހުންނެވި އިރު ވަނީ ދިވެހި ދައުލަތުގެ ބަޖެޓުން 550 މިލިޔަން ދިވެހި ރުފިޔާއައް ހިޔާނާތްތެރިވެފައެވެ. މި ފައިސާއަށް ވީގޮތެއް ހަރަދުކުރިގޮތެއް ޑީޑީ އަށް ބުނެދެވިފައި ނުވި ނަމަވެސް ނަޝީދު ވަނީ ޑީޑީ ދިފާއުކުރައްވާފައެވެ.

އެމްޑީޕީ އާއި ނަޝީދު ގެ ދިފާއުގައި ކޮންމެ ފަދަ ވާހަކައެއް ދައްކަން ޖެހުނަސް ފަސްޖެހުމެއްނެތި ދައްކަވާ އެއްބޭފުޅަކީ އެމްޑީޕީގެ ޗެއަރ ޕާރސަން ހަސަން ލަތީފެވެ. ނަމަވެސް ހަސަން ލަތީފުގެ ދުލުގައި ކިތަންމެ ކުޅަދާނަކަމެއް ހުރި ނަމަވެސް ދައުލަތެއްގެ ވަޒީރުކަން ކުރެވިދާނެކަމާއިމެދު ސައްކެވެ. ހަސަން ލަތީފް ޒުވާނުންގެ ވަޒީރަކަށް ހުންނެވިއިރު ދައުލަތުގެ މާލިއްޔާތުން 210 މިލިއަން ރުފިއާއަށް ވަނީ ހިޔާނާތްތެރިވެފައެވެ. ހަސަން ލަތީފުގެ ދުލުގައި ތަޅު އެޅުވިގެން ދިޔަ ހިސާބަކީ މިއީ ނަމަވެސް މުހަންމަދު ނަޝީދު ވަނީ ހަސަން ލަތީފުގެ ދިފާއުގައި ތެދުވެ ވަޑައިގެންފައެވެ.

ދެން މިއޮތީ ރީތި ހުތުރު ކިޔައިދުމަށް އެންމެ މޮޅު ކަމަނާގެ ވާހަކަ އެވެ. އެއަށްވުރެ ބޮޑަށް ކުރުވާހަކަ ކިޔާދިނުމާއި ލިޔުމަށް ކުޅަދާނަ ކަނބަލެއްގެ ވާހަކައެވެ. އާދެ ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރ ކަން ކުރެއްވި ސިފާ ގެ ވާހަކަ އެވެ. ބާރުލާފައި ރައްޔިތުންގެ ހައްގުގައި ނިކުންނަވާއިރު ރައްޔިތުންގެ ފައިސާއިން 54 މިލިޔަން ރުފިޔާ ވީނުވީއެއް ނޭގި ވަނީ ގެއްލުވާލާފައެވެ.

މީގެ އިތުރުންވެސް އޭރުގެ ސިއްހަތާއިބެހޭ ވަޒީރު ޖަމީލާ 15 މިލިޔަން ރުފިޔާ އަދި ޑިފެންސް މިނިސްޓަރ ތޮލްހަތު 12 މިލިޔަން ރުފިޔާގެ އިތުރުން އޭރުގެ ހައުސިން މިނިސްޓަރ 715 މިލިޔަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓުން ވީނުވީއެއް ނޭގި ވަނީ ގެއްލުވާލާފައެވެ. ހިތާމަ ކުރަން ޖެހޭ ކަމަކީ މި ފައިސާ ހަރަދުކުރި މީހެއް ހަރަދުކުރި ގޮތެއް އެނގެން ނެތް ކަމެވެ. އަދި އޭރުގެ ރާއްޖޭގެ ދައުލަތުގެ އެންމެ އިސްވެރިޔާ މުހަންމަދު ނަޝީދު ވަނީ މި ހުރިހާ ބޭފުޅުންގެ ހިމާޔަތުގައި ވަރަށް ބާރަށް " އަނގަ ފުޅާ " ކުރެއްވިތަނެވެ. ވަގުންނަށް ހިމާޔަތްދެއްވިތަނެވެ. މިއިން ބޭފުޅަކަށް އަދަބު ދެއްވާ ކުއްވެރި ކުރެއްވުމުގެ ބަދަލުގައެވެ. އެހެންކަމުން ވަގުންނަކީ ކޮބައިކަން ވަރަށް ސާފެވެ.

COMMENTS: 7
 1. January 16, 2018 by ާަާ ނަސީިރު Reply

  ޓތީިހަމަ ހުސވަގުނ

 2. January 16, 2018 by ޚާލިދު ވަޙީދު Reply

  ޥަރަށް ރަނދަޅު ތެދު ވާހަކަ ތެކެވެ. މިއީ ރައްޔިތުންނަށް އެގެންޖެހޭ ކަންކަމެވެ.މިiވަގުން އެހެންމީހުނާ ދި.ާއަށް ވަގަށް ގޮވާނީ.. މުޙަންމަދު ނަސީމް އެއްނޫން "އަޙްމަދު ނަސީމް" ކެރަފާ.

 3. January 17, 2018 by އަލިމަނިކު Reply

  ކީއްވެގެންބާ މިމީހުންގެ މައްޗައް ދައުވާ ނުކޮށް ދޫކޮށްފަ ތިބީ. ސިއްރަކީ ކޮބާ

 4. January 18, 2018 by Anonymous Reply

  މިލިޔުނު މީހެއްގެ އަމާ ފުއި

 5. January 19, 2018 by Anonymous Reply

  ކީއްވެތޯ ދައުވާ ނުކުރަނީ

 6. January 21, 2018 by ޔާމީން Reply

  އޯކޭ. ގައިމު މިސަރުކާރަކީ ވަގުން ދޫނުކުރާނެ ކަމަށް އަގަ ފުޅާކޮށް އަގަ ފަޗަރާ ކުރާ ސަރުކާރުތާ. ލޯ ލާރި ފޮއްޗެއްވެސް ސަރުކާރަށް ދޭން އޮތް މީހެއްގެ އިދިކީއްޔަށް ހަން ނޮޅާލާ ސަރުކާރުތާ. ވީ އިރު މި ވަޒީރުން ތަކުގެ މައްޗަށް ދަޢުވާ ނުކޮށް އެއިން ހަމަ އެކެއްގެ މައްސަލަވެސް ތަޙުޤީގު ވެސް ނުކޮށް މިސަރުކާރު މި އޮތީ ކީއްވެ؟؟؟
  ދެން ފަހަރަކުން އިންސާނުން ގެ ބުއްދި ޤަބޫލު ކުރާ ކަހަލަ ވާހަކަ އރއްލިޔަމާ؟؟ ދޮގެއްވިޔަސް

 7. March 10, 2018 by ާމަށޭ Reply

  ވެރިކަމަށް އައީ 2008 ގައި. އިސްތިއުފާ ދިނީ 2012 ގައި

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.