MENU

" ނަފްސީ" އަކީ ފައިސާއިން ނެގޭނެ އެއްޗަކަށްވުރެ، ލޯތްބާއި އަޅާލުމުން ނެގޭނެ އެއްޗެކެވެ.

އޯގާތެރިކަމާއި ލޯތްބަކީ ހަމަ ކޮންމެ އިންސާނަކުވެސް ބޭނުންވާނެ އެއްޗެކެވެ. ދިވެހި ރާއްޖޭގެ މިއަދުގެ މަހާރެހެންދި މެޑަމް ފާތިމަތު އިބްރާހިމް ދީދީ ގެ އޯގާތެރިކަމާ  ހިތްތިރިކަމަކީ އައު ވާހަކައެއް ނޫނެވެ. އޯގާތެރިކަމާ އިސްލާމްދީނުގައި އަހުވަންތަކަމުގެ މާތްކަން  ޤުރުއާނާ ސުންނަތުން ސާބިތުވެއެވެ.

ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ

تَبَسُّمُكَ فى وجُهِ أَخِيْكَ صَدَقةٌ وَأَمْرُكَ باِلْمَعْرُوفِ صَدَقةٌ وَإِمَا طَتُكَ لأَذَى وَالشَّوكَ وَالعَظْمَ عِنِ الطَّريقِ للكَ صَدَقةٌ وَإِفْراغُكَ مِنْ دَلْوِكَ فى دَلْوِ أَخِيْكَ لَك صَدَقةٌ وَبَصَرُكَ لِلرَّجُلِ الرَّدِى ءِالبَصَرِلَكَ صَدَقةٌ (البخارى)

މާނައީ : ތިބާގެ އަޚާގެ ކުރިމަތީ ހިނިތުންވެލާ ހިނތުންވުމަކީ ޞަދަޤާތެކެވެ. ތިބާ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް މަނާ ކުރާކުރުމަކީ ޞަދަޤާތެކެވެ. މަގުމަތިން އުދަގުލާއި ކަށި އެއްފަރާތަކަށްލާ ލުމަކީ އިބައަށް ލިބިގެންވާ ޞަދަޤާތެކެވެ.އިބަގެ އަޚާގެ ދާންޏަށް ފެންފުރާދޭ ދިނުމަކީ ޞަދަޤާތެކެވެ. ލޯކޮށިމީހަކަށް އިބަގެ ލޮލުން އެހީވެދޭ އެހީދިނުމަކީ ޞަދަޤާތެކެވެ.

 

.ބަލިމީހުންނަށް ޒިޔާރަތް ކުރުމާ އެފަދަ މީހުންނަށް އަޅާލުމުގެ މާތްކަމާއި ގުޅޭގޮތުން ކިރިތި ރަސޫލާ ހަދީޘް ކުރައްވާފައިވެ

[ داووا مرضاكم باالصدقة ]

މާނައީ: " ތިޔަބައިމީހުންގެ ބަލިމީހުންނަށް ޞަދަޤާތުން ފަރުވާކުރާށެވެ"

( الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ، ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ ) رواه الترمذي

މާނައީ: ރަޙުމުކުރާ މީހުންނަށް ރަޙްމާންވަންތަ އިލާހު ރަޙުމު ކުރައްވަވައެވެ. ތިޔަބައިމީހުން ބިންމަތީގައިވާ މީހުންނަށް ރަޙުމުކުރާށެވެ. (އޭރުން) އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެއެވެ.

لاَ يَرْحَمُ اللهُ مَنْ لاَ يَرْحَمُ النَّاسَ"[4]

މީސަތަކުންނަށް އޯގާވެރިނުވާ މީހަކަށް ﷲ އޯގާތެރިވެ ވޮޑި ނުގަންނަވާ ހުއްޓެވެ.

އެހެންކަމުން ލޯތްބާއި އަޅާލުން ރައްޔިތުންނަށް ދީ އެލޯތްބާއި އަޅާލުން ރައްޔިތުން ދޭން ފެށުމުން އެކަމަށް ހަސަދަވެރިވުމަށްވުރެ ހަޤީގަތް ޤަބޫލުކުރުން އައުލާކަން ބޮޑެވެ. ހަސަވެރިކަމަކީ މީހާ ހަލާކުކޮަށް ނަރަކަޔަށް ކޮށާލެވޭ ދޮރެކެވެ. ހަސަދައިގެ ނުބައިކަން ސިފަކޮއްދެއްވާފައިވަނީ އަލިފާން ދަރު އަންދާލާ ފަދައިން މީހާގެ ހެޔޮކަންތައް ފުހެލާނެ ފަދަ ނުބައި ކަމެއްގެ ގޮތުގައެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.