MENU

ފަށައިފި! ނިންމައިފި! ހުޅުވައިފި!

މިއީ އިއްޔެއާއި މިއަދުގެ ތަފާތެވެ. އޭއާއި މިހާރުގެ ފަރަގެވެ. ކަން ކުރަން އުޅުމުގެ ބަދަލުގައި ކަން ކޮން ނިންމުމުގެ ތަފާތެވެ. "ސަޅިބައިސާ" ކެނޑުމާއި އަމަލީމަސައްކަތުގެ ތަފާތެވެ. ކަޅާއި ހުދުގެ ހުވަފެނުން ރައްޔިތުނަށް އަވާމެންދުރު ދެއްކުމާއި އުންމީދީ ކުލަތަކުން ބޮޑުމަންޒަރު ދެއްކުމުގެ ތަފާތެވެ.

ފަށައިގަންނަން ގަސްތުކުރަނީ މާޒީންނެވެ. ކޮންމެ ދުވަހެއްގެ ރޭޑިއޯ ހިތާބުންނެވެ. އުންމީދުން ފުރިގެންވާ ކުލަނުވި ހުވަފެންތަކަކުން " މޯރނިންގ ކަނޑާލައެވެ." އެތަކެއް ރަށެއްގެ ބަނދަރު ކޮނެ ބޮޑުކޮށް އަޅަން ނިންމައެވެ. ކޮންމެސް ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ފަށައެވެ. މަގުތަކުގައި ހިޔާލީ ފޮލާ ގެ ތާރުގަނޑު ދަމާލައެވެ. ކޮންމެވެސް ރަށެއްގެ ބިންހިއްކަން ފަށައެވެ. ހިތާމައަކީ 3 އަހަރު ނިމިގެން ދިޔައިރުވެސް މިއިން އެއްވެސް ކަމެއް ފެންނަން ނެތުމެވެ. ކުރެވުނު ކަމެއްވިއްޔާއި  ވަޑައިގަތީ އަޅީއަށް ހައްދަވާފައެވެ.

ފެންނަން ހުރިއްޔާއި ގަބޫލުކުރަން ފަސޭހަވާނެތާއެވެ. ރޭޑިއޯ ހިތާބެއް ނުދެއެވެ. ފޮނި ވާހަކަތަކެއްވެސް ނުދައްކަވައެވެ. ސަޅިބައިސާއެއްވެސް ނުކަޑައެވެ. ނަމަވެސް ފެނިގެން މިދަނީ ބަނދަރުތަށް ބޮޑުކުރަން ފެށިމަންޒަރެވެ. ނުވަތަ ބަނދަރުތަށް ހަދާ ނިންމުމަށްފަހު ހުޅުވާ މަންޒަރެވެ. ފެނާ ނަރުދަމާގެ ހޮޅިތަށް ގޭގޭދޮރުމަތިން ސަލާންގޮވާލާތަނެވެ. ޒުވާން ޖިންސުންލަތީފުން ހަވީރު ފިންޏައް ޅަނދޮޅު އަންހެންވެރިންނަށް ފޮނިދައްކަމުން ތާރުއެޅިމަގުތަކުގައި ދުއްވާތަނެވެ.

ދަންނަވަންތޯއެވެ. " ދައިގަންނަން އުޅޭ ކުއްތާއެއް ވައް ވަކެއް ނުޖާހާނެއެވެ." ހަމަ އެބީދައިން "ތަރައްޤީކުރަން އުޅޭ ރައީސެއް ފޮންޏެއް ނުކަނޑާނެއެވެ." މިއީ އިއްޔެއާއި މިއަދުގެ ފަރަގެވެ. ރޭޑިއޯ ހިތާބަކާއި ހަމައިން ނިންމާލި ތަރައްޤީގެ ކަޅު ހުވަފެންތަކާއި އުންމީދީ ކުލަތަކުން ނިންމައިދިން ތަރައްޤީގެ ތަފާތެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.