MENU

އިއްޔެ ކަނޑިއާއި ބަޑިންނެވެ. މިއަދު ދުލާއި ގަލަމުންނެވެ.

1989 ވަނަ އަހަރުގެ ނޮވެންބަރ މަހުގެ 3 ވަނައަށްވީ ބުރާސްފަތި ދުވަހަކީ ދިވެހިންގެ ހިތްތަކުން ފިލާގެން ދާނޭ ހަނދާންތަކެއް ނޫނެވެ. ކުށެއްނެތް 19 ދިވެހިން ޝަހީދުކޮއް އެ ތޯހިރު ލޭ ދިވެހި މި ވަތަނާ ކަނޑުތަކަށް އޮހޮރުވާލީ އެތަކެއް ހިތްތަކެއް ކަރުނަ އަޅައަޅާ އޮއްވައެވެ. އެތަކެއް މަޔަކާ ބަފަޔެއްގެ ހިތް ކަރުނުން ތެއްމާފައެވެ. އަނބިންނެއް ހުވަފަތްކޮއްފައެވެ. މައުސޫމު އެތަކެއް ދަރިންނެއް ނިކަމެތިކޮއްލުމަށްފައެވެ.

ހިތާމައާއި ބިރުވެރިކަމުން ފުރިގެންވާ " ބަޑި ބުރާސްފައްޗަކީ " ދިވެހިންގެ ތެރެއިން ހާއިނުންކޮޅަކާއި އަވައްޓެރި ގައުމެއްގެ ގޮތުގައި އޮތް ކޮޅުބުގެ ބަޔަކާއި ގުޅިގެން މި ލޮބުވެތި ވަތަނުގެ މިނިވަންކަމާއި އިސްތިޤުލާލުނަގާލާ ވެރިކަން ހޯދުމުގެ ނިޔަތުގައި ގައުމަށް " ބާއީން " ފާވި ދުވަހެވެ. ދިވެހިންގެ ދިވެހިވަންތަކަމާ އިސްލާމީވަންތަށް ސިފަތަށް މިގައުމުން ބީވެދާނެކަމުގެ ބިރު މަދު ވަގުތުކޮޅަކަށް ނަމަވެސް ދިވެހިންގެ ހިތްތަކަށް ވެރިކުރުވި ދުވަހެވެ. މިނިވަންކަމުގެ ހިޔާއިން ނިކުމެ އަޅުވެތިކަމުގެ ދިލަ ހޫނުން ދިވެހިން ފިހިދާނެކަމުގެ ނުތަނަވަސްކަން ވެރިކުރުވި ދުވަހެވެ.

ސައްކެއްނެތެވެ. ޤައުމީ ލޯބި ނެތް ނަމަވެސް ދިވެހި ލޭ ހިނގާ " ދަރީންތަކެއް " މި ހުއްބުލް ވަތަނަށް މިފަދަބޮޑު ގެއްލުމެއް ދިނުމަށް ގަސްތުކޮއްފާނޭކަމަށް ހިޔާލު ކޮއްލެއްވީމުތޯއެވެ؟ ކޮޅުނެތްކޮޅަށް ހިތާމައެވެ. ސައްކެއްނެތެވެ. އަވައްޓެރިންނާއި ގުޅިގެން މިފަދަބޮޑު ގެއްލުމެއް ގައުމަށް ދިނުމަށް މި ނުބައި އަމަލު ހިންގީ " ކެނެރީ " އާއިލާ ގެ ޣައްދާރުން ކަމާމެދު ދެބަސްވެވޭނޭ ދިވެއްސެއް ނުހުންނާނެއެވެ.

1989 ވަނަ އަހަރު ނޮވެންބަރ 3 ވަނަ ދުވަހު ރާއްޖެ ހިފަން ކެނެރީ ޣައްދާރުން މަސައްކަތްކުރީ ކޮން މަގުސަދެއްގައިތޯއެވެ؟ ދިވެހިންނަށް މިފަދަބޮޑު ގެއްލުމެއްދިނުމަށް ފެންބޮވައިގަތީ ކޮން ނިޔަތެއްގައި ތޯއެވެ؟ ހަމަ އެންމެ މަގުސަދެއްގައެވެ. ވެރިކަމުގެ ދަހިވެތިކަމުގައެވެ.

އަދުވެސް ފެނިގެންމިދަނީ ހަމަ މި މަންޒަރެވެ. ކެނެރީގޭ ޣައްދާރުން ވެރިކަމުގެ ދަހިވެތިކަމުގައި އަވައްޓެރި ބައެއްގެ މަދަދަށް އެދެމުން ދާތަނެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތް ކުރަމުން ދާތަނެވެ.  ހަމަ އެއްމަޤުސަދެއްގައެވެ. ހަމަ އެއް ބަޔެކެވެ. ތަފާތަކީ ހަމަ އެންމެ ތަފާތެކެވެ. އިއްޔެ މި ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރީ ކަނޑިއާއި ބަޑިންނަމަވެސް މިއަދު އެމަސައްކަތް ކުރަނީ ދުލާ ގަލަމުން ކަމެވެ. ދަންނަވަންތޯއެވެ. ބަޅުންގެ ނަގޫ ސަންފާ އޮނަކަށްލިއަސް ތެދު ނުވާނެކަން ދަންނާށެވެ.

COMMENTS: 1
  1. December 25, 2017 by ޢަލީ އަސްލު ޕާޓީ ޕީޕީއެމް Reply

    16 ހެޔޮނުބައި ވިސްނޭ ކޮންމެ އިންސާނަކަށް ރަނގަޅު ނުބައި އެނގޭނެނޭގޭނެއެވެ ގަބޫގަބޫލު ކުރާ ގަބގަބޫލގަބޫލުކުރުން ތަފާތު ކުރުގޮތަކަށް ދެންނެވެންއޮތީމިހެން

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.