MENU

ޝިފާގެ ކުރުވާހަކަ

ގޭތެރޭގައި ބުރަމުންދިޔަ މެހިތަށް އެއްހަމައެއްގައި " ވޫއް " ލައްވަމުން ދިޔައިރު ގޭތެރޭގެ އެތަށް މިތަނަށް އުކާލެވިފައިވާ އަންނައުނުތަކުން އަހަރެންގެ " ބޮންދު " ދިރިއުޅުން ވަރަށް ރަނގަޅަށް ހާމަވާން ހުއްޓެވެ. ހިރަފުހުން ކަޅު ވެފައިވާ ފަންކާއަށް ބަލަހައްޓައިގެން އަހަރެން ސޯފާގައި އޮތީ ގައިންބޮލުންވެސް ތާހިރުވެލަންދާން ފޫހިވެފައެވެ. ފޫހިފިލުވާލަން ބޭރަށްދާންވެސް ނުކެރިފައިއޮތީ އަހަރެން ދައްކާ ވާހަކަޔާ ބޭރުން ފެންނަ މަންޒަރާ ދިމާނުވާނެކަން އަހަރެންނަށްވެސް ގަބޫލު ކުރެވޭތީއެވެ.

ފޫހިފިލިވާލުމަށް އަހަރެން ފޯނުނަގާ ޓްވިޓަރ އަށް ލޮގް އިން ވެލީމެވެ. ޓްވީޓަކަށް ފަހު ޓްވިޓެއް ހާވަމުންދިޔައިރު މުޅިންވެސް އަހަރެންނަށް ފެންނަމުން ދިޔައީ ބަލަން ބޭނުން ނުވާ މަންޒަރުތަކެވެ. ތިން އަހަރުވަންދެއް އަހަރެން އެކަމަކަށް ހުރަސް އެޅި ކަންކަމެވެ. އަހަރެންނަކީ އުފެދުމުގައިވެސް ހަމަޖެހުމާއި ސުލްހަ މަސްލަހަތަށް ލޯބިކުރާ މީހަކީމެ ނޫނެވެ. އަހަރެން އަބަދުވެސް ބޭނުންވަނީ ބޭރު ފިލްމުތަކުގައި ހުޅަގުގެ މީހުން އުޅޭހެން ނިކަން "ތަގް ލައިފް " އެއް ގައި ދިވެހިން އުޅޭތަން ދެކޭށެވެ.

ކުއްލިޔަކަށް އަހަރެންގެ ލޮލުގައި އަޅާގަތީ މީހަކު ކޮއްފައި އިން ޓްވީޓެކެވެ. ގާތް ދެރަހުމަތްތެރިން ދައްކާފައި އިން ފޯންކޯލެއްގެ އޯޑިއޯއެކެވެ. ޕްލޭކޮއްލުމަށްފަހު ވަކި ހިސާބަކުން އަރާގަތް ރުޅިއަކުން އަވަހަށް ނިއްވާލާފީމެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ވަކި އަހަރެންނަށް ގުޅާގެންވެސް ނަޝީދަށް ވާހަކަ ނުދެއްކެންވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ގައިގައި ނެތް ފުރިހަމަކަމެއް ވަކި މާރިޔާ ގައިގައި ނުހުންނާނެއެވެ. އަހަރެން ކުޑަކޮން ކަޅުކޮން ފަލަކޮއް ހުއްޓަސް ކިތަންމެ ފަހަރަކުވާނީ އެބުނާހެން ނަޝީދުގެ ހިއްސުތަށް ވަކިވަކިން ހޭލައްވައި ދީފައެވެ. ނަމަވެސް ދުވަހަކުވެސް ނަޝީދު އަހަރެންނަށް ގުޅާލާގެން އެހެން ވާހަކައެއް ދައްކާފައެއްނެތެވެ.

ފޯން ލޮކް ކޮއްލުމަށްފަހު ސޯފާގައި ރަނގަޅަށް ވެޑުވެލީމެވެ. ބޯހަމަޖައްސާލަން ނިދާލުމަށެވެ. އަހަރެންގެ އެންމެ ބޮޑު ހަތުރުކަމުގައި ދެކޭ ޔާމީން އަށް ހިތާހިތުން ވަރަށް އެއްޗެހިގޮވަމުންނެވެ. ވާނީވެސް އެހެންނެވެ. ގިނަފަހަރަށް ކަމަކާ ނުލާ އަންނަ ހަސަދާގެ ރުޅި ބޭލޭނީ އެހެން މީހަކަށެވެ. ވަޒީފާއެއް ނެތި އޮންނަންވީމައި ވާނީވެސް މިހެންނެވެ. އަހަރެންނަށް ލޯމަރާލާގެން އޮވެވުނީ 5 ވަރަކަށް މިނެޓެވެ.

ކުއްލިޔަކަށް ތެޅީގަނެފައި އަހަރެން ފުންމާގެން ތެދުވެވިއްޖެއެވެ. އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އަނެއްކާވެސް ޓްވިޓާރ އަށް ލޮގްއިން ވެލީމެވެ. އެއަށްފަހު އަވަސް އަވަހަށް ޓްވީޓެއް ލިޔެލީމެވެ. ނޫނެކެވެ. ރަހުމަތްތެރިން ހިތްހަމަޖައްސާލަދޭން ލިޔެލި ކުރުވާހަކައެކެވެ. " އަހަރެންނަށްވެސް 3 ކޮޓަރީގެ ފްލެޓަކާ ބިލިޔަނުން ރުފިޔާ ހުށައެޅިއެވެ. "  އަހަރެން ބޭނުންވާހެން ރަށުތެރޭގައި ފަސާދައެއް އުފެއްދުނުކަމުގެ ހިތްހަމަ ޖެހުމާއެކު ޓްވީޓް ކޮއްލީމެވެ. ހަށިފުރާލީ ނޭވާޔާއެކު މުޅިތަނަށް ވެރިވި "އަނގަ ކުނިވަސް" މުޅިތަނަށް ފަތުރާލުމަށްފަހު ޓީވީ ރިމޯޓް ނަގާ ޓީވީ އަޅުވާލީމެވެ.

ނޯޓް: މީއަޅޫގަނޑު ލިޔަންފަށަފައިވާ ވާހަކައެއްގެ އެއްބައެއް. ދެވަނަބައި އަދި ލިޔެވޭތޯ ބަލާނަމެވެ.

COMMENTS: 1
  1. December 06, 2017 by ޝިފާ Reply

    ހަހަހާ. ވަރަށް ފައްކާ ވާހަކަ އެއް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.