MENU

އުމަރު ނަސީރަށް " މިޔަ " މަތިންކީ " ތޫނު " މަރުހަބާ!

ސިޔާސީގޮތުން އުމަރު ނަސީރަކީ ފުންނާބު އުސް ބޭފުޅެކެވެ. އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި 2005 ވަނަ އަހަރު ޕާޓީއެއް އުފަށްދަވާ އިސްލާމީ ޝަރީއާ ޤާއިމްކޮށްދެއްވުމަށް މަސައްކަތް ކުރަން ފެށި ހިސާބުން ރައްޔިތުންގެ ގިނަ ބައެއްގެ ތާއީދު އުމަރު ލިބިގެން ދިޔައެވެ. ނަމަވެސް 2007 ވަނަ އަހަރު އުމަރު ވެރިކަމަށް މަސައްކަތް ފެށި ހިސާބުން ރައްޔިތުން ކުރަމުން ގެންދިޔަ ތާއީދު ގެއްލުނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ އޮޑިއެއް ގެ ކައްޕި އޮޑި ދޫކޮށް ފުންމާލުމުގެ ޝަރަފު އުމަރު ނަސީރު ހޯއްދެވިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ އުމަރު ނަސީރު ޑީއާރުޕީ އާއި ގުޅުނު މަންޒަރެވެ. އެއާއެކު އަނެއްކާވެސް އުމަރުގެ ހުނަރުވެރިކަމަށް ގިނަބައެއްގެ ތައުރީފުތަށް ދިޔައީ އޮހެމުންނެވެ. އޭގެ ފަހުން އުމަރު ނަސީރު ޖުމަހޫރީ ޕާޓީ އާއި ގުޅިވަޑައިގެން މަސައްކަތް ކުރަށްވަން ފެއްޓެވިއެވެ. ގިނަ ދުވަސްތަކެއް ނުވެ ދެން އިވިގެން ދިޔައީ މިހާރުގެ ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އަށް ސޮއިކުރެއްވި ހަބަރެވެ.

އުމަރު ނަސީރުގެ ކޮންމެ ޕާޓީއެއްގައި މަސައްކަތް ކުރެއްވިނަމަވެސް ފާހަގަކޮއްލެވޭ އެއްކަމަކީ ސިޔާސީގޮތުން އަބަދުވެސް ކަނޑިއާއި ކަނޑި ޖައްސަވާގެން ހުންނަވަނީ ކެނެރޭގޭ ނަޝީދުއާއި ކަމެވެ. ބަހުގެ ވަރުގަދަ ހަމަލާތަކުން ފެށިގެން ސިސާސީގޮތުން ގަދަ ހިފަނީވެސް ހަމަ ނަޝީދާއި ކަމެވެ.

އެގޮތުން ޕީޕީއެމްގެ ތެރޭގައިވެސް އުމަރު ނަސީރު ހުންނެވީ ކުރީގެ ރައީސް ނަޝީދާ ފިސާރި ވިއްދާލާފައެވެ. ނަޝީދުގެ ވެރިކަން ވައްޓާލުމުގައިވެސް އުމަރު ނަސީރުވަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަށްވާފައެވެ. އޭގެ އިތުރުން އުމަރު ނަސީރު ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް ގެންދެވީ އިދިކޮޅު އެމްޑީޕީއާއި ވަރުގަދަޔަށް ސިޔާސީ ހަނގުރާމަ ކުރަށްވަމުންނެވެ.

ޒަމާންގަނޑަކަށް އުމަރުނަސީރު ސިޔާސީ މައިދާނުން " ގެއްލުމަށްފަހު " އަނެއްކާވެސް ސިޔާސީ މައިދާނަށް އުމަރުގެ ތަރި އަރައިފިއެވެ. މިފަހަރު އިދިކޮޅު ޖުމްހޫރީ ޕާޓީގެ ފަލަކުގައެވެ.

ފަލަސުރުހީތަކުން އުމަރު ނަސީރު ޖާގަ ހޯއްދެވީ ފިސާރި ހަލުވިކަމާއި އެކު ނަމަވެސް އިދިކޮޅު ކޯލީޝަނުގެ ހިތް މިފަހަރު އަތުލައިގަންނާކަށް ފަސޭހައެއް ނުވިއެވެ. އިދިކޮޅު ފަރާތްތަކުން އަދިވެސް އުމަރު ސިފަކުރަނީ ގައްދާރެއްގެ މިސާލުގައެވެ. މިކަން އެންމެ ރަނގަޅަށް ހާމަވެގެން ދިޔައީ ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އިދިކޮޅު ކޯލީޝަންގެ ސަޕޯޓަރުން އުމަރަށް މިޔަމަތިން ކީ ތޫނު މަރުހަބާއާއި އެކުއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.