MENU

ފޮޓޯއިން ތަޅާލިޔަސް ބަލިވާނީ އަންނިއެވެ.

މަތިން ތިޔަ ފެނިވަޑައިގަންނަވަނީ 1960 ވަނަ އަހަރު ހުޅުވާ އެތަށް ފަހަރެއްގެ މަތިން ތަރަށްޤީ ކުރެވިފައިވާ ވެލާނާ އިންޓަރނޭޝަނަލް އެއަރ ޕޯޓެއް. 57 އަހަރު ހިދުމަތަށް ފަހު ރައީސް ޔާމީން ގެ މި ޒައާމަތުގައި ވީއައިއޭ ގެ ތާރީހް ޒަމާނީ ތަރަށްޤީއާއެކު މިއަދު މިވަނީ ލިޔަން ފަށަފައި.

300 މިލިއަން ޑޮލަރު ހޭދަކޮއްގެން ތަރައްޤީކުރާ ވީ އައި އޭ ވެގެންދާނީ މުޅި މި ސަރަޙައްދުގައިވެސް އޮތް އެންމެ ހިތްގައިމު އެއަރ ޕޯޓަށް. އަލަށް އަޅާ 3400 މީޓަރު ދިގު ރަންވޭއާއި އެކު އެއަރ  ޕޯޓުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ.

އޮޑި ދޯނިފަހަރު ހަމައެއް ލަމައެއް ނެތި އުކާލެވިފައިވާ މާލޭގެ ހުޅަނގު އުތުރު ހާބަރ.

އަރައިގެން އައި އިރާއެކު  "ޕޫސް ޕޫސް " " ކީސް ކީސް " އަޑުފައްގަނޑުން ހަމަނިދި ނިދާނުލެވި އުޅެނިކޮން 250  މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރެއްވި އިންޑަސްޓްރިއަލް ވިލެޖުން ފަތިހުގެ އަރާމު ނިންޖާއެކު އަނބި ދަރިންނާއިއެކު ނިދާލުމުގެ ފުރުސަތު ފަހިކޮއްދެއްވި. މާލޭގައިހުރި ގުދަން ގަރާޖް ފަދަ ތަންތަން އިންޑަސްޓްރިއަލް ވިލެޖަސް ބަދަލުކޮށް މާލެއަކީ ހިތްގައިމު ސިޓީއަކަށް ހެއްދެވުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފަ.

 

1994 ވަނަ އަހަރު ސަރުކާރާ ހަވާލުކުރެއްވި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް. ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކާއި ، މަދު ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާބޮޑު އައި ޖީ އެމް އެޗް.

10 ބުރީގެ އައު އިމާރާތަކަށްފަހު 25 ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް އައި ޖީ އެމް އެޗް ހެދުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައި. މިއާއިއެކު ރާއްޖެއިން ބޭރަށް ބަލިތަކަށް ފަރުވާހޯދަން ރައްޔިތުން ކުރާދަތުރުތަށް ނިމުމަކަށް އައިސް ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ.

 

މީގެކުރިން ގާދޫކޮލު. މީގެ ކުރިން ގާދޫކޮލަކީ ރާއްޖެއަށް އާގުބޯޓު ވަންނަ ކަނޑުއޮޅި.

3 ރައީސުން ނުވާނެކަމަށް ސިއްކަޖެހި ބްރިޖް ގެ މަސައްކަތް ހަލުވިކަމާއެކު ކުރިޔަށް ދަނީ. 300 މިލިއަން ޑޮލަރު ހަރަދުކޮއްގެން ހަދާ މި ބްރިޖަށް ޗައިނާއިން ވަނީ 100 މިލިއަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދޭން ނިންމައިފަ. މާލެ ހުޅުލެ އަދި ހުޅުމާލެއަށް ދިއުމަށް ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުތަކަށް ހައްލެއް ގެނެސްދޭނެ މި ބްރިޖުން އިރުގެ ހޫނުން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކޮށް 4-6 މެގަވޮޓްގެ ކަރަންޓް އުފެއްދުމަށް ވަނީ ހަމަޖެހިފައި.

 

 

 

COMMENTS: 2
  1. December 14, 2017 by އައްޔޫބް Reply

    ޔަގީން 2018

  2. December 14, 2017 by ayya Reply

    3 އަހަރު ވެރިކަން ކޮށް އެޅި ޖީބަށް. ދެންވާނީ ކޮން ތަރަށްޤީއެއްތޯ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.