MENU

ލަދެއް ނުގަނޭތޯއެވެ؟

މީ ސިޔާސީ ފޯރި ނިކަން ގަދަ ދުވަސްކޮޅަކާއިމެދު ދެބަސްވާނެ ބޭފުޅަކު ނުހުންނާނެއެވެ. އެއްބަޔަކު ވެރިކަމުގެ ދަހިވެހިކަމުގައި ފަސާދަކޮއް ނަގަނީއެވެ. ރާއްޖެއާ ރާޢްޖެއިން ބޭރުގައެވެ. އެބަޔަކު ގިއްކިޔާފައި ގައުމަށް ފަތުރުވެރިން ނައުމަށް ކުރެވެން ހުރި ހުރިހާ މަސަތްކަތެއް ދަނީ ކުރަމުންނެވެ. އެވެރިން ދުނިޔޭގެ މީޑިއާތަކަށް ދޮގު މައުލޫމާތު ދީ ގައުމު ބަދުނާމުކުރުމަށް ކުރެވެންހުރި ހުރިހާ މަސަތްކަތެއް ދަނީ ކުރަމުންނެވެ. ގައުމަށް ދެވެންއޮތް ގެއްލުމެއް ދިނުމަށް ދަނީ އަތްފުނާ އަޅާ ބަލަމުންނެވެ. ވެރިކަން ބަދަލުކުރުމަށް އަވައްޓެރި ގައުމުތަކުގެ މަދަދަށް އެދި ދަނީ "އާދޭސް" ކުރަމުންނެވެ. ލަދެއް ނުގަނޭހެއްޔެވެ؟

 

ދަންނަވަންތޯއެވެ؟ މިވެރިންގެ ނިކަން ހެއްވާ އެއްކަމެއް އޮވެއެވެ. ކަމެއްވާއިރަށް އަވައްޓެރި އިންޑިއާޔާ އަޅާ ކިޔުމެވެ. އިންޑިޔާ މިހެން އިންޑިއާ އެހެންނެވެ. ލަދެއް ނުގަނޭތޯއެވެ؟ އަޅެފަހެ އިންޑިއާޔާ އަޅާކިޔާއިރު ވިސްނާލެއްވީމުތޯއެވެ؟ ތިޔަ ކުޅޭ ފަސާދާގެ ކުޅިގަނޑު އިންޑިއާ ރައްޔިތުން އެގައުމާ ދެކޮޅަށް އެހެން ގައުމުތަކުގައި ކުޅެނިކޮން ދެކުނިން ހެއްޔެވެ؟ ކޮންމެތާކު ކޮން މެ ގޮތަކަށް އުޅުނަސް ހަމަ ބުނާއަޑުއިވޭނީ " ޕިރްބީ ދިލްހޭ ހިންދުސްތާނީ " އެވެ.

ގައުމިއްޔަތެއް ގައުމެއް ނެތަވާހަކަ ދައްކަން ލަދެއް ނުގަނޭތޯއެވެ؟ އިންޑިއާ އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަސީއެވެ. ނަމަވެސް ދުވަހަކުވެސް ގައުމު ބޮއިކޮޓް ކުރުމަށް އިންޑިއާގެ ސިޔާސީ ވެރިން ގޮވިއަޑު އިވުނުތޯއެވެ؟ އެހެނަސް މި ކުޑަކުޑަ ގައުމުގައި ތިޔަތިއްބެވި ސިޔާސީވެރިން ދުވާލު ދެދަޅައަށް ނޭވާޔަކު ދެފަހަރު ބޮއިކޮޓް ކުރުމަށް ގޮވާއިރު ރާއްޖެއާއާއި އިންޑިއާ އަޅާ ކިޔަން ލަދެއް ނުގަނޭތޯއެވެ؟

ހިންދީ ހިލްމުތަށް ނިކަން ބަލަމުނޫންތޯއެވެ؟ ލަވަތަށް އަހަމުނޫންތޯއެވެ.؟ ގައުމިއްޔަތުގެ ކުލަ ޖައްސާނުލާ ނިއްމައެއް ނުލާ ނޫންތޯއެވެ. ނަމަވެސް މިގައުމުގެ އިދިކޮޅު ސިޔާސީފަރާތްތަކުން އެހެންތޯއެވެ. ކުރަނީ ހަމައެންމެ ކަމެކެވެ. އަބުރުކަތިލުމާ މީހުންގެ އަބުރަށް އަރައިގަތުމެވެ. އަޅެފަހެ ލަދެއް ނުގަނޭތޯއެވެ؟

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.