MENU

މިނިވަންކަމުގެ އަގު ކެނެރީގޭ ނާޅިން ވަޒަންނުކުރާށެވެ.

ދަންނަވަންތޯއެވެ؟ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކައަކީ ދައްކާ ނިމޭނެ ވާހަކައެއް ނޫނެވެ. ބައެއްގެ ނާޅިން މިނިވަންކަން މިނަން އުޅެފިނަމަދެން ވާނޭގޮތާއިމެދު ތަސައްވަރު ކޮއްލައްވާށެވެ. މި ލޮބުވެތި ދިވެހިރާއްޖެއަށް ދެންވާނެ ގޮތެވެ؟ ދޮންވެލި ގޮނޑުދޮއްތަކާއި ސާފު ވިލު ނޫކުލާގެ މުރަކައިގެ ބަގީޗާތަކުން އަޅުގަނޑުމެންނަށް ލިބިދޭ ނަފާ އެހެން ގައުމެއްގެ ހަޒާނާއަށް ވަންނަ ނަމަ ދެން ވާނޭ ގޮތެވެ. އަހަރެމެންގެ ޅަދުވަހުންސުރެ އުޅެ ބޮޑުވި ފަސްގަނޑުގައި ހޭދަވާ ކޮންމެ ސިކުންތަކަށް ބަޔަކަށް އަގު ދޭންޖެހިއްޖެ ނަމަ ދެންވާނޭ ގޮތާއިމެދުއެވެ. ކުޑަކުދިންނާ އަންހެނުން ކާއެތިކޮޅަކަށްއެދި މަގުތަށް މަތީ ސަލާން ޖަހަން ޖެހިއްޖެ ނަމަ ތިބާޔަށް އޭގެން ކުރާނެ އަސަރެވެ.

ހިތް ކުދިކުދިވެ ހިގައިދާނެއެވެ. ވޭނީ ގިސްލުމުގެ އާހް ލެވޭނެއެވެ. އެހެންކަމަށް ވާނަމަ ވިސްނަވާށެވެ. ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ބަޔަކު މިއަދު ކުޅެމުން އެގެންދާ ކުޅިވަރުގައި ނުޖެހޭށެވެ. އިނގިރޭސީންނަކީ އަހަރެމެންގެ މި ރާއްޖެ ކަހަލަ ކުދި ގައުމުތަށް އިސްތިއުމާރުކުރުމަށް އަރާތިބި ބަޔެކެވެ. މިނިވަންކަމަށް ފެންބޮވައިގެންފައިތިބި ދިވެހިން އިހު އިނގިރޭސީންގެ އަޅުވެތިކަމުގައި އުޅެފީމުއެވެ.

ސިޔާސީ މަންފާއެއް ބަޔަކަށް ހާސިލްކޮއްދިނުމުގެ ނަމުގައި އަޑީގައި ތިބެ ދިވެހިންގެ ބަޔަކު ކުރިޔަށްނެރެ އިނގިރޭސީން މިއަދުވެސް ކުޅެމުން އަންނަނީ ހަމަ އިސްތިއުމާރީ ކުޅިގަނޑެވެ. ފައިސާއާއި ސިޔާސީ އަދި ބައިނަލް އަގްވާމީ ނުފޫޒު ބޭނުންކޮއް އިނގިރޭސީން މިއަދުވެސް ބޭނުންވަނީ ދިވެހިރާއްޖެއަކީ އެމީހުން ޖެހި ބެރަކަށް ނަށަންތިބި ބަޔަކަށް ހެދާށެވެ.

ސޮރީއެވެ. އެދުވަސް ފަސްދީފިއެވެ. ކެނެރީގޭ ހާއިނުންނާ އެކު އިނގިރޭސީން މިއަދު ކުޅެމުން އަންނަ ކުޅިއަށް ދިވެހިންތިބީ ހޭނިފައެވެ. ގައުމަށް ފެހި މާދަމައަކަށް އެދި ދައްކަމުންދާ ދަޅަ މިއަދު ދިވެހިންނަށް އަލެއް ނޫނެވެ. ދިވެހިން އޭރުވެސް މިހާރުވެސް ގަބޫލުކުރާއެއްކަމެއް އޮވެއެވެ. ކެނެރީގޭ ހާއިނުންނެއް ދިވެހިންނަކަށް ހެވެއްނޭދޭނެކަމެވެ.  ރާއްޖޭގެ މިނިވަންކަމުގެ ވާހަކަ ދައްކަން ކެނެރީގޭ މީހުންނަކީ ކުފޫހަމަވާ ބައެއް ނޫންކަމެވެ.

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.