MENU

ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

ސަރުކާރެއް އިންތިޙާބުކުރަނީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުމަށެވެ. ރައްޔިތުންނާއި ހަމައިން ރައްޔިތުންނަށާއި ގައުމުގެ އަމަން އަމާންކަމާއި، ސުލްހަ މަސްލަހަތާއި އިސްތިޤުލާލް ދެމެހެއްޓުމަށް ސަރުކާރު މުހިންމު ދައުރެއް އަދާކުރެއެވެ. ނަމަވެސް މިއަދުގެ ހާލަތު ތަފާތެވެ. ރާއްޖޭގެ އުތުރާ ދެކުނުން ފެނިގެންދަނީ ވައްކަމެވެ. ދައުލަތުގެ ބައިތުލްމާލުގައި ބޮޑު ލާރިއެއް އޮތަކަ ނުދެއެވެ. އޮތިއްޔާ ނަގާ ލަނީ ޖީބަށެވެ.

2013 ވަނަ އަހަރު ރައްޔިތުންގެ ބާރުވެރިކަމުން ބާރުލިބިގަނެ ސަރުކާރު ހިންގުމާއި ހަވާލުވި ކާމިނީގޭ ޔާމީނެވެ. އެއާއެކު އިދިކޮޅު ފަރާތްތަކުން އެބުނާ ވައްކަމުގެ ކުޅިގަނޑު ފެށުނީއެވެ. ވާހަކަ ފަށަން ގަސްތުކުރަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނެވެ. ރަނގަޅެވެ! ފުރަތަމަ ދައްކާނީ 800 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ކުޅިގަނޑު ފެށުނު ހިސާބުންނެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިއިރު 800 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރެއްވި ހިސާބުންނެވެ. ކަށަވަރެވެ. އެހެންނޫންނަމަ އިނދަ ޖެހި ބަނޑަށްޖެހިފައިވާ އެސްޓީއޯ މިއަދަކު ފެންނަން ނެތީހެވެ. ބަނގުރުޓުވެ ދިޔަތާ ކިތަންމެ ދުވަހެކެވެ. އެދުވަހު ކުރެއްވި 800 މިލިޔަން ޑޮލަރުގެ ވަގު ވިޔަފާރީގެ ފައިދާ މިއަދު އެސްޓީއޯ ބިލިޔަނުން އަހަރަކު އެހެރަ ގެންދަނީ ގުނަމުންނެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

އެސްޓީއޯ އަށްފަހު ދެން ފެއްޓެވީ ދައުލަތުގެ ބަޖެޓުންނެވެ. ވެރިކަމާއި ހަވާލުވެ ވަޑައިގެން 300 މިލިޔަން ޑޮލަރުގެ ވައްކަމެކެވެ. ދައުލަތުގެ ހަޒާނާއިން ނެންގެވިގޮތަށް ޖަމާކުރެއްވީ " ގާދޫކޮލު ބޭންކް " އާއި އެވެ. ވިސްނަވާ ވަޑައިގެން ބައްލަވާށެވެ. މި ދައްކަނީ 300 މިލިޔަން ޑޮލަރުގެ ވާހަކައެވެ. ހާދަ ލާރިއެކެވެ. އާއެކެވެ. އެހެންވެތާއެވެ. އެއޮއްގެން ގާދޫކޮލުން ތަނބުތަށް ހިއްލި މާލެއާއި ހުޅުލެއާއިމެދު ދެމެނީއެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑައިގަންނަވާށެވެ!

އަނެއްކާވެސް ދައްކަން އޮތީ 300 މިލިޔަން ޑޮލަރުގެ ވާހަކައެކެވެ. މިފަހަރު ނެންގެވިބައި އެޅުއްވީ " ބޭންކް އޮފް އައި ޖީ އެމް އެޗް " އަށެވެ. ސުބްހާނަﷲ އެވެ. މީގެ ކުރިން މަންމަމެން ކިޔާއުޅޭ އަޑުއަހަނީ ފައިސާއަކުން ގަހެއް ނުފަޅާނޭ ބުނާތީއެވެ. ތެދެކެވެ. މަންމާއެވެ. ފައިސާއިން ގަހެއް ނުފަޅާނެއެވެ. މަންމާއެވެ. ފައިސާއިން 25 ބުރީގެ އިމާރާތެއް " ފަޅާފާނެކަމަށް " އަޅުގަނޑުވެސް ހިޔެއް ނުކުރަމެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

މާމަ އަބަދު ދައްކާވާހަކައެއް އޮވެއެވެ. " މިހާރު މާލޭގަ ފޫ ޖައްސާލާނެ ތަންފުކެއްވެސް ނޯވޭ! " އެވެ. މާމާ އެވެ . ނޯއްނާނެ ނޫންތޯއެވެ. " ބަނޑު އަޅަނީކީ ތިޔަހެނެއްނޫނެވެ. މިލިޔަނުން ބިލިޔަނުން ނެވެ. ޖީބުތަށް ފުރިގެން ބަނޑުންވަނީ ކަން ކަން މައްޗަށެވެ. އެއާއެކު މާމަމެންގެ ޖީބުތަށް ފުރާލައި، " ފޫ " ޖައްސާލާ، ކޮއްކޮމެން ކުޅެނަގާނެ " ވަށް ކަންތަށް " އެހަރެގެން ފެންނަނީއެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

 

ދަންނަވަންތޯއެވެ. އަތޮޅުތެރޭގެ ބަނދަރުތަށް ބޮޑުކުރަނީ ވައްކަމުގެ ފައިސާ އެތަންތަނަށް ނޭޅި ހިނގައިދާނެތީއެވެ. ބޭންކް ތަށް ފުރި އެންމެފަހުން ބިމުފައި ވަޅުލަންވެސް ފެށިއެވެ. ވައްކަމުގެ ފައިސާއިން ހުޅުމާލެ ކައިރިން ބޮޑު ފަޅެއް ހިއްކައިފިއެވެ. ނުވިތާކަށް ވައްކަމުގެ ފައިސާތަށް ޓްރާންސްޕޯޓް ކުރުމަށް އެއާރޕޯޓްތަށް ދަނީ އަޅަމުންނެވެ. ބޮޑުމަންޒަރު ފެނުނީ އަދުތާއެވެ. ޔާމީނެވެ! ވައްކަމައިގެން ކުރިޔަށް ވަޑާއިގަންނަވާށެވެ!

COMMENTS: 1
  1. September 15, 2018 by ދިލްބަހާޜު Reply

    ތިކަހަލަ ވައްކަން އަދިވެސް ކުރަންވީ

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.