MENU

ބިންގާ އެޅުއްވީ އެއްނޫނެވެ! ޝީޓްޕައިލް ކުރަން ފެއްޓެވީއެވެ!

100000 މީހުންގެ ބޯހިޔާވަހިކަމޭތޯއެވެ؟ ނާފަހެ 15000 ފްލެޓް ތޯއެވެ؟ އެއްފަހަރާ ތޯއެވެ؟ 2018 ވަނަ އަހަރު ފްލެޓްތަކުގައި މީހުން އުޅެން ފަށަނީތޯއެވެ؟ އަވާމެންދުރެއްތޯއެވެ؟ ނޫނީ އަދިވެސް މިއޮވެވުނީ ހުވަފެނުގެ ދާނެއްގައި ތޯއެވެ؟

ނޫނެކެވެ! ތިޔަ އޮވެވުނީ ހޭލާއެވެ. 100000 މީހުންގެ ބޯހިޔާވަހިކަން އެއްފަހަރާ ޔަޤީން ވެގެން ދިޔައީއެވެ. ހަމަ އެކަނި ބިންގާއަޅާ އަތް ފޮޅާލެއްވީއެއް ނޫނެވެ. ﷲ ގެ ވާގިފުޅާއެކު ފްލެޓްތަކުގައި މީހުން އާބާދުކުރުވާނެކަމުގެ ވައުދުވެސް ވެވަޑައިގެންނެވީއެވެ.

އެނގިވަޑައިގަންނަވާތޯއެވެ؟ ސަރުކާރުން ކުރިޔަށްގެންދާ ގެދޮރުވެރިކުރުވުމުގެ މަސްރޫގެ ދަށުން ފްލެޓަށް އެދި ހުށައެޅީ ގާތްގަނޑަކަށް 14000 މީހުންނެވެ. އެހެންކަމަށްވާނަމަ މިފަހަރު 14000 މީހުންނަށްވުރެ އިތުރަށް އަޅާ ފްލެޓްތަކުން ބާކީވެސް ވާނެ ނޫންތޯއެވެ؟

ތިޔަ އިވިލެއްވީ އަޅުގަނޑަށްވެސް އިވިލެއްވި ވާހަކައެވެ. 2018 ގައި "ހިޔާ" މަސްރުއޫގެދަށުން އަޅާ ފްލެޓްތަކުގައި މީހުން އާބާދުކުރާނެ ވާހަކައެވެ. ނުވާންވީ ސަބަބެއް ކޮބައިތޯއެވެ؟ ފްލެޓްތަކުގެ ބިންގާ އެޅުއްވިއިރު ހަތަރު ފަރާތުން އެހުރީ ޝީޓްޕައިލްކުރަން ފަށާފައެވެ. ވީއިރު 2018 ގައި މަސައްކަތް ނިންމާ މީހުން އާބާދު ނުކުރެވެންވީ ސަބަބެއް ކޮބައީތޯއެވެ؟ އެއީ ރައީސް ވިދާޅުވި ފަދައިން " ބްރިޖް ނޭޅޭނޭ" ބުނި ފޯމިއުލާގައިތޯއެވެ؟

ވިސްނާ ވަޑައިގެންބައްލަވާށެވެ. 4 އަހަރު "ފްލެޓް ދޮންބެ" ގެ ލަގަބު ނަންގަވައިގެން ކުރެއްވި ކަމެއް ހަރާމެވެ. ފްލެޓެއް އެޅުނީތީ ބެހީ ޕާޓީ ކުދިންކޮޅަށެވެ. ނަމަވެސް މިހާރު އެހެންތޯއެވެ؟ ޔަޤީންކުރަށްވާށެވެ. މިފަހަރު ހަމަ ކޮންމެ މީހަކަށްމެ ހިޔާ ލިބިގެންދާނެއެވެ.

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.