MENU

ރާއްޖެ ޓީވީ އަށް ޖަވާބު ނުދެވުނު ސުވާލުތަށް ؟

މީ ހައްޤުތަށް ހޯދައިދިނުމަށް ބުނެ ވަކާލާތުކުރާ ރާއްޖެ ޓީވީ އަކަށް ޖަވާބު ނުދެވުނު ސުވާލުތަކެވެ. ހިޔާނާތާއި ދެކޮޅަށް އަޑުއުފުލާ ނަޝީދުގެ " ޕްރޮފެގެންޑާ މެޝިން " ރާއްޖެ ޓީވީ އަކަށް ޖަވާބުނުދެވުނު ސުވާލުތަކެކެވެ. މަސްހޫރުކަމާއި ރައްޔިތުންގެ މަޤުބޫލުކަން ހޯދުމަށް " ޕަބްލިސިޓީ ސްޓަންޓް " ދެނަކާއިޖެހި ދެނެއް ޖައްސަމުން އަންނައިރު މިއީވެސް ޖަވާބު ހޯދާލުން މުހިންމު ސުވާލުތަކެކެވެ. ދެން ސުވާލުތަކާއެކު ކުރިޔަށް ދަމާތޯއެވެ.

 

ސުވާލު 1 :  ސާކް ސަމިޓަށް ދައުލަތުގެ މީޑިއާއިން އެމް އެން ބީ ސީ އިން ގެނައި އިކުއިޕްމެންޓަކަށްވީ ކިހިނެއްތޯއެވެ؟

ސާކް ސަމިޓަށް އޭރުގެ ނަޝީދުގެ ސަރުކާރުން ވަނީ ބޭކާރު އެތަކެއް ހަރަދުތަކެއް ދައުލަތުގެ ބަޖެޓުން ކޮއްފައެވެ. ނު އަގުގައި ޕްރޮޖެކްޓްތަށް ވަނީ ޕާޓީ ކުދިންނާ ރައްޓެހިންނާއި އާއިލާޔަށް ދީފައިވާކަމަކީ އޮޅުވައިލެވޭނެ ވާހަކަތަކެއް ނޫނެވެ.

 

ސުވާލު 2 : ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެޓީވީގެ ޗެއަރމަން އަކުރަމް ކަމާލުއްދީނަށް ދިން 8 ލައްކަ ޑޮލަރުގެ ޗެކް ވީތަނެއް އެނގޭތޯއެވެ؟

ރާއްޖެ ޓީވީގެ އޯނަރ އަކްރަމް ކަމާލުއްދީނަށް ރާއްޖެ ޓީވީގެ ސެޓްލައިޓް ފީ ދެއްކުމަށް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަދި ނައިބު ރާއީސް އަހުމަދު އަދީބު 8 ލައްކަ ޑޮލަރުގެ ޗެކެށް ދިންކަން ގިނަ ދިވެހިންނަށް ފަހަރުގައި ނޭގި އޮވެދާނެއެވެ.

 

ސުވާލު 3 : އަބުރު ފަންޑުގެ ނަމުގައި ހިންގި ހަރަކާތުން ލިބުނު 3 މިލިއަން ރުފިޔާއަށް ހޯރަފުށީ އަހްމަދު ސަލީމް ކެފޭއެއް ނުގަނޭތޯއެވެ؟

މަސްހޫރު ލިޔުންތެރިޔާ ހޯރަފުށީ ސަލީމް ރާއްޖެ ޓީވީގެ އަބުރުފުޅު ފަންޑުން ހޭދަކުރަށްވާގެން ބައްލަވައިގެންނެވި ކެފޭއެއްގެ ވާހަކައަކީ މަދު ބަޔަކަށް ނޫނީ ނޭގޭނެ ވާހަކައެވެ. ފަހަރުގައި ތިޔައިގެތެރެއިން ބޭފުޅަކަށްވެސް އެ ކެފޭއިން ވާނީ ކެއުމަކަށް އިންސާފުކުރެވިފައި ކަމަށްވެސް ވެދާނެއެވެ.

 

ސުވާލު 4 : ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ހޯރަފުށީ އަހްމަދު ސަލީމުގެ ކުންފުންޏެއް ކަމަށްވާ މީކޯއަށް ސަރުކާރުގެ ޕްރޮޖެކްޓް ދީފިނަމަ، ރާއްޖެޓީވީގެ ކޮންޓެންޓް ސަރުކާރު ބޭނުންވާ ގޮތަކަށް ބައްޓަންކުރާނެ ކަމަށް ބުނީ ކާކު ކައިރީގަތޯއެވެ؟

ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ ހޯރަފުށީ ސަލީމުގެ މީކޯއަށް ސަރުކާރުގެ ޕްރޮޖެކްޓްތަށް ދީފިނަމަ، ރާއްޖެޓީވީގެ ކޮންޓެންޓް ބޭނުންވާ ގޮތަކަށް ބައްޓަންކުރާނެ ކަމަށް ސަލީމު ވިދާޅުވީ ކޮން ބޭފުޅެއްގެ ކައިރީގައި ކަން ފަހަރުގައި ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި ނޯވެދާނެއެވެ.

 

ސުވާލު 5 : ރާއްޖެޓީވީ ރޯކޮށްލީ ކުރިން ޕްލޭން ކުރެވިގެން، އައު ސްޓޫޑިއޯއެއް ހަދާފައި ނޫންތޯއެވެ؟

މީޑިއާގެ ތާރީހުގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ ރާއްޖެ ޓީވީ ރޯކޮއްލި ހާދިސާއެވެ. ނަމަވެސް ސުވާލު އުފެދޭ ގިނަ ކަންތަށްތަކެއް ހުރި މި ހާދިސާގެ ކުރިން ރާއްޖެ ޓީވީގެ ސްޓޫޑިއޯއެއް އެހެން އިމާރާތެއްގައި ހެދިކަން މީ ޕްލޭން ކުރެވިގެން ހިގައިފައިވާ ބޮޑެތި އިއްތިފާގެވެ.

ހައްޤުތަށް ހޯދައިދީ ހިޔާނާތުގެ މައްސަލަތަށް ފެންމަތިކޮއް އިންސާފް ހޯދުމަށް ގުންފައި ޖަހާފައި ނިކުތްއިރު މީ ކޮންބައެއްގެ މަސްލަހަތުތަކަކާއި ގުޅިފައިވާ ކަންކަމެއްތޯއެވެ؟ މި ކަންކަމާގުޅިފައިވާ ރައްޔިތުންގެ ހައްޤުތަށް ހޯދައި ދިނުމަށް ރާއްޖެ ޓީވީއިން ނިކުންނަން ނުކެރެނީ ކީއްވެތޯއެވެ؟ މިސުވާލުތަކުގެ ޖަވާބު ދެއްވަން ނުކެރެނީ ކީއްވެތޯއެވެ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.