MENU

ހިނގާ ހޯދަމާހޭ ތަރައްޤީ މިގައުމަށް!

ހިނގާ ހޯދަމާހޭ ތަރައްޤީ މިގައުމަށް!

މިއުންމަތުގެ މާޒީންނޭ އަޒުމް އާކުރާނީ!

މި ހަށިގަނޑުތެރޭގައި ޖަހާވިންދު ބުނެއޭ!

މަގޭ  ފަސްގަނޑޭމީ  ހިމާޔަތްކުރާށޭ!

ވަރަށްވެސް ހިތްގައިމު ރީތި ލަވައެއް ނޫންނތޯއެވެ؟ ގައުމީލޯތްބާ ކުލުނު އެލަވައެއް އަޑުއިވުމުން ކެކި އުތުރި އަރާ ނޫންތޯއެވެ. " ހިނގާ ހޯދަމާހޭ " މި ލަވަޔަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް 30 އަހަރުގެ ވެރިކަމުގައި ހައްދަވާފައިވާ ލަވައެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި މި ލަވަ ހެއްދެވިއިރު ހިތުގައި ޤައުމީލޯތްބާ ތަރައްޤީއަށް ދިވެހިން ފެންބޮވައިގަނެފައި ވާމިންވަރު ވަރަށް ވެސް ރަނގަޅަށް ދޭހަވެއެވެ. ނަމަވެސް "އެދުވަސް" ފަސްދީފިއެވެ. ޒަމާން ފަސްދީފިއެވެ.

މީ އޭގެ 10 ވަރަކަށް އަހަރު ފަހެވެ. ޒާމާނާއެކު މަންޒަރު ބަދަލުވެއްޖެއެވެ. ލަވައިގެ ޅެން ހެއްދެވިއިރު ހިތުގައި ކެކި އުތުރިއެރި ހުއްބުލް ވަތަނުގެ ލޯބި މިއަދު ވަޅުޖެހިއްޖެއެވެ. ދިވެހިންނަށްޓަކައި " ނިއަތް" ގަނެ އަރުވާޖެއްސެވި މުންޑު، ޒަމާނުގެ ފަޓުލޫނަށް ބަދަލުވެ އޮޅާލައްވާގެން ހުންނެވި ފައިކުރިން "އަމިއްލަ އެދުމުގެ" ކުލަ ނޫނީ ނުފެނެއެވެ. މިދައްކަން އުޅޭ ވާހަކަ ތަންކޮޅެއް ތިލަކޮއް، ސިކުނޑީގެ "ހަފޮޅުން" އެތެރެ ކޮއްލަދޭނަމެވެ.

 

ހިނގާ ހޯދަމާހޭ ތަރައްޤީ މިގައުމަށް، މިއުންމަތުގެ މާޒީންނޭ އަޒުމް އާކުރާނީ!

މި ހަށިގަނޑުތެރޭގައި ޖަހާވިންދު ބުނެއޭ، މަގޭ  ފަސްގަނޑޭމީ  ހިމާޔަތްކުރާށޭ!

އާއެކެވެ. ރަށުގެ ބަނދަރުތަށް ހެދިއްޖެއެވެ. އޮޑިދޯނިފަހަރަކަށް އެކަންޏެއް ނޫނެވެ. މަތިންދުއްވާ ބޯއްޓުފަރައްވެސް މެއެވެ. ފުރާޅުގެ ދަބަރާ ވާލާ ގޮރާ އެކު، ބޯންރައްކާކުރި ފެންފޮދުގެ ބަދަލުގައި ސާފުކޮއް ރައްކާތެރިކަމާއެކު ތަށްޓަށް އެޅެން ފަށައިފިއެވެ. ހަނޑަސްބުރީގެ ބަދަލުގައި ރައްކާތެރި ނަރުދަމާ ވަނީ ގާއިމްކުރެވިފައެވެ. " ތައުލީމީ ކައުނުގައި " ރާއްޖޭގެ ތަރިން އެހެރަ ބަބުޅަނީއެވެ. އަސާބުރީގެ އެހީގައި ހިނގި ސިއްހީނިޒާމު މިހާރު އެހެރަ ދުވެ ނަގަނީއެވެ. މީ އޭރުވެސް މިހާރުވެސް ދިވެހިން ދެކެން ބޭނުންވި ތަރައްޤީއެވެ. " މައުމޫނު ހޯދައިދޭން "ނިއަތްގަތް ތަރައްޤީއެވެ". ނަމަވެސް ހިތާމައަކީ 30 އަހަރު ވެރިކަން ކުރަށްވަން ލިބިވަޑައިގަތްނަމަވެސް މި ތަރަށްޤީ ގެނެސްނުދެއްވިކަމެވެ. ހޯދަން ނިކުތް ތަރަށްޤީ ކޮއްދެއްވީ ގައުމުދެކެ ލޯބި  އެހެން ވެރިއެއްކަމެވެ.

ދިވެހިންނަށް " ދިވެހި ޣައްދާރުންގެ" ސަބަބުން ނިކަމެތިކަން ލިބިއްޖެއެވެ. ކަރަށް އެޅި ރަލުގެ "ޒަވި" ރަހަ ނުފިލަނީސް ޝަހީދުކުޅަ ދިވެހިންގެ ލޭގެ ކޯރުތަށް ދިވެހި ފަސްގަނޑުގައި ދެމިއްޖެއެވެ. އިސްލާމްދީނާ ޤައުމު ވިއްކާލަން ޖެހި ނުބައި މަޅިން ސަލާމަތްވެއްޖެއެވެ. އުތީމު 3 ބެއިންނާ، ދަންޑަހިލާ ، ޝަހީދު ހުސެން އަލީ ފަދަ އެތަކެއް ދަރިން މި ހުއްބުލް ވަތަނުގެ ހައްޤުގައި ވީ އަގު މާތް ޤުރުބާނީގެ ނަތީޖާއެއްގެ ގޮތުންއެވެ.

ވިސްނާލަމާތޯއެވެ! މީ އަހަރެންވެސް އުފަން ޤައުމެވެ. އެބިމަކަށް އަހަރެންވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ނޭވާވެސް ދޫކޮއްލުމަށް އެދޭ ބިމެވެ. އެބިމެއްގައި އަހަރެންގެ އާއިލާއާއި ދަރިފަސްކޮޅު ވީ ބިމެވެ. އެ ބިމެއްގައި މާޒީގެ އަގުނުކުރެވޭފަދަ އެތަކެއް ހަނދާންތަކެއް ވީ ބިމެވެ.  މި ގައުމުން އެންމެ ވެލިފުކެއް ކީއްކުރަންތޯއެވެ ޒައްރެއްގެ މިންވަރުވެސް ބޭރުގެ މި ގައުމުން އެންމެ ޒައްރެއްވެސް އަދުއްވުންނަށް ދިނުމަށް ހިތް ނުރުހެއެވެ. އެއީ ދިވެއްސެއް ނަމަވެސް މެއެވެ. ދަންނަވަންތޯއެވެ. ޤައުމުގެ ދިފާއުގައި ޤުރުބާންވާން ޖާނާ މާލުން މިތިބީ ތައްޔާރަށެވެ. ވިސްނުމާ ފިކުރުގެ އިތުރުން ކަނޑިޔާ ބަނޑިން ނަމަވެސް ހޭވައްލާ ތައްޔާރެވެ.

 

މައުމޫނެވެ؟ ލަވައިގެ ޅެން ހެއްދެވިއިރު ހުންނެވި ގައުމީ ވިސްނުމުން ނިކަން މިއަދުވެސް ވިސްނާލަ ވަބައްލަވާށެވެ. ގައުމަށް ހޯދައް ނިކުންނެވި ތަރައްޤީ މިގައުމަށް މަނިކުފާނު ނޫނަސް ގެންނަވާފިކަން ޤަބޫލު ކުރައްވާށެވެ. ތަރީހުން އިބްރަތް ލިބިގަންނަން ވާނެ ނޫންތޯއެވެ؟ މި ލޮބުވެތި ވަތަނަށް ޣައްދާރުވި މީހުންނަކީ ކޮބައިކަން އަޅުގަނޑުމެންނަށްވުރެ ބޮޑަށް އެނގިލައްވާނީ ހަމަ މަނިކުފާނަށެވެ. އެމީހުން ޖަހާ ނުބައި މަޅިން ގައުމު ސަލާމަތް ކުރަންވާނެ ނޫންތޯއެވެ؟ ވަތަނުގެ ހިމާޔަތުގައި ޣައްދާރުންނާ ހާއިނުންގެ ކިބައިން ގައުމު ސަލާމަތް ކުރަންވީ ވަގުތު މަނިކުފާނު ޣައްދާރުންގެ ނަވުގައި ދިވެހި ފަސްގަނޑަށް ގެއްލުންދޭން ނުކުތުމުން މަނުކުފާނުގެ ހަށިގަނޑުގައި ގައުމީ ލޯތްބާއިމެދު ސުވާލު އުފެދެއެވެ. މައުމޫނު އަބްދުލް ޤައްޔޫމެވެ. ހިނގާ ހޯދަމާހޭ ތަރައްޤީ މިގައުމަށް!

COMMENTS: 1
  1. November 04, 2017 by ބޫތަ Reply

    މައުމޫނަކީ ޢައްދާރެއް

މިކަމާ ކީކޭ ބުނެލާނީ؟

Your email address will not be published.