MENU

އިދިކޮޅު އެއް ކެނޑިޑޭޓެވެ!

ގައުމު ހިންގަން ހަވާލުވެ ހުރީ ވަގެކޯލައެވެ! ގައުމަށް ދަނީ ގެއްލުން ލިބެމުންނޯލައެވެ! މި އަނދަވަޅުން ގައުމު ސަލާމަތް ކުރަން އެބަ ޖެހެޔޯލައެވެ! މިއީ އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ބާރުލާފައި އަޑު ހަރުކޮށް ދައްކާ ވާހަކަތަކެވެ. މިކަމަށް ހައްލެއް ހޯދަން ވެރިކަން ވައްޓާލަން ފޫގެޅިހެން ރައްޔިތުން ސަރުކާރަށް ކުރާ ތާއީދު ދަނީ އިތުރުވަމުންނެވެ.
ކަންމިހެން ހުރުމާއިއެކު 2018 ވަނަ އަހަރު އިދިކޮޅު އެންމެން ގުޅިގެން އެއް ކެނޑިޑޭޓަކު ނެރުމަށް އެއްބަސްވެ އަސޭލާ ލައްވާ ފާލެއް ޖަހައިފިއެވެ. އުޅެ އުޅެވެސް މިތަނުން މީހަކަށް ދިމާވާގޮތެއް ނުވިއެވެ. އެންމެ ފަހުން މިވެރިން މަޝްވަރާކޮށް "ސިސާސީ ނޫން ބޭފުޅެއް" ކެނޑިޑޭޓުގެ ގޮތުގައި ނެރުމަށް ފޫގަޅާލައިފިއެވެ.
އިބިލީސް އަރަބިކަރައިގެ ރަށްތަކުން މަތިގަނޑުތައް ގެނައިހެން ބޮޑު އިބިލީސް އިސްކޮށްހުރެ ރާއްޖެއިން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކުގެ ނަންތައް ގެނުވައިފިއެވެ.
ނަންބަރު އެކެށް. ޕްރޮފެސަރ އުގައިލް
ޝައްކެއްވެސް ނެތްގޮތުގައި ތައުލީމީ ބޭފުޅެކެވެ. ތަންދޮރުފިލާ ގައުމަށް ރީތި ނަން ހޯއްދަވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ. ނަމަވެސް މިއަދު އިބިލީސް ބޮލަށް ސަވާރުވެ ވެރިކަމުގެ ދަޅަދައްކާ މޮޔަކޮއްލާފައިވާ ބޭފުޅެކެވެ. ރައްޔިތުން އުގައިލަށް ކުރަމުން އައި ގަދަރު މިއަދު ވެއްޔާ މޮޑެލައިފިއެވެ.
ނަންބަރު ދޭއް. ފުއާދު ޤާސިމް
ހަހަހަ. އާއެކެވެ. މީހެއްގެ ހުރި ލަޔާގަތާއި ގާބިލިއްޔަތުކަމެއް ނޭގޭނެއެވެ. ނަމަވެސް ގައުމުގެ ރައީސް ވާހަކަ ދައްކަންފަށާތާ ގަޑި ދެގަޑިއިރު ވާއިރު ކިރިޔާ ރަސޫލާޔަށް ސޮލަވާއި ފާތިހާ ކިޔަވާ ނުލެވޭ ބޭފުޅަކު ވެރިކަމަށް ގެނެސްގެން ދެން ވާނެ ގޮތް ވިސްނަވާލައްވަ ބައްލަވާށެވެ. 2018 ވަނަ އަހަރު ރިޔާސީ ބަޔާން އިއްވަން ފަށާ 2023 ވަނަ އަހަރަށް ބަޔާން ނިމެން ވެއްޖެއްޔާ ސަލާމަތެއް ކޮބައިތޯއެވެ؟
ނަންބަރު ތިނެއް. އުމަރު ނަސީރު
ޝައްކެއް ނެތެވެ. ކުޅަދާނަ ސިޔާސީ ލީޑަރެއް މެއެވެ. ނަމަވެސް ހިތާމައަކީ އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ނިކުންނަވަން ފޫގަޅާލިއިރު އަދާލަތުންވެސް ވެރިކަމަށް ނެރޭނެ ކެނޑިޑޭޓެއް ދަނީ ފައްކާކުރަމުންނެވެ. ރައީސަކަށް ނުވިޔަސް ރައީސާއެއް ނަމަވެސް މެއެވެ.
ނަންބަރު ހަތަރެއް. މުހަންމަދު ނަޝީދު
ތެދު ވާނީ ގަބޫލުކުރައްވަން ނޫންތޯއެވެ؟ ސިޔާސީ މައިދާނުގައި ވަކި ނަޝީދަށްވުރެ މޮޅަށް ކުޅިބައި އަތުރާލަން އެނގޭނެ މީހަކު ނުހުންނާނެއެވެ. 2018 ވަނަ އަހަރު އިދިކޮޅުން ނިކުންނަވާނެ "ސިސާސީ ނޫން ބޭފުޅެއް" ކަމަށް އެވިދާޅުވަނީ ނަޝީދުބާވެއެވެ. ވެދާނެއެވެ. ސަބަބަކީ ނަޝީދަކީ މިހާރު ސިޔާސީ ބޭފުޅެއްނޫން ކަމެވެ. އެއީ ޓެރަރިސްޓެއް ކަމުން ޝަރުތު އެ ފުރިހަމަވީއެވެ. ނަމަވެސް ސުވާލަކީ ވެރިކަމަށް ކެމްޕެއިން ކުރައްވާނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ތޯއެވެ؟ ނުވަތަ ވެރިކަން ލިބިވަޑައިގެންނެވި ނަމަ ވެރިކަން ކުރައްވާނީ ކޮޅުނބުގައި ހުންނަވައިގެންތޯއެވެ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.