MENU

ރައްޔިތުން ޤުރުބާން ކުރުމީ ޑިމޮކްރަސީގެ އަސާސެއްތަ؟

މީއީ ހިތާމަ ހުރި ކަމެކެވެ. އަޑުއަހަން ފަސޭހަ ނޫނަސް މީ މިއަދު ހަޤީގަތެވެ. ޑިމޮކްރަސީގެ ނަމުގައި ޤުރުބާންކުރެވޭ ނައަމްސޫފީގެ މިސާލުގައި ސިޔާސީ ޕާޓީއަކުން މިއަދު ދަނީ ދިވެހިން ޤުރުބާން ކުރަމުންނެވެ. ސިޔާސީގޮތުން ހާސިލްކުރަން ބޭނުންވާ މަންފާއެއް ހާސިލްކުރުމަށް އެބަޔަކު ދަނީ ރައްޔިތުން "ބަޅުން" ތަކެއްގެ މިސާލުގައި ބޭނުން ކުރަމުންނެވެ.

އަނެއްކާވެސް ރައްޔިތުން ސިހުމަށް ގެނުވީ " އިދިކޮޅު ސިޔާސީ ޕާޓީތަކުން ފ. މަގޫދޫގައި މިރޭ ބާއްވާ ބޮޑު ޖަލްސާއަށް ދިއުމަށް އެ އަތޮޅު ބިލެއްދޫއިން ފަތާފައި ދަނިކޮށް މީހަކު މަރުވެއްޖެ " މި ހަބަރާ އެކުއެވެ. އެއްވެސް އިންތިޒާމަކާއި ނުލާ ބައެއްގެ މަންފާޔަށް ކޮއްލި "މޮޅު" ކަމެއްގެ ސަބަބުން އާއިލާޔަކަށް ލިބިގެން މިދިޔައީ ކިހާބޮޑު ނިކަމެތިކަމެއްތޯއެވެ؟

މީ އަލަކަށް ނޫނެވެ. ޑިމޮކްރަސީގެ ނަމުގައި ރައްޔިތުން މަގުމަށްޗަށް ނެރެ " ބޮޑުން " ހިންގަމުންދާ ސީދާ ހަރަކާތުން އަނިޔާ ލިބެނީ ނިކަމެތި ރައްޔިތުންނަށެވެ. ރައްޔިތުން ކުރީސަފަށް ނެރެ "ޖަޒުބާތު"ގައި ޖައްސުވައި ރައްޔިތުންލައްވާ ދަނީ ޓެރަރރިޒަމްގެ އަމަލުތަށް ކުރުވަމުންނެވެ. އެފަދަ ރައްޔިތުން ޖަލަށްލެވި މި ދުނިޔެ ދޫކުރުމުން އެފަދަ އާއިލާތަކަށް ލިބިގެން އެދަނީ ކިހާބޮޑު ނިކަމެތި ކަމެއް ތޯއެވެ؟

ރައްޔިތުންނޭވެ. ހޭއަރާށެވެ. މޭފުއްޕާފައި ތިމަންނާ މި ނުކުންނަނީ ސީދާ ހަރަކާތަށެބުނެ ނުކުތުމުން ދެރަޔާއި ނިކަމެތިކަން ލިބިގެންދަނީ ހަމަ ނުކުންނަ މީހަކަށް ނޫންތޯއެވެ؟ ނުކުންނަން ހިތްވަރުދީ އަތްތިލަބަޑި ތެޅި ވެރިން ހަމަ ތިބެނީ ފިނިކޮޓަރީގައެވެ. އެމީހުންގެ ދަރިން ތިބެނީ ބަނޑުފުރާ ކައިގެންނެވެ. ރީތި އަންނައުނު ލާއިގެން އަރާމުގައެވެ. ނަމަވެސް ކުރީސަފަށްނެރޭ " ރައްޔިތު ކަންބަޅި " ޖަލަށް ލެވުމުން އަނބިދަރިންނަށް އަންނަ ނިކަމެތިކަމާއި މެދު ވިސްނާލެއްވީމުތޯއެވެ؟

ހޭއަރާށެވެ. ހެވެއް އެދޭނަމަ ހިތާމަތަކުގައި ބައިވެރި ވާނެ ނޫންތޯއެވެ. ކަންތަށް ވަނީ މިއާއި ހިލާފަށެވެ. މިއަދުވެސް ކުރީ މަލާމަތެވެ. އިހަށްވެސް ކުރީ މަލާމަތެވެ. އަހާ ކަނޑުވެ ނިމި ދިޔައިރުވެސް ބައިވެރިން ތިބީ " ބިރަކާނުލާ " މަޖާކުރުމުގައެވެ.  ޖޯކުޖަހާ ޑިމޮކްރަސީގެންނަށް އުޅެނިކޮން މިދުނިޔެ ދޫކުރީކަމަށް ބުނުމުން އެ ފުދުނީތޯއެވެ؟ މަހުޝަރުދުވަހުން ދޭނީ ކޮން ޖަވާބެއްތޯއެވެ؟

 

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.