MENU

ކުޅެދޭ މީހުން ނެކުޅެދޭ މީހުންނަށް ހެއްދެވި ރާނީ

2018 ވަނަ އަހަރު ސައިންސުވެރިން ސިފަކުރަނީ " ތޫފާންތަކުގެ އަހަރު " ގެ ގޮތުގައެވެ. ކުޑަނަމަވެސް ފުދުންތެރި މި ރާއްޖެއަށް މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން 2018 އަކީ "އުންމީދީ އަހަރެއް" ގެ ގޮތުގައި ވެގެން ދާނެއެވެ. އެގޮތުން 2018 ވަނަ އަހަރު ފެށިގެން އައީ 500 އެތަށް އާއިލާއަކަށް ފަސޭހަޔާއި ލިއްބައިދިން އުފާވެރިކަމަކުންނެވެ. " ހިތާނީ ފެސްޓިވަލް " ގެ ނަމުގައި ސަދަގާތު ފައުންޑޭޝަނުން ބޭއްވި ހަރާކާތުގެ ނިމުން ފާހަގަ ކުރުމައިގެންނެވެ. މި ހަރާކުތުގެ ޝަރަފްވެރި މެހުމާނަކަށް ހުންނެވީ ދިވެހިން އެބޭފުޅަކަށް އިހްތިރާމާ ގަދަރު ދެވިގެންވީ " ސަން ޝިޔާމް " އެވެ. ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ރާއްޖޭގެ ފަސްޓްލޭޑީ މެޑަމް ފާތުންއަށް ކުރެއްވި ހުށާމަދެއްގައި ދެއްކެވުނު ވާހަކައެއް މީސް މީޑިއާގައި ނިކަން " ވައިރަލް " ވެއްޖެއެވެ.

ފަސްޓް ލޭޑީ މެޑަމް ފާތުމަތު އިބްރާހީމަށް އިޝާރާތްކުރަށްވާ މި ޖީލަށް ﷲ ދެއްވި ރަހުމަތެއްކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ "މި އިންނެވި ރާނީ އެކުރާ ކަމަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެދުން، އަންހެނުން އަންހެނުންގެ ބާރުވެރިކަން ކުރުވުން، އަދި މީހުންނަށް އޯގާތެރިކަމާއި ލޯބިއެއީ ކޯއްޗެއްކަން އެރާނީ އެބަ ދަސްކޮށްދެއްވާ" ކަމަށެވެ. ވާހަކަފުޅު ނިމެވުމަށްފަހު އަލުންވަނީ އެ ކުށައް މައާފަށް އެދިވަޑައިގެންފައެވެ. އެއާއިއެކު ހަފްލާގެ ބައިވެރިންގެ ތުންފަތްތަކަށް ވެރިކުރުވީ " ލާނެތް " ހިންޏެކެވެ. ފެނިގެން ދިޔައީ ރާއްޖޭގެ މިހާރުގެ މަހާރެހެންދިވެސް ތައުހީދުގެ ކަލިމަ ވިދާޅުވެ ހިނނިފުޅު ވެޑުއްވިތަނެވެ. ޝިޔާމަށް ދޫއޮޅުނީއެވެ.

ކުންހީއެކެވެ. ޝިޔާމަށް ވިދާޅު ވެވުނީ ގޯސްކޮން ކަމަށް މީހުނަށް ހީފުޅުވެލެއްވި ނަމަވެސް ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ކުޅެދޭ މީހުން ނުކުޅެދިފައި ތިބުމަށް ވުރެ ބޮޑު ނުކުޅެދުން ތެރިކަމެއް އޮންނާނެތޯއެވެ؟ ކުޅެދުންތެރި ކަމާއި އެކު ދެއަތް އުރާގެން ތިއްބެވުމަށްވުރެ ބޮޑަށް ހާއްސަ އެހީތެރިކަމެއް ބޭއްނުންވާނެކަމެއް އޮންނާނެތޯއެވެ؟ ޝިޔާމު ވިދާޅުވީ ރަނގަޅަށެވެ. ކަމަނާއަކީ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހެއްދެވި ރާނީ އެވެ.

ރާއްޖޭގެ ވެރިކަން ކުރެއްވި ކޮންމެ ރައީސަކީ އެއް އަނބިކަނބަލެއް ނުވަތަ އެއަށް ވުރެ ގިނައިން އަނބި އަނބިކަނބަލުން ތިއްބެވި ބޭބޭ ފުޅުންނެވެ. ނަމަވެސް ކަމަނާ އަށްވުރެ ހިންގުންތެރި ބޭކަނބަލަކު ނުފެނެއެވެ. ފެނުނީ އަތްއުރާގެން ތިއްބެވި މަހާރެހެންދިންނެވެ. ބޮޑާކަމާއެކު އެކަނބަލުންގެ ފައިބުޑަށް ތިރިވެ ސަލާންޖެއްސުމުގެ އުސޫލު ގެންގުޅުއްވިތަނެވެ. އެހެންކަމަށް ވާނަމަ މަހާރެހެންދި ހެދިފައި ތިބުމަށްވުރެ ބޮޑު ނުކުޅުދުންތެރިކަމެއް އޮންނާނެތޯއެވެ؟

ބޮޑާކަމާއެކު ލިބާފުގެ ފަސްބައި ދަމަމުން ޖަލްސާތަށް ފަޅުފިލުއްވި މަހާރެހެންދިންވެސް ދެކިފީމުއެވެ. ރައްޔިތެއްގެ ހާލު ބައްލަވާލެއްވުމެއް ކީއްކުރަންތޯއެވެ އެއިން ރައްޔިތަކާއި ސަލާންކޮއްލުމެއް ނެތެވެ. ހިތް ތިރިކަމާއެކު ރައްޔިތަކާއި ވާހަކަ ދައްކާލިތަނެއް ނުދެކެމެވެ. ނަމަވެސް އަދު ކަމަނާ ކުރުފަލި ޖައްސަވާ ކަނޑިކި އަރުވައި ޖައްސަވާ އެއްގެއިން އަނެއްގެއިން އެއްރަށުން އަނެއްރަށުން އެކެއްގެ ހާލު ބައްލަވަމުން އަނެކެއްގެ ބޭނުންތަށް ފުއްދަވަމުން ތިޔަ ގެން ދަވަނީ ހަމަ ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހައްދަވަމުންނެވެ.

އިޖްތިމާއީ ގޮތުން އަލިފުން ޔާ އަށް ކުރައްވަމުން ތިޔަ ގެންދަވާ މަސައްކަތްޕުޅު ތަކަކީ ހަމަ ކަމަނާގެ ކުޅެދުންތެރި ކަމުގެ ނަމޫނާއެވެ. ނަމޫނާ މަހާރެހެންދިއެއްގެ ކުޅެދުންތެރިކަމެވެ. ދެއަތް އުރާގެން ބޮޑާކަމުގެ ދާނުގައި ތިއްބެވި ފައިތުވެފައިވާ މަހާރެހެނަދިންގެ ނުކުޅެދުންތެރި ކަމެވެ. އެފަދަ ކޮންމެ ނަން ހިނގާ ކަނބަލެއްގެވެސް ނުކުޅެދުންތެރި ކަމެވެ. ކަމަނާއެވެ. ގަބޫލުފުޅު ކުރަށްވާށެވެ. ތިޔައީ ކުޅެދޭ މީހުން ނެކުޅެދޭ މީހުންނަށް ހެއްދެވި ރާނީ އެވެ.

 

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.